އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފުނުވެ ކޮންޓެންޓް ގެނެސްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު މީޑިއާތަކަށް އިލްތިމާސްކޮށްފި އެވެ.
24 އޯގަސްޓް 2016
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފުނުވެ ކޮންޓެންޓް ގެނެސްދޭން ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު މީޑިއާތަކަށް އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން އާއްމުކުރި ސާކިއުލާއެއްގައި ބުނީ އެގޮތަށް އިލްތިމާސްކުރަން ޖެހުނީ، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދޭން އެދި ކޮމިޝަނަށް ޝަކުވާތައް ލިބެމުންދާތީ ކަމަށެވެ. ހަބަރާއި ރިޕޯޓާއި ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް ފޮނުވުމުގައި އަބުރު ރައްކާތެރިކުރުމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށް ސާކިއުލާގައި އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އަލަށް އަމަލްކުރި ގާނޫނަށް "އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު"އޭ ކިޔަސް، ގިނަ ނޫސްވެރިން ދެކެނީ އެއީ ހިޔާލުފާޅުކުރުން ހުއްޓުވުމުގެ މަގުސަދުގައި ސަރުކާރުން އެކުލަވާލި ގާނޫނެއްގެ ގޮތުގަ އެވެ.
ކޮމިޝަނުން އިލްތިމާސްކޮށްފައި ވަނީ ރާއްޖެ އިން ބޭރުގައި އުފައްދާ ޕްރޮގްރާމްތައް ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ފޮނުވާއިރު ވެސް ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން އާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފޮނުވުމަށެވެ.
ބޭރުގައި އުފައްދާ ޕްރޮގްރާމްތައް ވެސް އަބުރުގެ ގާނޫނާ ހިލާފު ނުވެ ފޮނުވަން މި އެންގީ، ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ އަންނަ މަހުގެ ހައެއްގައި އެ ޓީވީން ދައްކަން ނިންމާފައި ވަނިކޮށެވެ.
އެ ޑޮކިއުމެންޓްރީއާ ގުޅިގެން އެތައް ބައަކަށް އަބުރުގެ ދައުވާ އުފުލަން ޖެހިދާނެ ކަމަށް ވެރިކަންކުރާ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވަނީ، އޭނާގެ ޓުވީޓެއްގައި، ވިދާޅުވެފަ އެވެ.
ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ހުއްޓުވަން ފާސްކުރި ގާނޫނުގައި އޮތް ގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ ޝަކުވާ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާ އިން ބަލައި ތަހުގީގުކުރަން ޖެހޭނެ އެވެ. އެ ގޮތުން، ޖޫރިމަނާ ކުރުމާއި އިދާރީ ފިޔަވަޅު އެޅުމުގެ ހައްގު މުއައްސަސާއަށް ލިބިގެންވެ އެވެ. މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެކަމަކު، ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައިފި ނަމަ ތިން މަހާއި ހަ މަހުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ. އަދި ޖޫރިމަނާ ނުދައްކައި، ކޯޓުގައި މައްސަލަ އިސްތިއުނާފެއް ވެސް ނުކުރެވެ އެވެ.
އޭގެ އިތުރުން މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލްކުރުމުގެ ބާރު ވެސް ގާނޫނުން ލިބިދެ އެވެ.
މަޖިލީހަށް ފުރަތަމަ ހުށަހެޅި އިރަށް ވުރެ ވެސް ހަރުކަށިކޮށް ފާސްކުރި ގާނޫނުގައި ލައިވް ފީޑު ކަނޑާލެވޭ ގޮތް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް
ރާއްޖެ ޓީވީ ފަންޑަށް ދެ މެމްބަރަކު 100،000ރ.
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް
ބްރޯޑްކާސްޓަރުންނާއެކު މައްސަލަތަައް ހައްލުުކުރާނަން: މަރީ
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި
ލައިވް އިވެންޓްތަކުގެ ފީޑް ކަނޑަން އެންގޭ އުސޫލެއް
ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށެއް ނުދިން
ޖޫރިމަނާ ކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން
ގައިދީންގެ އިންޓަވިއު ނުގެންނަން އެންގުމުން ކޯޓަށް