ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ މަސްވާއިރު ވެސް ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކުރަމުން އަންނަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ފާޑުވިދާޅުވެއްޖެ އެވެ.
10 ޖެނުއަރީ 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ މަސްވާއިރު ވެސް ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ކުރަމުން އަންނަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ފާޑުވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލްކުރައްވާ އަދުރޭ ޕީޕީއެމް އިން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް އުފައްދެވުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ. އެ ޕާޓީ ރަޖިސްޓްރީކުރަން މެމްބަރުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި ގޮތުގައި ރާއްޖޭގެ އިދިކޮޅު ޕާޓީގެ ގޮތުގައި ދެން އޮންނާނީ ކޮންގްރެސް ޕާޓީ އެވެ.
އެ ޕާޓީގެ ޒިންމާއަކީ ސަރުކާރު ޒިންމާދާރުކުރުވުން ކަމަށް ވިދާޅުވެ މި ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި އެއްވެސް ކަމެއް ކުރުމުގެ ބަދަލުގައި ފެންނަނީ އެކި ތަންތަނުގެ ނަން ބަދަލުކުރުމާއި މަގު ހުޅުވުން ފަދަ ކަންކަން މާބޮޑު "މަޝްރޫއުތަކަކަށް" ހަދައިގެން ހިންގާ ތަނެވެ.
"އާ ސަރުކާރެއް ހަވާލުވިތާ ދެ މަސްދުވަސް ވާން ދާއިރު އަޅުގަނޑުމެންނަކަށް ނުފެނޭ މާ ވަރުގަދަ މަސައްކަތްތަކެއް ކުރެވޭ ތަނެއް. ޕްރޮޖެކްޓް އެބަ ހިންގާ. މިސާލަކަށް އިސްލާމީ މަރުކަޒާ ޖުމްހޫރީ މައިދާނާ ދޭތެރޭގައި މާބުލް ޖަހާފައި ނަމާދު ކުރެވޭ ގޮތަށް ހަދާފައި އޮތް ތަން ވެހިކަލް ދުއްވާ ގޮތަށް ހުޅުވާލުން ކަހަލަ،" އަދުރޭ ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ސްޕީޑާ މެދު ވެސް އަދުރޭ ސުވާލު އުފެއްދެވި އެވެ. އެގޮތުން އާ ސަރުކާރުގެ ފުރަތަމަ ދެ ދުވަހު ހަރަދުވީ އެންމެ 4000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާތީ އެކަމަށް ވެސް ފާޑުވިދާޅުވި އެވެ.
"ދާދި ފަހުން ފިނޭންސް މިނިސްޓަރު އެ ވިދާޅު ވަނީ، މިވީ ދެ މަސްދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ހަރަދުކުރީ 4،000 ރުފިޔާއޭ. އެހެން ކަމަށް ވަންޏާ އެއް އަހަރު ދުވަހުގެ ބަޖެޓަކީ 14000 ޑޮލަރު. ދެން ވިސްނާ ވަޑައިގަންނަވާ މިސަރުކާރުގެ ގާބިލުކަމާ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ހިދުމަތާ މިބޭފުޅުންގެ ވިސްނުުންފުޅު ހުރި ގޮތް،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެ ތަރައްގީ ކުރައްވަމުން ގެންދެވި ސްޕީޑުގައި ރާއްްޖެ ތަރައްގީ ކުރަން ބޭނުންވާ ހުރިހާ ރައްޔިތުން ކޮންގްރެސް ޕާޓީއާ ގުޅުމަށް އަދުރޭ ގޮވާލެއްވި އެވެ. އެ ޕާޓީއަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވެރިކަން ކުރާނެ ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ދޫކޮށް އެޕާޓީގެ ލީޑަޝިޕުން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށި އިރު އެއީ ރާއްޖޭގައި ސައްހަ މެމްބަރުން އެންމެ ގިނަ ޕާޓީ އެވެ. ޕީޕީއެމްގައި 48،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ކަމަށް އިލެކްޝަންސްގެ ހިސާބުތަކުން ދައްކަ އެވެ.
ބާގަނޑު ބޮޑުވެ، ސުޕަ މެޖޯރިޓީ ގެއްލެނީތަ؟
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ރިޔާސީ ޓިކެޓަށް ވުރެ ޔާމީނަށް އިސްވީ އިންޑިއާ އައުޓް!
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
"ވަޒީރުކަމުގައި ނާޒިމް އުޅުނީ ރިޔާސީ ޓިކެޓް ހޯދަން"
ފެންނަނީ އަދީބުގެ އެހީތެރިކަން ހޯދާތަން: އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
މިނިމަމް ވޭޖަކީ 6،000ރ. ކަމަށް ބުނެ ފާޑުކިއުން!
ޕީއެންސީ ވަރުގަދަކުރަނީ، ޕީޕީއެމަށް ވާނީ ކިހިނެއް؟
ރާއްޖޭގައި ދެން ގޮތް ނިންމާނެ ޕާޓީއަކީ ޕީއެންސީ:އަދުރޭ