Roadha Mihaaru
ސީޒަންގެ "ސޯލް" ގެ ޓީޒާ ދައްކާލައިފި

ސީޒަންގެ ކުރު ފިލްމު "ސޯލް" ގެ ޓީޒާ ދައްކާލައިފި

28 ޖެނުއަރީ 2019

ރާއްޖެ އަށް ހަނީމޫނަށް އަންނަ ސްރީ ލަންކާގެ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމު "ސޯލް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖެ އަށް ހަނީމޫނަށް އަންނަ ސްރީ ލަންކާގެ ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމު "ސޯލް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ގާތްގަނޑަަކަށް ވިއްސަކަށް މިނިިޓްގެ މި ކުރު ފިލްމުގެ ޓީޒާ ރަސްމީކޮށް ނެރެދެއްވީ ޓޫރިޒަމް މިސްޓަރު އަލީ ވަހީދެވެ. "ސޯލް" ޓީޒާ އިން ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވެސް ދައްކާލައިފަ އެވެ. އެގޮތުން ސާފު މޫދާއި ގޮނޑުދޮށާއި ކަނޑުއަޑީގެ މަންޒަރުތަކެއް ވެސް ދައްކާލައިފައިވެ އެވެ.

އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ "ސޯލް" ގައި ލަންކާގެ ތެ ތަރިއެއްގެ އިތުރުން ރާއްޖޭގެ ފަންނާނުންތަކެއް ވެސް ފެނިގެން ދާނެ އެވެ. މި ކުރު ފިލްމު ސްޓްރީމް ކުރަން ހަމަޖެހިފައި ވަނީ ބައިސްކޯފް އެޕުންނެވެ. "ސޯލް" ހަދާފައި ވަނީ ބައިސްކޯފާއި ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަން ގުޅިގެންނެވެ.

ސީޒަން ބުނެފައިވާ ގޮތުގައި "ސޯލް" އަކީ ރާއްޖޭގެ ރީތިކަން ދައްކުވައި ދޭން ހަދާފައިވާ ފިލްމެކެވެ. މީގެ މަންޒަރުތައް އއ. މަތިވަރީގެ އިތުރުން މާލެ ކައިރީ ރަށްތަކެއްގައި ވެސް ނަގާފައިވެ އެވެ.

މަޝްހޫރު ކެމެރާމަން ހަސަން (ކޮކޯ) ހަލީމް ކެމެރާކޮށްފައިވާ "ސޯލް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އައިޝަތު ޝަޒްލީނެވެ. އަދި ފިލްމުގެ މިއުޒިކް ހަދާފައި ވަނީ އިބްރާހީމް (ތިއްތި) ނިފާރު އެވެ.

މި އަހަރު ބާއްވާ ސާކް ފިލްމު ފެސްޓިވަލްގައި "ސޯލް" ބައިވެރި ކުރަން އެސް ޕްރޮޑަކްޝަނުން ވަނީ ނިންމައިފަ އެވެ.