މީގެ ތިން އަހަރު ކުރިން އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ސިންގަޅަ ފިލްމު "ކައުޝި" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
13 އޮކްޓޯބަރ 2020
މީގެ ތިން އަހަރު ކުރިން އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ސިންގަޅަ ފިލްމު "ކައުޝި" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.
މުޅިން ވެސް ލަންކާގެ ތަރިން ހިމަނައިގެން އެ ގައުމުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ބިރުވެރި ހާދިސާތަކެއް ކިޔައިދޭނެ ލޯބީގެ ބިރުވެރި ފިލްމެކެވެ. "ކައުޝި" ގެ ލީޑް ރޯލް ކުޅެފައި ވަނީ މިދިޔަ އަހަރު ސީޒަން "ސޯލް" ގެ ނަމުގައި ގެނެސްދިން ކުރު ފިލްމުގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލު އަމިލަ ކަރްނަނަޔަކަ އާއި ބިޔަންކާ އަމަރްސިންގްގެ އިތުރުން ރަންޖިކާ ރާޖަޕަކްޝާ އެވެ.
ފިލްމުގެ ޕޯސްޓަރު ދައްކާލާފައި މި ވަނީ "ކައުޝި" ގެ މެދުކެނޑިފައި އޮންނަތާ ދުވަސްތަކެއް ފަހުން އެ ނިންމަން އަމާޒު ހިފައި ރާއްޖޭގެ ސްޓޫޑިއޯއެއް ކަމަށްވާ އޯކޭޒް އިންކްއާ ހަވާލުކޮށްގެން މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އޭގެ ބޮޑެތި ބައެއް މަސައްކަތްތައް ވެސް ފަށާފައި ވަނިކޮށެވެ.
ރާއްޖޭގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އިބްރާހިމް ނިފާރު (ތިއްތި) ގެ ވާހަކައަކަށް ހަދާފައިވާ "ކައުޝީ" ކެމެރާކޮށްފައި ވަނީ ކުޅަދާނަ ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.
ސީޒަން ކުރިން ބުނެފައިވާ ގޮތުގައި ހިފާފައި އޮތީ މި މަސް ނިމުމުގެ ކުރިން "ކައުޝި" ގެ ޕޯސްޓް-ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތްތަކުން އެެއްކޮށް އަތްދޫކޮށްލުމެވެ. އަދި ފިލްމު ނިންމާލައި "ކައުޝި" ލަންކާގެ ޑިސްޓްރިބިއުޓަރުންތަކަކަށް ވިއްކައިލަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ސީޒަން ބުނީ "ކައުޝި" ގައި މަސައްކަތުގައި ދިވެހިންތަކެއް ހިއްސާވާތީ ދިވެހި ބަހުން ޑަބްކޮށްގެން ފިލްމު ދިވެހި އޯޑިއަންސަށް ގެނެސްދިނުގެ ވިސްނުން ވެސް އެބަހުރި ކަމަށެވެ. އެކަމަކު ފިލްމު އާންމުންނަށް ގެނެސްދޭނެ އިރެއް އަދިވެސް ނުނިންމަ އެވެ.
ސީޒަންގެ ސިންގަޅަ ފިލްމު ނިންމުމުގެ މަގުމަތީގައި
"ކަޅަކި" ގެ ޓީޒާއެއް ދައްކާލައިފި
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޓީޒާ ދައްކާލައިފި
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާއެއް
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
ނިއުމާގެ "ކަޅަކި" ގެ ހުރިހާ މަންޒަރެއް ލަންކާގާއި
"ކަޅަކި" ގެ ޓީމް ޝޫޓިން އަށް ލަންކާ އަށް
ސީޒަންގެ "ސޯލް" ގެ ޓީޒާ ދައްކާލައިފި
"ނޯޓީ 40" ލަންކާގައި އަޅުވަނީ
ސީޒަން ލަންކާގައި އުޅުނަސް، ފިލްމުތަކުން ނުގެއްލޭނެ