އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ގޮސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ ފެށުން ދަށްކޮށް ދިއުމުން ކަމަށާއި ސަލާމަތްވުމަށް އެންމެ ފަހު މެޗާ ހަމައަށް ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށް ބީޖީ ސްޕޯޓްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
22 އޮކްޓޯބަރ 2016
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ގޮސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ ފެށުން ދަށްކޮށް ދިއުމުން ކަމަށާއި ސަލާމަތްވުމަށް އެންމެ ފަހު މެޗާ ހަމައަށް ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށް ބީޖީ ސްޕޯޓްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނުގައި 2013 ވަނަ އަހަރު ވާދަކުރަން ފެށި ބީޖީ ރެލިގޭޓްވި އިރު ލީގުގައި ކުޅުނު 21 މެޗުން ލިބުނީ 17 ޕޮއިންޓެވެ. އެ ޓީމު ވަނީ ފަހު މެޗުގައި އިއްޔެ 1-0 އިން ވިކްޓަރީ ބަލިކޮށްފަ އެވެ.
"ރެލިގޭޓްވީ ފެށުން ދަށްކޮށް ދިޔައީމަ. ތަފާތަކަށް ފެނުނީ އެހެން ޓީމުތަކުގައި ތިބި ކުޅުންތެރިން. ބީޖީގެ ސްކޮޑަށް ވުރެ ވަރުގަދަ ގިނަ ޓީމުތައް. އަނެއްކާ ރަނގަޅު ބިދޭސީ ކުޅުންތެރިންނާ އެކު އެ ޓީމުތައް އޮތީ. ފަހު މެޗާ ޖެހެންދެން ވެސް މި ޓީމު ދެއްކި ހިތްވަރު ފެނިއްޖެ،" ޝާޒް ބުންޏެވެ.
ބީޖީގެ އިބްރާހިމް ރަޝީދު (ވ) ނިއުގެ މުހައްމަދު ރަޝީދު (ހޮކޭ) ކައިރިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ލީގުގެ ދެ ވަނަ ބުރުން ފެށިގެން ރެލިގޭޝަންގައި އޮތް ދެ ޓީމު ކަމަށްވާ ވިކްޓަރީ އާއި ބީޖީން ވަނީ ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޝާޒް ބުނީ ބީޖީ އާއި ވިކްޓަރީގެ ސީޒަން ދިޔައީ އެއް ގޮތަކަށް ކަމަށެވެ.
"ވިކްޓަރީ އާއި ބީޖީ މިދިޔައީ ދާދި އެއް ކަހަލަ ގޮތަކަށް. ދެ ޓީމު ދަށްވީ ވެސް އެއްކޮށް. ކުޅުން ރަނގަޅުކޮށް ކުރިއަށް ދެމިގަތީ ވެސް އެއްކޮށް. އެކަމަކު ފަހު މެޗުތަކުގައި މި ފެނުނީ ނަސީބު ދެރަވެގެން ބީޖީ އަށް މުހިއްމު ޕޮއިންޓުތަކެއް ގެއްލުނުތަން،" ޝާޒް ބުންޏެވެ.
މި ފަހަރު ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ބީޖީ ބަލިވެފައިވަނީ 10 މެޗުންނެވެ. އަށް މެޗުން އެއްވަރުވިއިރު، މޮޅުވީ ތިން މެޗުންނެވެ. ބީޖީ މޮޅުވީ ނިއު އާއި ވެލެންސިއާ އަދި ވިކްޓަރީ އަތުންނެވެ. އެ ޓީމު ވަނީ ލީގުގެ ފަހު ބުރުގައި ޗެމްޕިއަން މާޒިޔާއާ އެއްވަރުކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ބީޖީއާ ހަވާލުވި ޝާޒް ބުނީ އެ ޓީމުގައި އޮތީ ހީވާގި މެނޭޖްމަންޓެއް ކަމަށާއި އެއް އަހަރު ތެރޭގައި އެނބުރި ފުރަތަމަ ޑިވިޝަނަށް އެ ޓީމު ގެނެވޭނެ ފެންވަރު އެބަހުރި ކަމަށެވެ.
ޝާޒް ބުނީ ބީޖީއާ އެކު ކުރިއަށްދިއުމާ ގުޅޭގޮތުން އެ ކްލަބާ އެކު ވާހަކަ ދައްކާނީ އެފްއޭ ކަޕަށް ފަހު ކަމަށެވެ. އެފްއޭ ކަޕް ދެ ވަނަ ބުރުގައި ބީޖީ އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ވޭރު ސްޕޯޓްސް ކްލަބާ އެވެ.
ނިއު އާއި ވެލެންސިއާ ސަލާމަތްވެ ވިކްޓަރީ ރެލިގޭޝަނަށް
ހަތަރު އަހަރަށް ފަހު ބީޖީ ރެލިގޭޓްވެއްޖެ
ބީޖީ އިން ޗެމްޕިއަން މާޒިޔާ ހިފަހައްޓައިފި
އީގަލްސް އެއްވަރުވިއިރު ޓީސީ މޮޅުވެއްޖެ
ޔ. ވިކްޓަރީއާ އެއްވަރުވެ ބީޖީ އަށް އުނދަގޫތަކެއް
ބީޖީއާ އެއްވަރުވެ އީގަލްސް އަށް އުނދަގޫތަކެއް
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ބީޖީ ބަލިކޮށް ވިކްޓަރީއަށް ހަމަޖެހުމެއް
ބީޖީ އަތުން ބަލިވެ ނިއު ޕްރެޝަރަށް
ބީޖީ ބަލިކޮށް ޓީސީ ދެ ވަނަ އަށް