Roadha Mihaaru
ރޮޒެއިނާ ކޮމިޓީން ވަކިވުމުން މުގައްރިރަކަށް ރިޔާޒް

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޮޒެއިނާ ވަކިވުމުން މުގައްރިރަކަށް ރިޔާޒު ރަޝީދު

27 ފެބުރުއަރީ 2019

މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މުގައްރިރު، ރޮޒައިނާ އާދަމް އެ ކޮމެޓީން ނަން ނެގުމުން އެ ކޮމެޓީގެ އާ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު އިންތިޚާބުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މުގައްރިރު، ރޮޒައިނާ އާދަމް އެ ކޮމެޓީން ނަން ނެގުމުން އެ ކޮމެޓީގެ އާ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު އިންތިޚާބުކޮށްފި އެވެ.

ރޮޒެއިނާގެ ނަން އެ ކޮމެޓީން މިއަދު ނެގީ އޭނާ މުގައްރިރުކަމުން ވަކިކުރަން ހުށަހަޅާފައި އޮއްވަ އެވެ.

ޕީޕީއެމުން އެގޮތަށް ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ހައްޔަރުކުރި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އާއި އާއިޝަތު ބިޝާމް އަދި އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ހުށަހެޅި މައްސަލަ ނުބަލަން ރޮޒައިނާ ނިންމެވުމުންނެވެ.

ރޮޒައިނާ ވިދާޅުވިގޮތުގައި އެ މައްސަލަ ނުބަލަން ނިންމީ އެއީ ޝަރީއަތުގައި އޮތް ކަމަކަށްވާތީ އެވެ.

PG aai CP haaziru nukuree Yameen ge shareeaiy hingaathee: Rozaina

PG aai CP haaziru nukuree Yameen ge shareeaiy hingaathee: Rozaina

The most trusted news source in the Maldives

Mihaaru

ޕީޖީ އާއި ސީޕީ ހާޒިރު ނުކުރީ ޔާމީންގެ ޝަރީއަތް ހިނގާތީ ކަމަށް ރޮޒައިނާ ވިދާޅުވުން--

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރޮޒެއިނާގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނަގަން ނިންމީ އޭނާ އެދިވަޑައިގަތުމުން ކަމަށެވެ. ރޮޒައިނާގެ ބަދަލުގައި އެ ކޮމެޓީއަށް އެމްޑީޕީން ކަނޑައެޅީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރަކަށް ޖުމްހޫރީ ޕާޓީގެ ރިޔާޒު މިއަދު އައްޔަން ކުރެއްވީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ވޯޓާއެކު، ހަތް ވޯޓުންނެވެ. އެ ކޮމިޓީގައި 11 މެމްބަރުން ތިއްބަވާއިރު ދެން ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި އެމްޑީއޭގެ މެމްބަރެކެވެ.