18 މާޗް 2019
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ބައެއް މެމްބަރުން ތިއްބެވީ އެ ޕާޓީގެ "ތޮފި" އަޅުއްވައިގެން ކަމަށާއި މަސައްކަތްކުރައްވަނީ ސަރުކާރަށް ދަތިކޮށް، ޕްރެޝަރުކުރަން ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ބައެއް މެމްބަރުން ތިއްބެވީ އެ ޕާޓީގެ "ތޮފި" އަޅުއްވައިގެން ކަމަށާއި މަސައްކަތްކުރައްވަނީ ސަރުކާރަށް ދަތިކޮށް، ޕްރެޝަރުކުރަން ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކޯލިޝަންގެ އަނެއް ޕާޓްނަރު ޖޭޕީއާ މެދު ހިތްހަމަނުޖެހުނީ ފަހަކަށް އައިސް ޖޭޕީގައި ތިއްބެވި ބައެއް މެމްބަރުން އިދިކޮޅު ޕީޕީއެމް/ ކޮންގްރެސް ޕާޓީގެ މެމްބަރުންނާ އެކު މަޖިލިހުގެ ތަޅުމާއި ކޮމިޓީތަކުގައި މަސައްކަތް ކުރައްވާ ކަމަށް ބުނެ އެވެ.
މަޖިލިހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްވަަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލިހުގެ ތެރެއިން ފެންނަނީ ސަރުކާރަށް ދަތިކޮށް، ޕްރެޝަރު ކުރުމަށާއި ބިރު ދެއްކުމަށް ރޭވިގެން މަސައްކަތް ކުރަމުން އަންނަ ތަން ކަމަށެވެ. މިކަން ކުރެއްވުމަށް މަޖިލިހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކޮންމެވެސް ވަރަކަށް ފުރުސަތު ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުން މިކަމުގައި އެބަ އޮތް،" އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ ބައްދަލުވުމެއްގައި މެމްބަރުން އަތް މައްޗަށް ހިއްލައިގެން. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސަރުކާރު ކޯލިޝަންގެ މެމްބަރުން ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެއްގެ ތެރެއިންނެވެ. އެކަމަކު އަސްލަމް ވިދާޅުވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ނުބާއްވާތީ އެންމެން އެއްބަސްވާ ގޮތެއް ކަނޑަނޭޅޭ ކަމަށެވެ.
"ޖޭޕީގެ ޕީޖީ ގްރޫޕް މިހާރަށް ވުރެ ހަރުދަނާ ވާން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އެއީ ޖުމްހޫރީ ޕާޓީގެ ސާފު ސްޓޭންޑް ނަންގަވަން ޖެހޭނީ. އެފަދަ ސާފު ސްޓޭންޑެއް ކޮމިޓީތަކަށް ވަޑައިގަންނަވާ އިރު ނެގިފައި އޮންނަ ތަނެއް ނުފެނޭ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމްގެ ވާހަކަތައް މިގޮތަށް އައީ، ސަރުކާރުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ރައްޔިތުންގެ މަޖިލިހުގައި އިތުބާރު ނެތް ކަމަށް ފާސްވެއްޖެ ނަމަ، އެ ބޭފުޅަކު މަގާމުން ވަކިވާ ގޮތަށް ކޮމިޓީން ގަވައިދަށް އިސްލާހު ގެނައުމުންނެވެ.
"އަޅުގަނޑުމެންނަށް ނޭނގޭ އަސްލު ޖޭޕީއަކީ ކޮބައިކަމެއް. އެހެންވީމަ މިކަމަށް ޖޭޕީގެ ލީޑަޝިޕްގެ ސަމާލުކަން ދެއްވަން ޖެހޭ. އެއްކޮޅުން ސަރުކާރާ ކޯލިޝަން ހަދައިގެން އަނެއް ކޮޅުން އިދިކޮޅު ފަރާތްތަކާ ކޯލިޝަން ހަދައިގެން ތިބެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ---ރޮޒެއިނާ
އެމްޑީޕީން ބުނީ ގަވައިދަށް ކޮމިޓީން ބަދަލު ގެނައިއިރު، ސުޕްރީމް ކޯޓުގެ ހުކުމްގައި ހުރި ބައިތައް ނެތް ކަމަށެވެ. އެހެންކަމުން ގަވައިދު ބަދަލުކުރަނީ ވަޒީރުންނަށް ބިރު ދައްކަން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އާންމު ކޮމިޓީން އެ އިސްލާހު ގެންނަން ފާސްކުރީ ޖޭޕީ އާއި ޕީޕީއެމް މެމްބަރުންގެ ވޯޓުންނެވެ.
އަސްލަމް ތުހުމަތުކުރެއްވި ގޮތުގައި ޖޭޕީގެ މެމްބަރުންގެ ގޮތުގައި، އެމްޑީޕީ ދެކޭ ގޮތް ނޫން އެހެން ގޮތްތައް ޕްރޮމޯޓް ކުރައްވާ މެމްބަރުން އެބަ ތިއްބެވި އެވެ. އެބޭފުޅުން ބޮޑަށް ފެންނަނީ އެމްޑީޕީގެ މެމްބަރުންގެ ބަދަލުގައި ޕީޕީއެމްގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިގެން ކަންކަން ކުރައްވާ ތަން ކަމަށާއި އެފަދަ ބޭފުޅުން ކޮމިޓީން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ޖޭޕީގެ ބައެއް މެމްބަރުން އެ ޕާޓީގެ "ތޮފި" އަޅައިގެން ޕީޕީއެމް މެމްބަރުންނާ އެކު މަސައްކަތް ކުރައްވާތީ އެކަމަށް ޖޭޕީން ސަމާލުވާން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ނޭނގޭ އަސްލު ޖޭޕީއަކީ ކޮބައި ކަމެއް. އެހެންވީމަ މިކަމަށް ޖޭޕީގެ ލީޑަޝިޕްގެ ސަމާލުކަން ދެއްވަން ޖެހޭ. އެއްކޮޅުން ސަރުކާރާ ކޯލިޝަން ހަދައިގެން އަނެއްކޮޅުން އިދިކޮޅު ފަރާތްތަކާ ކޯލިޝަން ހަދައިގެން ތިބެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ރޮޒެއިނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު
ލީޑަޝިޕުން ވަކި ބަޔަކަށް ތާއީދުކުރާތީ ގަފޫރު ކަންބޮޑުވޭ
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!
ރައީސް ކަނޑައަޅަން ވޯޓު ނަގާނެ ގޮތަކާ މެދު ބަހުސެއް
ރޮޒެއިނާގެ ޝައުގުވެރިކަން މަޖިލިހުގެ ރައީސްކަމަށް
ގަވައިދު އެކުލަވާލީ ހުކުމާ އެއްގޮތަކަށް ނޫން: އަސްލަމް
ރޮޒެއިނާ ކޮމިޓީން ވަކިވުމުން މުގައްރިރަކަށް ރިޔާޒް
ބިލްތަކުގައި ތައްގަނޑުޖެހުމުގެ ވިސްނުމެއް ނެތް: ރޮޒޭނާ
އިދިކޮޅުގެ ނުރުހުން ރިޒާއަށް، ޕީޕީއެމް ދިފާއުގައި
އެންޓި ޑިފެކްޝަނާއި އަބުރުގެ ގާނޫނު އުވާލަން ހުށަހަޅަނީ