އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް އަންނަ އާދިއްތަ ދުވަހު ފެށުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފި އެވެ.
08 މާޗް 2019
އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސް އަންނަ އާދިއްތަ ދުވަހު ފެށުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު މިއަދު ވިދާޅުވީ ކެންޑިޑޭޓުންގެ ބަހުސް ފަށައި ކޮންމެ ދުވަހަކު ދެ ފަހަރަށް ބަހުސް ދައްކާނެ ކަމަށެވެ. ލައިވްކޮށް ކުރިއަށް ގެންދާ ބަހުސް ނިންމައިލާނީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދީފަ އެވެ.
މި ފަހަރުގެ އާންމު އިންތިޚާބުގައި ވާދަކުރުމަށް 310 މީހެއްގެ ފޯމު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ އަމިއްލަ ގޮތުން ވާދަކުރުމަށެވެ. ޕާޓީ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން މި އިންތިޚާބަށް ނުކުންނަނީ މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ.
އަލީ ވިދާޅުވި ގޮތުގައި، ބަހުސްގައި ވާދަކުރުމަށް ހުރިހާ ކެންޑިޑޭޓުންނަށް ވަނީ ދައުވަތު ދީފަ އެވެ. އެކަމަށް ފަހި ޖަވާބެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތިޚާބަށް އެއާޓައިމް ދޫކުރާ ގޮތާއި އަގުތަކާ ގުޅޭ މައުލޫމާތު ޕާޓީތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ބަހުސްގައި ކެންޑިޑޭޓުންގެ ތައާރަފާއި ދާއިރާ އަށް ކޮށްދޭނެ ކަންތައްތަކާއި ތަސައްވުރާ ބެހޭގޮތުން ވާހަކަ ދައްކާނެ އެވެ.
ރައިވަރުގެ މައްސަލައިގައި މާފަށް އެދި ފިޔަވަޅު އަޅައިފި
ޓީވީއެމުން ކުޑަކުދިން ލައްވާ ސިޔާސީ ރައިވަރެއް!
މަޖިލީހުގެ ރައީސްގެ އިވެންޓްތައް ވެސް ހިލޭ ލައިވް!
މުސްތަފާ-ރިޔާޒްގެ ރުޅިގަނޑު ފަޅައިގެން ދިޔަ ބަހުސް
ޕީއެސްއެމުން އެންމެ ރެއަކަށް 83،000ޑޮލަރު ބޭކާރު!
ޕީއެސްއެމުން ޕީޕީއެމަށް 3 މިލިއަންގެ ހިލޭ ވަގުތު!
ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރަށް ފުރުސަތެއް ނެތް!
ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި
ޕީއެސްއެމްގެ ބޯޑު އައްޔަން ކުރުން ވެސް ރައީސަށް!
ހަލީލާއި އިކުރާމް މަގާމުންް ވަކިކުރަން ޝާޔަން އުޅުނު