Roadha Mihaaru
ވާވޭގެ ފަތްޖެހޭ ފޯނު ޗައިނާގެ މާކެޓަށް ނެރެފި

ވާވޭގެ ފަތްޖެހޭ ފޯނު ޗައިނާގެ މާކެޓަށް ނެރެފި

24 ޑިސެމްބަރ 2021

ފަތްޖެހޭ ފޯނު ނެރެން ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޗައިނާގެ މަޝްހޫރު ކުންފުނި، ވާވޭގެ ފަތްޖެހޭ ފޯނު ޗައިނާގެ މާކެޓަށް ބުރާސްފަތި ދުވަހު ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަތްޖެހޭ ފޯނު ނެރެން ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޗައިނާގެ މަޝްހޫރު ކުންފުނި، ވާވޭގެ ފަތްޖެހޭ ފޯނު ޗައިނާގެ މާކެޓަށް ބުރާސްފަތި ދުވަހު ނެރެފި އެވެ.

"ޕީ50 ޕޮކެޓް" ނަން ދީފައިވާ ފޯނަކީ ސެމްސަންގްގެ ގެލެކްސީ ޒީ ފޯލްޑާއި އިހަކަށް ދުވަހު އޮޕޯ އިން ދައްކައިލި އެ ކުންފުނީގެ ފަތްޖެހޭ ފޯނާ ދާދި އެެއްކަހަލަ ބައްޓަމަކަށް ފަރުމާކޮށްފައިވާ ވަރަށް "ސްޓައިލިޝް" ފޯނެކެވެ. ފޯނު އެއްކޮށް ހުޅުވައިލުމުން މީގެ އޯލެޑް ޑިސްޕްލޭގެ ސައިޒަކީ 6.9 އިންޗި އެވެ.

ބަރުދަނުގައި 90 ގްރާމް ހުންނަ ފޯނުގެ ހާއްސަ އެއް ސިފަކީ އެއް ފަތްޖަހާފައި އޮންނަ އިރު، ނޮޓިފިފިކޭޝަންތަކާއި ވިޖެޓްސް ފަސޭހައިން ބަލައިލެވޭ ގޮތަށް ފޯނުގެ ބޭރުގައި ވައްބުރަކަށް އިންނަ އެއް އިންޗީގެ "ކަވަ ސްކްރީން" އެވެ.

ވާވޭގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމް، ހާމަނީއޯސް އަށް ފައްކާކޮށްފައިވާ "ޕީ50 ޕޮކެޓް" ތިން ކެމެރާ ހިމެނޭ އެއްޗެކެވެ. މީގެ އިތުރު ފީޗާތަކަށް ބަލާ އިރު 8 އާއި 12 ޖީބީ އަދި 256 އާއި 512 ގެ ސްޓޯރޭޖް އެކުލެވެ އެވެެ.

ފޯނު ތިން ކުލައަކުން ނެރެފައިވެ އެވެ. އެއީ ކަޅާއި ހުދާއި ސްޕެޝަލް ޕްރީމިއަމް އެޑިޝަނެއްގެ ގޮތުގައި ނެރުނު ގޯލްޑް ކުލައިގެ ފޯނެވެ.

އަގުތަކަށް ބަލާ އިރު 8/12ޖީބީގެ ފޯނެއްގެ އަގަކީ 1،410 ޑޮލަރެވެ. އަދި ޕްރީމިއަމް އެޑިޝަންގެ އަގަކީ 12 ޖީބީގެ ފޯނުގެ އަގަކީ 1،725 ޑޮލަރު އެވެ.

ޗައިނާގެ މާކެޓް ބުރާސްފަތި ދުވަހު ނެރުނަސް އިންޓަނޭޝަނަލް މާކެޓަޑް "ޕީ50 ޕޮކެޓް" ނެރޭނެ އިރަކާ ބެހޭ އެއްވެސް ތަފުސީލެއް އަދި ނުދެ އެވެ.