27 ފެބުރުއަރީ 2019
ސާބިތު ދަރަނީގެ މައްސަލަ އޮތުމުން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބަލައިނުގަތުމުގެ ސަބަބުން ހަސަންގެ ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސާބިތު ދަރަނީގެ މައްސަލަ އޮތުމުން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ބަލައިނުގަތުމުގެ ސަބަބުން ހަސަންގެ ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހަސަންގެ ފޯމު ބަލައިނުގަތީ، އޭނާގެ އާއިލާގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެެއްގޮތަށް ފައިސާ ނުދައްކަވާތީ ކަމަށް ބުނެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަނުކުރެވޭ ޝަރުތުތަކުގެ ތެރޭގައި، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުން ހިމެނެ އެވެ.
ސާބިތު ދަރަނީގެ މައްސަލަ އޮތުމުން ކަމަށް ބުނެ، ހަސަންގެ ފޯމް އީސީން ބަލައިނުގަތަސް، ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލްކޮށް، ހަސަންގެ ފޯމް ބަލައިގަތުމަށް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ހަސަންގެ ކުށުގެ ރިކޯޑު ސާފު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅި އިރު، އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ފަރާތްތަކުން ނިންމާފައިވާ ކަމަށެވެ. އަދި އީސީ އާއި ޖުޑިޝަލް ޑިޕާޓްމަންޓާ ދެމެދު ހިނގި މުއާމަލާތްތަކުގެ ތެރޭގައި އީސީ އަށް އެކަށީގެންވާ މައުލޫމާތު ނުލިބި އޮތީމަ، ހަސަންގެ ކެންޑިޑެސީ ބާތިލް ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށް އިންތިހާބީ ހައްގެއް ލިބިގެންވާ އިރު، އީސީގެ ނިންމުމުގެ ސަބަބުން ހަސަންގެ ވަރަށް ބޮޑެތި ގާނޫނީ ހައްގުތަކެއް ވަނީ ގެއްލިފަ އެވެ.
ޖަމީލް ވިދާޅުވީ ހުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ ދަރަންޏެއްގެ ގޮތުގައި މާނަ ކުރެވެނީ އެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި ނިމި ގާނޫނީ ގޮތުން ނިހާއީ ހުކުމެއް އައިސްފައިވާ މައްސަލައެއް ކަމުގައިވާ ނަމަ ކަމަށެވެ. އެކަމަކު، ހަސަންގެ މައްސަލައަކީ ސިވިލް ކޯޓުން ނިމި އިސްތިއުނާފީ އެކިއެކި މަރުހަލާތަކުގައި ދަތުރު ކުރަމުންދާ މައްސަލައެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މިއީ ހަމައެކަނި ހަސަންގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތައް އެކަންޏެއް ނޫން. އާއިލާގެ އެހެން މެމްބަރުންގެ މައްޗަށް އާއިލީ ތަނާޒާއެއްގެ ތެރޭގައި ނުވަތަ ދެބަސްވުންތަކެއްގެ ތެރޭގައި ވަކި ފަރުދަކު އިސްވެ ހުންނަވައިގެން އެކި ގޮތް ގޮތުން އުފައްދައިގެން ހުރި ހެކިތަކާ އެކު ދަތުރު ކުރަމުންދާ މައްސަލައެއް،" ކުރިން ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވި އެވެ.
"އެ މައްސަލައިގެ ތެރޭގައި އަޅުގަނޑުމެން ތަނާޒިލް ކުރާ ނުވަތަ ދެކޮޅު ހަދާ ވަރަށް ބައިވަރު ގާނޫނީ ނުކުތާތަކެއް ހުރި މައްސަލަތަކަކަށް ވާތީ އެ މައްސަލަތައް ރާއްޖޭގެ އެކިއެކި ކޯޓުތަކުގައި ދަތުރު އެބަކުރޭ."
މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ފޯމު ހުށައެޅުއްވި ހަސަން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން، އީސީގެ ނިންމުމަކީ ހަގީގަތާ ހިލާފު ނިންމުމެއް ކަން ސާފުވެފައިވާ ކަމަށެވެ. އެހެންވެ، ހަސަނަށް އެހީތެރިވެ ދިން އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
"އަޅުގަނޑުގެ ޓީމާ އެކު މި ގޮނޑި ކާމިޔާބު ކުރާނަން،" ހަސަން ވިދާޅުވި އެވެ.
ހަސަންގެ ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގައިފި
އަމިއްލަ ގޮތުން ވާދަކުރާނަމަ، ފިޔަވަޅު އަޅާނަން: އެމްޑީޕީ
ޕްރައިމަރީން ބަލިވި މީހުން ވާދަކުރަން މިއަދު ހުޅުވާލަނީ
އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާފަންނު ހުޅަނގަށް
ހަސަންގެ ފޯމު ބަލައިނުގަތުން މަޑުޖެއްސުމަށް އަމުރުކޮށްފި
ދާއިރާ ލިބުމާއި ނުލިބުމުގައި "ދަފްތަރުގެ ނުބައި ރޯލު"
މާލެއަށް ދެ ދާއިރާ އިތުރު ކުރަން ނިންމައިފި
ވީބީ ހަސަންގެ ތާއީދު އެމްޑީޕީގެ އިބޫ ޖަލީލަށް
އިންތިހާބަށް މާލޭގެ ދެ ތަނެއްގައި 40 ޓެންޓު ޖަހަނީ
ޔާމީންގެ ބަދަލުގައި ނަމެއް ހުށަހަޅަން އަމުރަކަށް އެދެފި