Roadha Mihaaru
ޕޮލިހާއި ސިފައިންގެ ވަޒީފާއާ ގުޅޭ އާ އުސޫލެއް

ފަހުމީ މައްސަލާގެ ހުކުމް ފުލުހުންނާއި ސިފައިންގެ މައްސަލަތަކަށް ނުހިނގާނެ: ހައި ކޯޓު

26 އޯގަސްޓް 2016

ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުން މުހައްމަދު ފަހުމީ ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ސިފައިންނާއި ފުލުހުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކަށް އެޕްލައި ކުރެވޭނެ ހުކުމެއް ނޫން ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުން މުހައްމަދު ފަހުމީ ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ސިފައިންނާއި ފުލުހުންގެ ވަޒީފާއާ ގުޅޭ މައްސަލަތަކަށް އެޕްލައި ކުރެވޭނެ ހުކުމެއް ނޫން ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފަހުމީ 2013 ގައި ސީއެސްސީގެ ރައީސްކަމުން ދުރުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން އޭރު ހުކުމްކުރީ ޖިނާއީ ތުހުމަތެއް ކުރެވޭ މީހަކާ މެދު އެ މައްސަލައެއްގައި ޖިނާއީ މިންގަނޑު ނޫން އެހެން މިންގަނޑަކުން ތަހުގީގުކޮށް އަދަބު ދިނުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އެފަދަ ކަމަކާ ގުޅިގެން ފިޔަވަޅެއް އަޅައިފި ނަމަ އެ މީހަކާ މެދު އިތުރަށް ޝަރީއަތް ހިންގައި އަދަބު ނުދެވޭނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ފުލުހުންނާއި ސިފައިންގެ ވަޒީފާގެ މައްސަލަތަކުގައި ތަތްބީބގު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅީ ޖިނާއީ ތުހުމަތެއްގައި ވަޒީފާއިން ވަކިކުރި ދެ ފުލުހަކާއި ސިފައިންގެ އޮފިސަރެއްގެ މައްސަލައިގައި ވަކިވަކިން އިއްޔެ ކުރި ތިން ހުކުމެއްގަ އެވެ.ީގެ

އެ ތިން މީހުންނަށް ވެސް އަލުން ވަޒީފާދޭން އަމުރު ކުރުމުގައި ދަށު ކޯޓުން ރިއާޔަތްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ކަމަށްވިޔަސް ހައި ކޯޓުގެ ހުކުމުގައިވަނީ އެ ބައެއްގެ ވަޒީފާއާބެހޭ ގޮތުން އަމަލުކުރާނެ ގާނޫނެއް އޮތް ނަމަ ސުޕްރީމް ކޯޓުގެ ނިންމުން އެ ބާވަތުގެ ވަޒީފާގެ މައްސަލަތަކަށް ނުހިނގާނެ ކަމަށެވެ. އެގޮތަށް ހައި ކޯޓުން ކުރިން ނިންމާފައިވާނެ ކަމަށާއި އެކަމުގައި އެއްވެސް ބަޔަކު އިސްތިސްނާ ނުވާނެ ކަމަށް ވެސް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވެ އެވެ.

"ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާއާ ގުޅިގެން އެ ބައެއްގެ މައްޗަށް ތަތްބީގު ކުރެވޭނެ ވަކި ޚާއްސަ ގާނޫނެއް އޮތް ނަމަ އެ ބައެއްގެ މައްޗަށް ތަތްބީގުކޮށް އަމަލު ކުރެވޭނީ އެ ގާނޫނެއް ކަމާއި، އަދި އެފަދަ ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ[ގަޒިއްޔާ ނަމްބަރު] ގަޒިއްޔާގައި އެ ކޯޓުން ގާއިމް ކުރައްވާފައިވާ އުސޫލުތައް ތަތްބީގު ނުކުރެވޭނެ...،" ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންވެ، ފުލުހުންނާއި ސިފައިންނާ މެދު ފިޔަވަޅު އަޅަނީ އަދި ވަޒީފާއިން ވަކިކުރަނީ ފުލުހުންގެ ގާނޫނު ނުވަތަ ސިފައިންގެ ގާނޫނުގެ ދަށުން ކަމަށްވާއިރު ސުޕްރީމް ކޯޓުގެ ހުކުމަކީ އެފަދަ މައްސަލަތަކަށް ނުހިނގާނެ ހުކުމެއް ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައި ބުނެފައިވެ އެވެ.

ފުލުހުންތަކެއް: ފުލުހުންނާ މެދު ފިޔަވަޅު އެޅުމުގައި ވެސް ފަހުމީ މައްސަލައިގެ ހުކުމް އެޕްލައި ނުކުރެވޭނެ ކަމަށް ވަނީ ނިންމާފައި -- ފޮޓޯ: އަހުމަދު އަންވަރު

ފުލުހުންތަކެއް: ފުލުހުންނާ މެދު ފިޔަވަޅު އެޅުމުގައި ވެސް ފަހުމީ މައްސަލައިގެ ހުކުމް އެޕްލައި ނުކުރެވޭނެ ކަމަށް ވަނީ ނިންމާފައި -- ފޮޓޯ: އަހުމަދު އަންވަރު

ސިފައިންގެ އޮފިސަރާ މެދު ތުހުމަތު ކުރެވުނީ ކޯސްޓްގާޑުގެ ޑައިވިން ޔުނިޓަކުން ވޭލެއް ނަގައި، ބާވެފައިވާ ވޭލެއް އެތަނުގައި ބޭއްވުމުގެ ތުހުމަތެވެ. ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް ތުހުމަތު ކުރެވުނީ ޓޯ ޔާޑުގައި ހުރި ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލުމުގައި އިހުމާލު އޮތްކަމުގެ ތުހުމަތެވެ. ބާކީ ހުރި ފުލުސް މީހާއަށް ކުރެވުނީ ހެކިންތަކަކަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެވެ.

އެ ތިން މީހުން ވެސް ވަކިކުރީ ގާނޫނާއި ޚިލާފަށް ކަމަށް ނިންމައި، އެ މީހުންނަށް އަލުން ވަޒީފާދޭން ދަށު ކޯޓުން ވަކިވަކިިން ހުކުމްކޮށްފައި އޮތަސް ހައި ކޯޓުން އިއްޔެ ވަނީ ދަށު ކޯޓުގެ ހުކުމްތައް ބާތިލްކޮށްފަ އެވެ. އަދި އެ މީހުންނާ މެދު ކުރެވުނު ތުހުމަތާއި ލިބުނު ހެކިތަކަށް ބަލާއިރު އެ މީހުން ވަޒީފާއިން ވަކި ކުރީ އެކަށީގެންވާ ހެކި ހުރެގެން ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ ކުރިން ހައި ކޯޓުން ވަނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތަކުގެ މައްސަލަތަކަށް ވެސް، ފަހުމީގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ނުހިނގާނެ ކަމަށް ނިންމައިފަ އެވެ.