ރިޔާޒް (މެއި 27) - އީރާނުން މި އަހަރު ހައްޖަށް މީހުން ގެންދިއުމާ ބެހޭ ގޮތުން އެ ގައުމާ އެކު ބޭއްވި މަޝްވަރާތައް ކާމިޔާބު ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
27 މެއި 2016
ރިޔާޒް (މެއި 27) - އީރާނުން މި އަހަރު ހައްޖަށް މީހުން ގެންދިއުމާ ބެހޭ ގޮތުން އެ ގައުމާ އެކު ބޭއްވި މަޝްވަރާތައް ކާމިޔާބު ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
އީރާނުން މި މަހު ކުރީކޮޅު ބުނެފައި ވަނީ އެ ގައުމުން ހައްޖަށް ދާން ބޭނުންވާ މީހުންނަށް މި އަހަރު ހައްޖަށް ދެވޭނެކަން ޔަގީން ނުވާ ކަމަށާއި އެއީ ސައުދީ އަރަބިއާ އިން ކަންތައް ކުރާ ގޮތުން ކަމަށެވެ. އެކަމަކު ސައުދީ ހައްޖު މިނިސްޓްރީގެ އަންޑަސެކްރެޓަރީ ހުސައިން ޝާރިފް ވިދާޅުވީ "ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން ހައްޖަށް އަންނަ މީހުންނަށް ސައުދީން މަރުހަބާ ކިޔާނެ" ކަމަށެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ފިތިގެން މަރުވި 2،300 މީހުންގެ ތެރޭގައި އީރާނުގެ 464 މީހުން ހިމެނޭ.
މި އަހަރު ހައްޖަށް މީހުން ގެންދިއުމާ ބެހޭ ގޮތުން އީރާނާއި ސައުދީ އަރަބިއާ އިން މި ހަފުތާގައި ވަނީ މަޝްވަރާ ކޮށްފަ އެވެ. އޭގެ ތެރޭގައި ހައްޖުގެ އިންތިޒާމްތައް ވެސް ހިމެނެ އެވެ. އީރާނުން ހައްޖަށް އަންނަ މީހުންނަށް އިލެކްޓްރޯނިކް ވިސާ ދޫކުރުމާ ބެހޭ ގޮތުން ތެހެރާނާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޝާރިފް ވިދާޅުވި އެވެ.
އީރާނުން ބުނެފައި ވަނީ ރިޔާޒުން ބޭނުން ވަނީ ތިން ވަނަ ގައުމެއް މެދުވެރިކޮށް އީރާނު މީހުންނަށް ވިސާ ދޫކުރަން ކަމަށާއި އަދި އީރާނުގެ ބޯޓެއްގައި ހައްޖުވެރިން އުފުލަން ވެސް ސައުދީން އެއްބަސްނުވާ ކަމަށެވެ.
ހައްޖުގެ އަޅުކަމުގައި ބަޔަކު ބައިވެރި ވަނީ: މި އަހަރުގެ ހައްޖުގެ އަޅުކަމަށް އީރާނުން މީހުން ފޮނުވޭނެކަން ޔަގީން ނުވާ ކަމަށް އީރާނުން ވަނީ ބުނެފައި. --ފޮޓޯ:ބީބީސީ
އީރާނާއި ސައުދީ އަރަބިއާއާ ދެމެދު ސިޔާސީ ގުޅުން ކަނޑާލާފައި ވަނީ މިދިޔަ ޖެނުއަރީ މަހު، ޝިއައީންގެ ދީނީ އިސް ލީޑަރަކަށް ސައުދީން މަރުގެ އަދަބު ދިނުމާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގަ އެވެ. މި ހަމަނުޖެހުންތަކުގައި ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީގައި ވަނީ އަލިފާން ޖަހައިފަ އެވެ.
އީރާނާއި ސައުދީއާ ދެމެދު ނުތަނަވަސްކަން އުފެދުނު އަނެއް މައްސަލަ އަކީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން މީހުން މަރުވި މައްސަލައިގައި އީރާނުން ސައުދީ އަށް އަމާޒުކުރި ފާޑުކިޔުންތަކާ ގުޅިގެންނެވެ. ފިތިގެން މަރުވި 2،300 މީހުންގެ ތެރޭގައި އީރާނުގެ 464 މީހުން ހިމެނެ އެވެ. --އޭއެފްޕީ
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
ސިޔާސީ ކަންކަމާއި ހައްޖާ ނުގުޅުވޭނެ: ސައުދީ ރަސްގެފާނު
މައްކާ އާއި މަދީނާއަކީ ސައުދީގެ މިލްކެއް ނޫން: އީރާން
އީރާނުން މި އަހަރު ހައްޖަށް މީހުން ނުފޮނުވުމަށް ނިންމައިފި
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ލަނީ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
ރާއްޖެއިން ހައްޖަށް ދާ މީހުން ފުރަން ފަށައިފި
މި އަހަރުގެ އަމީރުލް ހައްޖަކީ ނައިބު ރައީސް ފައިސަލް