Roadha Mihaaru
މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް 325 ޝަކުވާ

މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް މިހާތަނަށް 325 ޝަކުވާ

20 ޖެނުއަރީ 2024

މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭ 300 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭ 300 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.

އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ އިންތިހާބުގައި 284،337 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ. އެއީ ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ މަޖިލީސް އިންތިހާބުގެ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް އިއްޔެގެ ނިޔަލަށް 325 ޝަކުވާ ލިބިފައިވާ ކަމަށެވެ.

ނަމަވެސް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މާދަމާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.