Roadha Mihaaru
ރެފްގެ ކޫލް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެފްގެ ކޫލް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

26 ޖުލައި 2019

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް، ރެފް ކޫލްގެ ފިހާރައިގެ އައުޓްލެޓުތަކުގައި ކުރިއަށް ގެންދިޔަ ސޭލްގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް، ރެފް ކޫލްގެ ފިހާރައިގެ އައުޓްލެޓުތަކުގައި ކުރިއަށް ގެންދިޔަ ސޭލްގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

މި ސޭލް ގައި، އެ ފިހާރައިގެ ހުރިހާ އައުޓްލެޓަކުން 500 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރި ކަސްޓަމަރުންގެ މެދުގައި ވަނީ ގުރުއަތު ނަގައިފަ އެވެ. މީގެ ތެރޭގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި މޯލްޑިވްސް ފައިނޭންސިން ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) ގެ ފައިނޭސް ސްކީމްގެ ދަށުން ވިޔަފާރި ކުރި ކަސްޓަމަރުން ވެސް ހިމެނޭ ކަމަށް ރެފް ކޫލް އިން ބުންޏެވެ.

މި ގުރުއަތުން އެއްވަނަ އަށް ހޮވުނީ އިފްނާޒް (ކޫޕަން ނަންބަރު 23573) އެވެ. އެއްވަނަ އަށް ހޮވޭ މީހެއްގެ އިނާމަކަށް ރެފްކޫލް އިން ހުށަހަޅާފައި ވަނީ 65 އިންޗީގެ ހައިސެންސް ބްރޭންޑުގެ ޓީވީ އެކެވެ. ދެވަނަ އަށް ހޮވުނީ އަފްޝީން (ކޫޕަން ނަންބަރު 13876) އެވެ. އޭނާ އަށް ލިބިފައި ވަނީ ޓެކްނޯ ބްރޭންޑުގެ ޓޫ އިން ވަން ދޮންނަ މެޝިނެކެވެ.

ތިންވަނަ އަށް ހޮވޭ މީހެއްގެ އިނާމަކަށް އަވަނެއް ހުށަހަޅާފައިރު އެ އިނާމު ހޯދީ މަރިޔަމް މުޝްފިގާ (ކޫޕަން ނަންބަރު 17532) އެވެ.

ރެފްކޫލް އަކީ އެކި ކަހަލަ ކަރަންޓު ސާމާނު ވިއްކާ ފިހާރައެކެވެ. އެގޮތުން، އެލްޖީ އާއި ޓެކްނޯޯ އާއި ޕަލްސްގެ އިތުރުން ހައިސެންސް އަދި ގްރީ ފަދަ ބްރޭންޑުތައް އެ ފިހާރައިން ލިބެން ހުރެ އެވެ. ރެފްކޫލް އަކީ އެލްޖީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ވެސް މެ އެވެ.