Roadha Mihaaru
ރޯމާ ބަލިކޮށް ޕޯޓޯ ކުއާޓާ އަށް

ރޯމާ ބަލިކޮށް ޕޯޓޯ ކުއާޓާ އަށް

07 މާޗް 2019

ޕޯޓޯ (މާޗް 7) – ދެ ޓީމު އެގްރިގޭޓުން އެއްވަރުވެ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާ އެކު އިޓަލީގެ އޭއެސް ރޯމާ 3-1 އިން ބަލިކޮށް ޕޯޗުގަލްގެ ޕޯޓޯ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ޕޯޓޯ (މާޗް 7) – ދެ ޓީމު އެގްރިގޭޓުން އެއްވަރުވެ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާ އެކު އިޓަލީގެ އޭއެސް ރޯމާ 3-1 އިން ބަލިކޮށް ޕޯޗުގަލްގެ ޕޯޓޯ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

މި ދެ ޓީމު ރޯމްގައި ކުޅުނު ފުރަތަމަ ލެގުން 2-1 އިން މޮޅުވީ ރޯމާ އެވެ. ދެ ލެގުގެ އެގްރިގޭޓުން ޕޯޓޯ ކުރި ހޯދީ 4-3 އިންނެވެ.

ޕޯޓޯގެ އެސްޓޭޑިއޯ ޑޮ ޑްރަގައޯގައި ކުޅުނު މެޗުގެ 26 ވަނަ މިނެޓުގައި ފްރެންސިސްކޯ ސޯރެސް ވަނީ ޕޯޓޯ އަށް ކުރި ހޯދައިދީފަ އެވެ. ރޯމާ އަށް 37 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން ކެޕްޓަން ޑެނިއަލް ޑި ރޮސީ އެވެ.

އެކަމަކު ދެ ވަނަ ހާފުގައި، 52 ވަނަ މިނެޓުގައި ޕޯޓޯގެ މޫސާ މަރޭގާ ޖެހި ލަނޑާ އެކު މެޗުގެ ލީޑު ޕޯޓޯ އަށް ލިބި އެގްރިގޭޓުން ހަމަހަމަވި އެވެ. އެގޮތުގައި އޮވެ މެޗު ނިމުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތު ހަމަވާން ކައިރިވެފައި އޮއްވާ ޕޯޓޯ އަށް ކުރި ހޯދައިދިނީ ޕެނަލްޓީއަކުން އެލެކްސް ޓެލޭސް އެވެ.

މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ކަޓުވާލައި ސެމީ ފައިނަލުގައި ވާދަކުރި ރޯމާ މި ފަހަރު ދެ ވަނަ ބުރުން ކެޓުމުން ކޯޗު ޔުސޭބިއޯ ޑި ފްރެންސެސްކޯގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އިޓާލިއަން ލީގުގެ ފަސް ވަނައިގައި އޮވެ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމުގެ ބިރު ވެސް އޮތުމާ އެކު، ޔުސޭބިއޯ މިއަދު މަގާމުން އިސްތިއުފާ ދީފާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.