06 ޖެނުއަރީ 2019
މިދިޔަ ހަފުތާގައި މަރުވި ބޮލީވުޑްގެ އެކްޓަރު ކާދަރު ހާން (ކާދަރޭ)އާ އެކު ގިނަ ފިލްމުތަކެއް ކުޅުނު ގޯވިންދާ، ކާދަރޭއާ ބެހޭ ގޮތުން ކުރި ޓްވީޓަކަށް ކާދަރޭގެ ދަރިފުޅު ސަރަފްރާޒް ރައްދު ދީފި އެވެ.
މިދިޔަ ހަފުތާގައި މަރުވި ބޮލީވުޑްގެ އެކްޓަރު ކާދަރު ހާން (ކާދަރޭ)އާ އެކު ގިނަ ފިލްމުތަކެއް ކުޅުނު ގޯވިންދާ، ކާދަރޭއާ ބެހޭ ގޮތުން ކުރި ޓްވީޓަކަށް ކާދަރޭގެ ދަރިފުޅު ސަރަފްރާޒް ރައްދު ދީފި އެވެ.
ކާރަދޭއާ އެކު ފެންނަ ފިލްމެއްގެ މަންޒަރެއްގެ ފޮޓޯއަކާ އެކު ގޯވިންދާ ކުރި ޓްވީޓްގައި ބުނީ ކާދަރޭއަކީ ހަމައެކަނި އޭނާގެ އުސްތާޒެއް ނޫން ކަމަށާއި އެއީ ބައްޕައެއް ކަހަލަ މީހެއް ކަމަށެވެ.
"އަދި ކާދަރޭއަކީ އޭނާއާ އެކު މަސައްކަތް ކުރި ކޮންމެ މީހަކު ސުޕަސްޓާރަކަށް ބަދަލުކޮށްލި މީހެއް. މުޅި ފިލްމު އިންޑަސްޓްރީއަށާއި އަހަރެންގެ އަމިއްލަ އާއިލާ އަށް ވެސް ކާދަރޭގެ ވަކިވުމުކީ ބަޔާން ނުކުރެވޭ ވަރުގެ ހިތްދަތި ކަމެއް،" ގޯވިންދާ ބުންޏެވެ.
އޭނާގެ މި ވާހަކަތަކަށް ރައްދު ދެމުން އާއިލާގެ ފަރާތުން ދޮށީ ފިރިހެން ދަރިފުޅު އަދި އެކްޓަރު ސަރަފްރާޒް އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއްގައި ބުނީ ބައްޕަގެ ވަކިވެ ދިއުމާ އެކު ހިތާމަ ފާޅުކުރާ ކަމަށް ބުނާ ގިނަ މީހުންގެ އިހުލާސްތެރިކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.
RIP Kader Khan Saab.
— Govinda (@govindaahuja21) January 1, 2019
He was not just my "ustaad" but a father figure to me, his midas touch and his aura made every actor he worked with a superstar. The entire film industry and my family deeply mourns this loss and we cannot express the sorrow in words.#ripkaderkhansaab?? pic.twitter.com/NISPM1UMs1
"މީޑިއާތަކުން އަޅެ ގޯވިންދާއާ ސުވާލުކޮށްބަލަ ބައްޕަ މަރުގެ ތުންފަތްމަތީގައި އޮތް އިރު ކިތައް ފަހަރު ހާލު ބެލިންތޯ؟ އަދި ބައްޕަ މަރުވި ހަބަރު ލިބިގެން އާއިލާގެ އެއްވެސް މީހަކަށް ގުޅާފައި ހަމްދަރުދީ ވެސް ފާޅު ކުރިތޯ؟" ކާދަރޭ ބަލި އެނދުގައި އެތައް ދުވަހެއް ހޭދަކުރި އިރު ވެސް ގޯވިންދާ އޭނާގެ ހާލު ބަލާފައި ނެތްކަން ފާހަގަކޮށް ސަރަފްރާޒް ބުންޏެވެ. "ފިލްމު އިންޑަސްޓްރީގެ ހާލަތަކީ މިހާރު މިއީ. މީހަކު މަރުވެ ދިޔައިމަ ބައެއް މީހުން ވަރަށް ފޯރީގައި އެ މީހެއްގެ ވާހަކަ ދައްކާނެ. އެކަމަކު އަޅާލުމާއި އެހީތެރިކަން އެންމެ ބޭނުންވާ ދަނޑިވަޅުގައި ހާލު ބަލައިލާނެ މީހަކު ވެސް ނުހުންނާނެ."
ސަރަފްރާޒް ބުނި ގޮތުގައި ބޮލީވުޑްގެ ފަންނާނުން ކާދަރޭގެ ހަނދާންތައް އާކޮށް، އޭނާ އިންޑިއާގެ ސިނަމާ އަށް ކޮށް ދިން އަގުހުރި ހިދުމަތްކުގެ އަގު ވަޒަން ނުކުރިޔަސް، ފޭނުން ދުވަހަކު ވެސް ބައްޕަގެ މަތިން ހަނދާން ނައްތައި ނުލާނެ އެވެ.
"އެވަރުން އަހަރެމެންގެ އާއިލާ އަށް ފުދޭނެ،" އޭނާ ބުންޏެވެ.
ކާދަރޭއާ އެކު 100 އެއްހާ ފިލްމުގައި މަސައްކަތް ކުރި ޝަކްތީ ކަޕޫރް ވެސް ވަނީ ބައެއް މީހުން އެ މީހެއްގެ މަތިން ހަނދާންވެ، އެ ވާހަކަ ދައްކަނީ މަރުވެދާ ފަހުން ކަމަށް ބުނެ އެކަމާ ވަރަށް ހިތާމަކުރާ ކަމަށް ބުނެފަ އެވެ.
"އެކަމަކު އޭގެ ބޭނުމެއް އަހަންނަކަށް ނުވިސްނޭ،" އޭނާ ބުންޏެވެ.
ގޯވިންދާ އާއި ޝަކުތީވެގެން ދާނީ ކާދަރޭއާ އެކު އެންމެ ގިނަ ފިލްމުތައް ކުޅުނު އެކްޓަރުންނަށެވެ. އެ ތިން މީހުންގެ ކޮމެޑީ ފިލްމުތަކަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފިލްމުތަކެކެވެ. އޭގެ ތެރޭގައި "ހީރޯ ނަމްބަރު 1"، "ކޫލީ ނަމްބަރު ވަން 1"، "އާންޓީ ނަމްބަރު 1"، "ހަސީނާ މާންޖާއޭގީ" އަދި "ދުލްހޭ ރާޖާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ކާދަރޭގެ ކޮމެޑީ ރޯލްތަކުން ބެލުންތެރިން ހެއްވައިލި ޑައިރެކްޓަރު ޑޭވިޑް ދަވަން ބުނި ގޮތުގައި ކާދަރޭއަކީ އޭނާގެ ފިލްމުތަކުގެ މައިބަދަ އެވެ. އަދި އެހާ ހުނަރުވެރި މޮޅު އެކްޓަރަކު ހިންދީ ސިނަމާ އިން ފެންނާނީ މަދު ފަހަރަކު ކަމަށް ބުންޏެވެ.
ވަރުންގެ "ކޫލީ ނަމްބަރު 1" ޓީވީން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވަރުން އަށް އަނެއްކާ ވެސް ބައްޕަގެ ރިމޭކެއް
ކޮމެޑީ ފިލްމު ކުޅެން ފަސޭހައެއް ނޫން: ސާރާ އަލީ ޚާން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކޫލީ ނަމްބަރު 1" ޑިސެމްބަރު 25 ގައި
"ކޫލީ ނަމްބަރު 1" އަންނަ އަހަރަށް ފަސްކޮށްފި؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކޫލީ ނަމްބަރު 1" އަންނަ މަހަކު ނޫން
ގޯވިންދާ އެވެޓާ ދޫކޮށްލި ވާހަކަ ބުނުމުން ޖޯކް ޖަހަނީ