Roadha Mihaaru
"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި

"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި

06 މާޗް 2020

ދާދި ފަހުން ސްރީ ލަންކާގައި ޝޫޓްކޮށް ނިންމައިލި ބިރުވެރި ފިލްމު "ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ސްރީ ލަންކާގައި ޝޫޓްކޮށް ނިންމައިލި ބިރުވެރި ފިލްމު "ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ލަންކާގައި ހުރިހާ މަންޒަރުތަކެއް ނަގާފައިވާ މި ފިލްމަކީ މިދިޔަ އަހަރު "ނިވައިރޯޅި" ގެނެސްދިން ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމު ކުންފުނި ނިއުޒޯ ސްޓޫޑިއޯ އަށް ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ލަންކާގެ އެކަހެރި ހިސާބެއްގައި ހުންނަ ގެއެއްގައި ދިރިއުޅޭ ބަޔަކަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ "ކަޅަކި" ގެ ކާސްޓްގައި އަލީ ސީޒަނާއި އައިމިނަތު ރިޝްފާ އާއި މުހައްމަދު މަނިކުގެ އިތުރުން ތަންކޮޅެއް އާ މޫނުތަކެއް ހިމެނެ އެވެ.

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ ޓީޒާއެއް ދައްކައިލި ނަމަވެސް، ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި ނުނިންމަ އެވެ.

ނިއުމާ ބުނެފައިވާ ގޮތުގައި "ކަޅަކި" އަޅުވާނީ އޮލިމްޕަހުން ތާރީހެއް ލިބޭ ރަނގަޅު ދަނޑިވަޅަކާ ދިމާކޮށްފަ އެވެ.