Roadha Mihaaru
15 މަސް ފަހުން ތައިލެންޑުގެ ހޮހަޅަ ހުޅުވާލައިފި

ކުދިން ސަލާމަތްކުރިތާ 15 މަސް ފަހުން ތައިލެންޑުގެ ހޮހަޅަ ހުޅުވާލައިފި

02 ނޮވެމްބަރ 2019

ބެންކޮކް (ނޮވެމްބަރު 2) - ބާރަ ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތް ކުރަން ދުނިޔޭގެ ސަމާލުކަން ލިބުނު ބޮޑު އޮޕަރޭޝަން ހިންގިތާ 15 މަސް ފަހުން ތައިލެންޑުގެ ތަމް ލުއާން ހޮހަޅަ ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެންކޮކް (ނޮވެމްބަރު 2) - ބާރަ ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތް ކުރަން ދުނިޔޭގެ ސަމާލުކަން ލިބުނު ބޮޑު އޮޕަރޭޝަން ހިންގިތާ 15 މަސް ފަހުން ތައިލެންޑުގެ ތަމް ލުއާން ހޮހަޅަ ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ.

ބެންކޮކް ޕޯސްޓުން ބުނި ގޮތުގައި ހޮހަޅަ އިއްޔެ ހުޅުވާލުމާ އެކު ދެހާހެއްހާ ޓޫރިސްޓުން ވަނީ ހޮހަޅަ އަށް ވަނުމަށް ކިޔޫ ހަދައިފަ އެވެ. ތައިލެންޑުގެ އުތުރުގެ ޗިއަން ރައި ޕްރޮވިންސްގެ ހޮހަޅަ ރަސްމީކޮށް ހުޅުވާލީ ކުޑަ ރަސްމިއްޔާތެއް ބޭއްވުމަށް ފަހު އެވެ. އެ ރަސްމިއްޔާތުގައި ހޮހަޅައިން ސަލާމަތް ކުރި 12 ކުދިންނާއި ކޯޗު ވެސް ބައިވެރިވި އެވެ.

ތައިލެންޑުގެ ތަމް ލުއާން ހޮހަޅަ ޓޫރިސްޓުންނަށް ހުޅުވާލުމުގެ ރަސްމިއްޔާތުގައި އެ ހޮހަޅައިން ސަލާމަތް ކުރި 12 ކުދިންނާއި ކޯޗު ބައިވެރި ވަނީ. --ފޮޓޯ: ޗިއަން ރައި ޕަބްލިކް ރިލޭޝަންސް އޮފީސް

ތައިލެންޑުގެ ތަމް ލުއާން ހޮހަޅަ ޓޫރިސްޓުންނަށް ހުޅުވާލުމުގެ ރަސްމިއްޔާތުގައި އެ ހޮހަޅައިން ސަލާމަތް ކުރި 12 ކުދިންނާއި ކޯޗު ބައިވެރި ވަނީ. --ފޮޓޯ: ޗިއަން ރައި ޕަބްލިކް ރިލޭޝަންސް އޮފީސް

ވައިލްޑް ބޯސް ޒުވާން ފުޓުބޯޅަ ޓީމަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ ހޮހަޅައިގާ ތާށިވެފައި ތިބޭތާ 17 ދުވަސް ފަހުން އެ ކުދިން ސަލާމަތް ކުރަން ހިންގި ނުރައްކާ އަދި އުނދަގޫ އޮޕަރޭޝަނާ ގުޅިގެންނެވެ. އެ ކުދިން ސަލާމަތް ކުރަން ބައިނަލްއަގުވާމީ ރެސްކިއު ޓީމުން ކުރި މަސައްކަތުގައި 90 ޑައިވަރުން ބައިވެރިވި އެވެ.

އުމުރުން 11-16 އަހަރުގެ 12 ކުދިންނާއި 25 އަހަރުގެ ކޯޗު ހޮހަޅައިގައި ތާށިވީ ޖޫން 23، 2018 ގަ އެވެ. އެ މީހުން ހޮހަޅަ އަށް ވަން ފަހުން ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ. ކުދިން ސަލާމަތް ކުރަން ހިންގި އޮޕަރޭޝަނުގައި ތައިލެންޑުގެ ކުރީގެ ނޭވީ ޑައިވަރަކު ވެސް ވަނީ މަރުވެފަ އެވެ.

ތައިލެންޑުގެ ތަމް ލުއާން ހޮހަޅަ ބަލާލަން ވަނުމަށް ޓޫރިސްޓުން ކިޔޫ ހަދާފައި. --ފޮޓޯ: ޗިއަން ރައި ޕަބްލިކް ރިލޭޝަންސް އޮފީސް

ތައިލެންޑުގެ ތަމް ލުއާން ހޮހަޅަ ބަލާލަން ވަނުމަށް ޓޫރިސްޓުން ކިޔޫ ހަދާފައި. --ފޮޓޯ: ޗިއަން ރައި ޕަބްލިކް ރިލޭޝަންސް އޮފީސް

އެ ހާދިސާ އަށް ފަހު ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ އެ ހޮހަޅަ އަށް ވަނީ މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް ހޮހަޅަ އަށް ވަނުން އޮތީ މަނާކޮށްފަ އެވެ. ހޮހަޅައިން ކުދިން ސަލާމަތް ކުރި ހާދިސާގެ މައްޗަށް ވަނީ ފިލްމެއް ވެސް ހަދައިފަ އެވެ.