Roadha Mihaaru
ނެޓްފްލިކްސްގެ "އެކްސްޓްރެކްޝަން 2" ގެ ޓީޒާއެއް

ނެޓްފްލިކްސްގެ "އެކްސްޓްރެކްޝަން 2" ގެ ޓީޒާއެއް

27 ސެޕްޓެމްބަރ 2021

މިދިޔަ އަހަރު ނެޓްފްލިކްސް އިން އެންމެ ކާމިޔާބު ހޮލީވުޑްގެ ފިލްމު ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން" ގެ ދެވަނަ ބައިގެ ޓީޒާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ނެޓްފްލިކްސް އިން އެންމެ ކާމިޔާބު ހޮލީވުޑްގެ ފިލްމު ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން" ގެ ދެވަނަ ބައިގެ ޓީޒާއެއް ދައްކާލައިފި އެވެ.

ފިލްމަށް ލިބުނު ބޮޑު ޔަރުހީބާ ގުޅިގެން އޭގެ ދެވަނަ ބައި ގެނެސްދިނުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު "އެކްސްޓްރެކްޝަން 2" އަކީ ވެސް ޝައުގުވެރި އަދި ނޭވާ ހިފަހައްޓައިލަން ކެހޭ ކަހަލަ އެތައް ހާދިސާތަކެއް ފެންނާނެ ފިލްމެކެވެ. ޓްރެއިލާ އަށް އިންތިޒާރުކުރާ މީހުން މި ވަގުތަށް ޓީޒާއިން ހިތްހަމަޖައްސައިލުމަށް ފަހު، ފިލްމު ޕްރީމިއާކުރާނެ ތާރީހަކަށް ހަމަ ޔަގީނުން ވެސް އިންތިޒާކުރާނެ އެވެ.

"އެކްސްޓްރެކްޝަން 2" ގެ ވެސް މައިގަނޑު ކާސްޓަކީ ކްރިސް އެވެ. އޭނާއާ އެކު މި އެކްޝަން ތުރިލާ އިން ކުރީގެ ބައެއް ކާސްޓުން ފެންނާނެ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 24 ގައި ޕްރީމިއާކުރި "ޢެކްސްޓްރެކްޝަން" އަކީ އިންޑިއާގެ ކާސްޓުންތަކެއް ހިމެނުނު ފިލްމެކެވެ. އޭގެ ތެރޭގައި ރަންދީޕް ހޫޑާ އާއި ޕަންޖަކް ތުރިޕަޓީ އާއި ޕްރިޔަންޝޫ ޕައިނުޔުލީ އާއި ނޭހާ މަހާޖަން ހިމެނެ އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރި ޑޭވިޑް ހާބާ ވެސް ހިމެނެ އެވެ.

"އެކްސްޓްރެކްޝަން" އަކީ "ދި އެވެންޖާޒް" ޓްރިލޮޖީގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ ޕްރޮޑިއުސްކޮށް، ސޭމް ހާގްރޭވް ޑައިރެކްޓްކުރި ފިލްމެކެވެ. ފިލްމުގެ ދެވަނަ ބައިގެ ޓީމަކީ ވެސް ހަމަ އެ މީހުންނެވެ.