Roadha Mihaaru
ބަޔާން ހުށަނޭޅި މައްސަލާގައި ތަހުގީގު ފުރިހަމަކުރަނީ

މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްސަލާގައި ތަހުގީގު ފުރިހަމަ ކުރަން ޕީޖީން އަންގައިފި

14 މެއި 2019

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްސަލައިގައި އިތުރަށް ތަހުގީގު ފުރިހަމަ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްސަލައިގައި އިތުރަށް ތަހުގީގު ފުރިހަމަ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގައިފި އެވެ.

އެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނޭޅި 39 ކެންޑިޑޭޓެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އިތުރު ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭތީ އެކަންކަން ނިންމަން އިލެކްޝަންސް ކޮމިޝަނަށް މިހާރު އަންގާފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލަ އަނބުރާ ފޮނުވާލާފައި ނުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާގޮތުން ވަކި ގޮތަކަށް ކުރަން ގާނޫނުގައި ކަނޑައެޅިފައިވާ ކަމެއް އެ ނޫން ގޮތަކަށް ކޮށްފި ނަމަ، އެއީ ހަ މަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.