Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ލޮޅުމެއް އަޔަސް ޓޫރިޒަމް އިންޑަސްޓްރީ ހިފަހައްޓާލެވޭނެ

ލޮޅުމެއް އަޔަސް ޓޫރިޒަމް އިންޑަސްޓްރީ ހިފަހައްޓާލެވޭނެ: އަލީ ވަހީދު

08 މާޗް 2020

ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް ލޮޅުމެއް އަޔަސް، އިންޑަސްޓްރީ ހިފަހައްޓާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެންމެ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ އަށް ލޮޅުމެއް އަޔަސް، އިންޑަސްޓްރީ ހިފަހައްޓާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެންމެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އަލީ ވަހީދު ވިދާޅުވީ ވައިރަސް ފެތުރެން ފެށި ފަށުން ރާއްޖެ އަށް 125،827 ބުކިން ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލަށް 307،223 ބުކިން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ދެ މަހުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.9 ޕަސެންޓުގެ ކުރިއެރުމެއް ޓޫރިސްޓް އެރައިވަލް އަށް ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ރިސޯޓެއްގެ ބިދޭސީ ދެ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާއި މިހާރުގެ ހާލަތާ ބެހޭ ގޮތުން ބާއްވާ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ރިސޯޓްތަކުގައި ތިބީ 37،136 މުވައްޒަފުން ތިބި އިރު އޭގެ ތެރެއިން 17،609 މީހުންނަކީ ދިވެހިންނެވެ. އޭނާ ވިދާޅުވީ މުވައްޒަފުން ރައްކާތެރިވެ ތިބުމަށް ބޭނުންވާ ސާމާނު ލިބޭނެ ކަމަށާއި އިންޑަސްޓްރީގެ ޓްރަސްޓް ފަންޑުން ބައި މިލިއަން މާސްކް ވެސް ގަނެ، ކުރިން ވެސް ހުރީ ރައްކާކޮށްފައި ކަމަށެވެ.

މިއަދުގެ ނިއުސް ބްރީފިންގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

މިއަދުގެ ނިއުސް ބްރީފިންގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

މިނިސްޓަރު ވަނީ މި ހާލަތުގައި އެއްވެސް ރިސޯޓަކުން މައުލޫމާތު ހިއްސާކުރުމަށް ފަސް ނުޖެހުމަށް އެދިވަޑައިގެންފަ އެވެ. މިކަމުގައި އެއްވެސް ރިސޯޓަކުން އެކަނި މަސައްކަތްކުރަން ނުޖެހޭނެ ކަމަށާއި މިއީ މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ދަތި ވަގުތަކަށް ވާތީ މިކަމުގައި މަސައްކަތްކުރަން ޖެހޭނީ އެންމެން ގުޅިގެން ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް ދަށްވުމުން ސިޔާސި މުވައްޒަފުންގެ މުސާރަ ކުޑަކުރާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މިވަގުތު ހުރި މުސާރަތައް، ހާއްސަކޮށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ހުރި ވަރުގައި ހިފެހެއްޓުމާ އެކު އިގްތިސާދު ހީނަރުވިޔަ ނުދީ ހިފަހައްޓަން ކަމަށެވެ.

"ދިވެހިރާއްޖެ އެއްކޮށް ލޮކްޑައުން އަކަށް ނުދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސާދު ފުނޑުފުނޑު ވެދާނެ ފަދަ ކަމަކަށް ދިވެހި ދައުލަތަށް އަދި ރައްޔިތުންނަށް އެފޯޑް ނުކުރެވޭނެ ކަމަށެވެ.

ބޫޓާންގައި ހެދި ގޮތަށް ޓޫރިސްޓުން އައުން އެއްކޮށް މަނާކޮށް، ރާއްޖެ ބަންދު ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ އިގްތިސާދުގެ 70 ޕަސެންޓް ބިނާވަނީ ޓޫރިމަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އައުން އެއްކޮށް މަނާކޮށް ގެޔަށް ވަދެ ދޮރު ލައްޕައިގެން ތިއްބަސް ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ.