ހަށިގަނޑު ދުޅަހެޔޮކޮށް އަދި ރީތިކޮށް ދެމެހެއްޓުމަށްޓަކައި ތަރުކާރީ އާއި މޭވާ ކެއުމަށް، ނިއުޓްރިޝަނިސްޓުން ނަސޭހަތްތެރިވެ އެވެ. އަޚުލާގު ރަނގަޅު މީހެއްގެ ގޮތުގައި ދެމި ހުރުމަށް، އަޚުލާގު ރަނގަޅު މީހުންނާ އެކު އުޅުމަކީ މުހިންމު ކަމެއް ކަމަށް، އުމުރުން ދޮށީ މީހުން ބުނެ އެވެ.
18 ސެޕްޓެމްބަރ 2019
ހަށިގަނޑު ދުޅަހެޔޮކޮށް އަދި ރީތިކޮށް ދެމެހެއްޓުމަށްޓަކައި ތަރުކާރީ އާއި މޭވާ ކެއުމަށް، ނިއުޓްރިޝަނިސްޓުން ނަސޭހަތްތެރިވެ އެވެ. އަޚުލާގު ރަނގަޅު މީހެއްގެ ގޮތުގައި ދެމި ހުރުމަށް، އަޚުލާގު ރަނގަޅު މީހުންނާ އެކު އުޅުމަކީ މުހިންމު ކަމެއް ކަމަށް، އުމުރުން ދޮށީ މީހުން ބުނެ އެވެ.
އެކި ގައުމުތަކުގައި މާރާމާރީ އާއި ބަޑިޖެހުމުގެ ހަމަލާތައް ގިނަވަމުން އަންނަ ސަބަބަކީ، ކުށަށް ހިތްވަރުދޭ ވީޑިއޯ ގޭމްތައް ކަމަށް ތުހުމަތުކުރެ އެވެ. ފުރަތަމަ ޕެރެގްރާފްގައި ފާހަގަކޮށްފައި އެވާ ފަދައިން، އެއްޗެއް ނުވަތަ ކަމެއްގެ ސަބަބުން ވިސްނުމަށް ބަދަލު އަންނަ ނަމަ، ވީޑިއޯ ގޭމަކީ ފިކުރާ ތޮޅެލާ އެއްޗެއްކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.
ވީޑިއޯ ގޭމަކީ މައުސް އަދި ކީބޯޑް ބޭނުންކޮށްގެން ކުޅެވޭ ކޮންމެ އެއްޗެއް ނަމަ، ކޮމްޕިއުޓަރު ޕްރޮގްރާމްތައް ވެސް ވާނީ ހުސް ގޭމަށެވެ. ވިންޑޯޒް ކޮމްޕިއުޓަރުތައް އާންމުވެގެން އައިއިރު ހުރި ގޭމްތަކުގެ ތެރޭގައި "ސޮލިޓަޔާ" އަދި "މައިން ސްވީޕާ" ކިޔާ ގޭމްތަކެއް ހުއްޓެވެ. މި ގޭމްތަކުގެ ސަބަބުން ހަމަނުޖެހުމެއް ހިނގާފައިވާ ނަމަ އެ ވާނީ ގޭމް ކުޅެން ފުރުސަތު ނުލިބިގެން ހިނގި ކަމަކަށެވެ.
އޮސްޓްރޭލިއާގައި 2008 ގައި "ފޯލްއައުޓް 3" މަނާކުރުން ވަރަށް ބޮޑު މައްސަލައަކަށް ވި އެވެ. ގޭމް ކުޅޭ މީހުންގެ ރުޅިގަނޑު އެކި ދިމަ ދިމާ އަށް ބުރުވާލި އެވެ. އޮސްޓްރޭލިއާ އަކީ ގޭމްތައް ދަރަޖަކުރުމަށް ހަރުކަށި ގައުމެކެވެ. އެހެންކަމުން، ގޭމް އުފެއްދި މީހުންނަށް ޖެހުނީ އޮސްޓްރޭލިއާ އިން ފުރުސަަތު ލިބޭ ދަރަޖައަކަށް ގޭމް ފައްތާށެވެ. އެ ގޮތުގައި، ގޭމްގައި ހުރި އަޚުލާގީ ގޮތުން ދަށު ދަރަޖައިގެ މަންޒަރުތައް އުނިކުރި އެވެ. ފޯލްއައުޓް 3 އަކީ ޑްރަގަށް ހިތްވަރުދޭ ގޭމެކެވެ.
އިންޑިއާގެ ގުޖުރާތުގައި ޕަބްޖީ ކުޅުން މަނާކޮށްފައި ވަނިކޮށް އެ ގޭމު ކުޅުނު 10 ކުއްޖަކު، މި އަހަރު ކުރީ ކޮޅު ޕޮލިހުން ހިފެހެއްޓި އެވެ. މިއީ "ފޯޓްނައިޓް" އަށް ވުރެ ވެސް ހަލަބޮލި ގޭމެކެވެ. ގުޖުރާތުގައި "ފޯޓްނައިޓް" ކުޅުން މަނައެއް ނޫނެވެ.
ގުޖުރާތުގެ ޕޮލިހުން ހިފެހެއްޓި 10 ކުދިން ފަހުން ދޫކޮށްލި ނަމަވެސް، ނެރުނު ބަޔާނުގައި މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައި ވެ އެވެ. މި ކަހަލަ ގޭމްތަކުގެ ސަބަބުން ކުދިންގެ ކިޔެވުން ގެއްލި އަޚުލާގު ދަށް ބައެއް ގޮތުގައި ވާތީ ފެންނަކަން ހާމަކޮށްފައިވެ އެވެ. ދިރިއުޅުން ކަންނެތްވެ ބަސްމަގުގައި ކަމެއް ނުހުންނަކަން ވެސް ފާހަގަކޮށްފައި ވެ އެވެ.
ވީޑިއޯ ގޭމް ސިނާއަތުގައި ކޮންމެ ގޭމަކީ ކުށަށް ހިތްވަރުދޭ ގޭމެއް ނޫނެވެ. ނަމަވެސް، ގޭމް ކުޅުމުގައި އެކަށީގެން ނުވާ މިންވަރަށް ކުދިން ވަގުތު ހޭދަކުރުމަކީ ހަމަ ކޮންމެ ބެލެނިވެރިއެއްގެ ވެސް އެންމެ ބޮޑު ޝަކުވާ އެވެ. ފިލާވަޅުތައް ދަސްކުރަން ހޭދަކުރާ ވަގުތަށް ވުރެ ގޭމް ކުޅެން ހޭދަކުރާ ވަގުތު ދިގުލައި ދިއުން މައިން ބަފައިންނަށް ވެފައި ވަނީ ބޮޑު ރިހުމަކަށެވެ.
ވީޑިއޯ ގޭމަކީ މިހާރު ބިޔަ ވިޔަފާރިއެކެވެ. މިއީ ސިޔާސީ މީހުން އަދި ވިޔަފާރިވެން ސްޕޮންސާކޮށްގެން ހިންގާ ނެޓްވޯކެކެވެ. ވީޑިއޯ ގޭމްގެ ސަބަބުން ކަމެއް ގޯސްވާ ކަމަށް ބުނެފި ނަމަ އެ މީހުން ބުނަނީ، ކޮންމެ ކަމެއްގައި ވެސް ހެވާއި ނުބައި އޮންނަ ކަމަށެވެ. ޓެކްނޮލޮޖީގެ ވެސް ނުބައި ފަޅިއެއް އޮންނަ ކަމަށެވެ.
ނިންޓެންޑޯގެ "ޑރ. މާރިއޯ ވޯލްޑް" ހުއްޓާލަނީ
ފޭސްޓައިމް އެންޑްރޮއިޑާއި ވިންޑޯސް ވެބަށް
މިވީ ކިހިނެއް؟ މައިކްރޮސޮފްޓުން އެންޑްރޮއިޑް ޑިވައިސެއް
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް
"ފޯޓްނައިޓް" އެންމެ ފަހުން ގޫގުލް ޕްލޭ އަށް
ފޭސްބުކުން މޮބައިލް ގޭމިން އެޕެއް
ސްކައިޕް ބޭނުންކުރާ އަދަދު 40 މިލިއަނަށް
ގޫގުލް އަށް ވާވޭ މުހިންމުވެއްޖެ
މައިކްރޮސޮފްޓް ސާފަސް ޑުއޯ: ދެން ލަހެއް ނުވާނެ
ރީތި "އައިކަން"އެއް ބޭނުންތަ؟