ކުރިން ބުނަމުން އައީ ރޭގަނޑު ކާ ނަމަ، އެންމެ ލަސްވެެގެން ވެސް، ނިދުމުގެ ދެ ގަޑިއިރު ކުރިން ކާންޖެހޭނެ ކަމަށެވެ. އެކަަމަކު ފަހުގެ ދިރާސާއަކަށް ފަހު ބުނަނީ އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
24 ޖެނުއަރީ 2019
ކުރިން ބުނަމުން އައީ ރޭގަނޑު ކާ ނަމަ، އެންމެ ލަސްވެެގެން ވެސް، ނިދުމުގެ ދެ ގަޑިއިރު ކުރިން ކާންޖެހޭނެ ކަމަށެވެ. އެކަަމަކު ފަހުގެ ދިރާސާއަކަށް ފަހު ބުނަނީ އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
މީގެ ކުރިން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި ނިދުމާ ގާތްކޮށްފައި ކާ ނަމަ، ލޭގެ ގްލުކޯޒް ލެވެލް މަތިވެ، ކެންސަރާއި ހަކުރު ބަލި ފަދަ ނުރައްކާތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެ އެވެ.
ބީއެމްޖޭ ނިއުޓްރިޝަން، ޕްރިވެންޝަން އެންޑް ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ، ޖަޕާންގެ އޮކަޔާމާ ޔުނިވަސިޓީގެ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ނިދުމާ ގާތްކޮށްފައި ކެއުމަކުން ހަށިގަނޑުގެ ލޭގެ ގްލުކޯޒް މިންވަރު އިތުރުވާ ކަމަކަށް ނުދައްކަ އެވެ. ނަމަވެސް ލޭގެ ގުލުކޯޒް ލެެވެލް މަތިވެދާނެ ސަބަބުތަކުގެ ތެރޭގައި ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމާއި ލޭގެ ޕްރެޝަރު މަތިވުމާއި ބަނގުރާ ފަދަ އެއްޗެހި ބުއިން ހިމެނެ އެވެ.
"މުހިއްމު ކަމަކީ ޕޯޝަން ކުޑަކޮށް ކެއުމާއި ސިއްހީ ގޮތުން ފައިދާ ހުރި ބާވަތްތައް ކެއުމަށް އިސްކަން ދިނުން،" ދިރާސާގައި ބުންޏެވެ. "އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ބަނގުރާ ފަދަ ބާވަތްތަކާ ވެސް ދުރުވެ، ބަރުދަން ކޮންޓްރޯލް ކުރެވޭ ގޮތަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރުން،" ދިރާސާ ޓީމުން ބުނެފައިވެ އެވެ.
ދިރާސާ ހެދި ޓީމުން ބުނި ގޮތުގައި މުހިއްމު ކަމަކީ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް އާދަކުރުމެވެ. ދިރާސާ ޓީމުން ފާހަގަކުރި ގޮތުގައި މި ދިރާސާގެ ބޭނުމަކީ ނިދަން ގާތްކޮށްފައި ކެއުމަށް ހިތްވަރު ދިނުމެއް ނޫނެވެ.
މަޝްރޫމުން ޕްރޮސްޓޭޓް ކެންސަރާ ދުރުކޮށްދޭ
ޑައިޓްގައި ބޭނުންކުރާ ސަޕްލިމެންޓެއް ކައިގެން 4 މަރު
ކުދިންގެ ސްކްރީން ޓައިމް ގިނަވެ ސިކުނޑިއަށް ގެއްލުން
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ
ލޭ މައްޗަށް ދާ މީހުންނަށް ޕެރެސެޓްމޯލް ނުރައްކާތެރި
ޕްލާސްޓިކާ ދުރުވޭ، ފުރާނަ އަށް ނުރައްކާ
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
ކަސްރަތުކުރާ މީހުން ވިސްނާލަން ޖެހޭ މުހިއްމު ކަމެއް
ޖަޕާނުން ރާއްޖެ އަށް 46 މިލިއަން ރުފިޔާ ދީފި
މޮޑާނާ ވެކްސިނުން އަނެއްކާވެސް އެތިކޮޅުތަކެއް