Roadha Mihaaru
ހަސަންގެ ފޯމު ބަލައިނުގަތުން މަޑުޖެއްސުމަށް އަމުރުކޮށްފި

ވީބީ ހަސަންގެ ކެންޑިޑެސީ ގަބޫލުނުކުރި މައްސަލަ މަޑުޖެއްސުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

20 ފެބުރުއަރީ 2019

ވީބީ ބްރަދާސްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސައިލުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ވީބީ ބްރަދާސްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސައިލުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެ ކޯޓުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ، ހަސަންގެ ކެންޑިޑެސީއާ ގުޅޭ ގޮތުން އޭނާ އެ ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ބަލައި ނިމެންދެން ހަސަންގެ ފޯމު ބަލައިނުގަތުމަށް ނިންމި ނިންމުމަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާ އަށް އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ހަސަން ހުށަހެޅުއްވި ފޯމު، އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ އޭނާގެ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ.

އެނގިފައިވާ ގޮތުގައި، އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ވީބީ ބްރަދާސްގެ ވެރިންގެ މައްޗަށް ދަރަނި ދެއްކުމަށް ވަކިވަކިން ކޮށްފައިވާ ތިން ހުކުމެއްގަ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ކެންޑިޑެސީއާ ގުޅޭ މައްސަލަތައް އެންމެ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ކޯޓުން ނިންމަންވާނެ އެވެ.

ހަސަންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި މައްސަލައަށް އަމަލު ކުރުން މަޑުޖައްސައިލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި މިވަނީ ކެންޑިޑޭޓު ނަންބަރު ބަހަން ގުރު ނެގުމަށް ފެބްރުއަރީ، 27 ގައި، އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި އޮއްވަ އެވެ.