ބީޖީ ސްޕޯޓްސް އަތުން 3-2 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ފުލުން ސަލާމަތްވެ، ވިކްޓަރީ ސްޕޯޓްސް ކްލަބަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.
21 އޯގަސްޓް 2016
ބީޖީ ސްޕޯޓްސް އަތުން 3-2 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ފުލުން ސަލާމަތްވެ، ވިކްޓަރީ ސްޕޯޓްސް ކްލަބަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.
މި މޮޅާ އެކު ވިކްޓަރީ ނުވަ ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަތް ވަނަ އަށް އަރާފައިވާއިރު ހަތް ޕޮއިންޓާ އެކު އޮތް ބީޖީ ވަނީ އަނެއްކާ ވެސް ފުލަށް ވެއްޓިފަ އެވެ. ލީގުގެ ތިން ވަނަ ބުރު ނިމޭއިރު ފުލުގައި އޮންނަ ޓީމެއް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ. އަދި ހަތް ވަނަ ލިބޭ ޓީމަކަށް ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމާ އެކު ޕްލޭއޮފް މެޗެއް ކުޅޭށެވެ. އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
މިއަދުގެ މެޗުގެ ދެ ވަނަ މިނެޓުގައި ވިކްޓަރީގެ އޮމަޑޫ ގޮޑްފްރޭ ވެސްޓް ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އެ ޓީމަށް ލީޑު ފުޅާކޮށްދިނީ 14 ވަނަ މިނެޓުގައި މުހައްމަދު ރިސްވާނެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިސްވާން ލަނޑު ޖެހީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ތަނަވަސްކޮށްދިން ފުުރުސަތަކުންނެވެ.
ބީޖީއަށް އުއްމީދެއް ލިބުނީ ފުރަތަމަ ހާފުގެ ފަހުކޮޅު ޑޭވިޑް ޖަހައިދިން ލަނޑާ އެކު އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވިކްޓަރީގެ ޑިފެންޑަރު ފިލިއްޕޭ ވަނީ އެ ޓީމަށް ތިން ވަނަ ލަނޑު ޖަހައިދީފަ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ވިކްޓަރީގެ އިބްރާހިމް ޝާތިރާއި ރިލޭ އަށް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. އެކަމަކު އެ ދެ ބޯޅަ ވެސް ބީޖީގެ ގޯލްކީޕަރު ހަނީފް ސާގިބް މަތަކުރި އެވެ.
ބީޖީން ފަހު ވަގުތު ތަފާތު ކުޑަކުރީ ޕެނަލްޓީއަކުން ކިންގްސްލީ ޖެހި ލަނޑުންނެވެ. މެޗުގެ 88 ވަނަ މިނެޓުގައި ބީޖީގެ އިބްރާހިމް ޝިޔާމް (ދޮނާ) އަށް ވިކްޓަރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފު ކުރި ފައުލަކަށް، ރެފްރީ ވަނީ ޕެނަލްޓީ ދިނުމުގެ އިތުރުން އިފްރާހު އަށް ރަތްކާޑެއް ވެސް ދައްކައިފަ އެވެ. ފަހު ވަގުތު ވިކްޓަރީގެ ގޯލް ބެލެހެއްޓީ ތޮލާލް ހަސަނެވެ.
ނިއު އާއި ވެލެންސިއާ ސަލާމަތްވެ ވިކްޓަރީ ރެލިގޭޝަނަށް
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ބީޖީ ބަލިކޮށް ވިކްޓަރީ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި
ހަތަރު އަހަރަށްފަހު ވިކްޓަރީ މެޗަކުން މޮޅުވެއްޖެ
ވިކްޓަރީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކޮށްފި
ރެލިގޭޓްވީ ފެށުން ދަށްވުމުން: ބީޖީ
ބޮޑު ތިން ކްލަބަށް ދިމާވީ ކޮން މައްސަލައެއް؟
ތިން ޓީމުގެ ރޭހެއް، ސަލާމަތްވާނީ ކޮން ދެ ޓީމެއް؟
ހަތަރު އަހަރަށް ފަހު ބީޖީ ރެލިގޭޓްވެއްޖެ
ޔޫވީ އަތުން ވިކްޓަރީ އަށް މުހިއްމު ތިން ޕޮއިންޓް