ތެހެރާން (ސެޕްޓެމްބަރު 10) - މައްކާ އާއި މަދީނާ އަކީ ސައުދީ އަރަބިއާގެ އަމިއްލަ މިލްކެއް ނޫން ކަމަށް ވިދާޅުވެ އީރާނުގެ ހައްޖު އޮގަނައިޒޭޝަނުގެ ވެރިޔާ ސައީދު އޮހާދީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
10 ސެޕްޓެމްބަރ 2016
ތެހެރާން (ސެޕްޓެމްބަރު 10) - މައްކާ އާއި މަދީނާ އަކީ ސައުދީ އަރަބިއާގެ އަމިއްލަ މިލްކެއް ނޫން ކަމަށް ވިދާޅުވެ އީރާނުގެ ހައްޖު އޮގަނައިޒޭޝަނުގެ ވެރިޔާ ސައީދު އޮހާދީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެން އީރާން މީހުންނަށް މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވުނު މައްސަލަ އަށް އިޝާރާތް ކުރައްވާ އޮހާދީ ވިދާޅުވީ ސައުދީން ހީކުރަނީ މައްކާ އާއި މަދީނާ އަކީ އެ މީހުންގެ އަމިއްލަ މިލްކުގައިވާ ތަންތަން ކަމަށެވެ.
"އެހެން ނުވާނެ އެއީ އިސްލާމް ދީނުގެ ތަންތަން. އަޅުކަން ކުރަން ބޭނުންވާ އިސްލާމުންނަށް އެތަން ތަނަށް ދެވެން ޖެހޭނެ،" އޮހާދީ ވިދާޅުވި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވުމުން އީރާނުގެ އެތައް ހާސް ބަޔަކު ތެހެރާނުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ސައުދީ އަރަބިއާއާ ދެކޮޅަށް ތެހެރާނުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
އީރާނު މީހުން ބުނީ ހައްޖަށް ނުދެވުނީ ސައުދީގެ ސަބަބުން ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން މީހުން މަރުވި ހާދިސާއާ ގުޅިގެން އީރާނުން ވަނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ސައުދީއާ އެކު މަޝްވަރާތައް ބާއްވައިފަ އެވެ. ނަމަވެސް އެ މަޝްވަރާތައް ނާކާމިޔާބުވުމުން އީރާނުން ނިންމީ މި އަހަރު ހައްޖަށް މީހުން ނުފޮނުވުމަށެވެ.
ސައުދީ އަރަބިއާ އިން ކަނޑައަޅާފައިވާ ހައްޖު ކޯޓާގެ ދަށުން އީރާނުގެ 64،000 މީހުންނަށް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެވެ އެވެ. ނަމަވެސް ހައްޖުގެ އަޅުކަން ހޮނިހިރު ދުވަހު ފެށ އިރު އީރާން މީހުން އެ މަތިވެރި އަޅުކަމުގައި ބައިވެރިނުވެވުމުން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ސައުދީ ސަރުކާރަށް އަމާޒުކޮށްފަ އެވެ. ހައްޖުގެ އަޅުކަމުގެ ކުރިން ވެސް ވަނީ އީރާނުގެ ވެރިންނާއި ސައުދީގެ ދީނީ ލީޑަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކޮށްފ އެވެ.
ސައުދީއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގައި ބައިވެރިވި އީރާނުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ޖާވަދު ޒަލްފަގާރީ ވިދާޅުވީ ސައުދީން ވަނީ "މާތްﷲ ގެ މަގަށް ހުރަސް އަޅާފައި" ކަމަށެވެ.
އީރާނުގެ ހައްޖު އޮގަނައިޒޭޝަނުގެ ވެރިޔާ އޮހާދީ އޭއެފްޕީ އަށް ވިދާޅުވީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ހިތާމަވެރި ހާދިސާތައް ހިނގާފައިވާތީ ހައްޖުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ސައުދީން ބޭނުން ނުވި ކަމަށެވެ.
ސައުދީ އަރަބިއާއާ ދެކޮޅަށް ތެހެރާނުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
"ހައްޖުގެ ސަލާމަތީ ކަންކަމާބެހޭ ގޮތުން އެއްވެސް ވަރަކަށް ނުވިސްނާ 1.5 މިލިއަން ހައްޖުވެރިން އަޅުކަން އަދާކުރަން ސައުދީން ދައުވަތު ދޭނީ ކިހިނެއް؟" އޭނާ ސުވާލު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ހައްޖުގެ އަޅުކަމާ ބެހޭ ގޮތުން މި އަހަރުގެ އޭޕްރީލް އަދި މެއި މަހު ބޭއްވި މަޝްވަރާތަކުގައި ސައުދީން ދިން ޖަވާބަކީ "އެ ގައުމަށް ވަންނަ ކޮންމެ މީހަކަށް ވެސް ރައްކާތެރިކަން ލިބޭނެ" ކަމަށެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ފިތިގެން ވަނީ 2،300 މީހުން މަރުވެފަ އެވެ. މީގެ ތެރޭގައި އީރާނުގެ 464 މީހުން ހިމެނެ އެވެ. އެކަމަކު އީރާނުން ބުނެފައި ވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވި 39 ގައުމެއްގެ 7،000 އަށް ވުރެ ގިނަ މީހުން މިދިޔަ އަހަރު މަރުވެފައިވާ ކަމަށެވެ. އެކަމަކު ސައުދީން ބުނެފައި ވަނީ މަރުވެފައި ވަނީ 769 މީހުން ކަމަށެވެ.
އިންޑިއާ މީހަކު އެއް އަހަރުން ހިނގާފައި ހައްޖަށް
ސިޔާސީ ކަންކަމާއި ހައްޖާ ނުގުޅުވޭނެ: ސައުދީ ރަސްގެފާނު
އީރާނާ އެކު ބޭއްވި ހައްޖު މަޝްވަރާތައް ކާމިޔާބު
އީރާނުން މި އަހަރު ހައްޖަށް މީހުން ނުފޮނުވުމަށް ނިންމައިފި
މިއަހަރުގެ ހައްޖުގައި ސަލާމަތީ މައްސަލައެއް ނެތް
އެކި ގައުމުތަކުން 2 މިލިއަން މީހުން ހައްޖުވާނެ
ހޫނު މަޑުކުރާ ދަވާދެއް މައްކާ މަގުތަކުގައި ލަނީ
މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖަށް
ރާއްޖެއިން ހައްޖަށް ދާ މީހުން ފުރަން ފަށައިފި
މި އަހަރުގެ އަމީރުލް ހައްޖަކީ ނައިބު ރައީސް ފައިސަލް