Roadha Mihaaru
ރީ-ރަޖިސްޓްރީވާން 21،000 އަށްވުރެ ގިނަ ފޯމު

ރީ-ރަޖިސްޓްރީވާން 21،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި

03 މާޗް 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީ-ރަޖިސްޓްރީވުމަށް 21،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީ-ރަޖިސްޓްރީވުމަށް 21،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރު 21،203 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ބައެއް ރަށްރަށުން އަދި ވެސް ނުލިބޭ މަދު ފޯމުތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

ރީ-ރަޖިސްޓްރީ ވުމަށް ފަހު ވަގުތު މަޑުކުރުމުން ރޭ އިލެކްޝަންސް ސެންޓަރުގައި ވަރަށް ބޮޑު ކިއުއެއް އޮތެވެ. އެހެންވެ ދަންވަރު 2:00 ވަންދެން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ދީފައި ވެ އެވެ.

އަކްރަމް ވިދާޅުވީ ހުރިހާ ފޯމުތަކެއް ޕްރޮސެސްކުރުމަށް ފަހު ކުރިއަށް އޮތް 2-3 ދުވަސް ތެރޭގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ.

މަޖިލީހުގެ 87 ދާއިރާއަށް 395 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ވާދަކުރަނީ އަމިއްލަ ގޮތުންނެވެ.

އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ.