Roadha Mihaaru
ހައިވޭގައި އެކްސިޑެންޓުވެ މީހެއްގެ ފައި ބިނދިއްޖެ

ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިނދިއްޖެ

23 ޖެނުއަރީ 2019

ސިނަމާލޭ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހެއްގެ ފައި މިއަދު ބިނދިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިނަމާލޭ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި މީހެއްގެ ފައި މިއަދު ބިނދިއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 61 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. މި އެކްސިޑެންޓުގައި އެމީހާގެ ވައަތު ފައިގެ ކުޑަހުޅު ބިންދައިގެން ގޮސް، ކަށިގަނޑު ބޭރަށް ނުކުމެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފައި ބިންދައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް އޭނާ އަށް ލިބިފައި ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

ވޭނަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ޒަހަމްވި މީހާ އިނީ ސައިކަލް ދުއްވާށެވެ.

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ޒަހަމްވި އިރު، ހުޅުމާލެ ނިރޮޅުމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރަކާއި ސައިކަލަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފަހަކަށް އައިސް، މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ އިތުރުން، ސިނަމާލެ ބްރިޖާއި ހައިވޭ އާއި ރިންގްރޯޑްގައި ދަނީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަމުންނެވެ. އަދި ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބޭއިރު، ބައެއް މީހުންގެ ފުރާނަ ވެސް ގޮސްފައިވެ އެވެ.