01 މެއި 2020
ދައުލަތުގެ މީޑިއާ، ޓީވީއެމުން އިއްޔެ ހަވީރު ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއްގައި ކުޑަކުއްޖަކު ލައްވައި ކުރީގެ ދެ ރައީސަކަށް ފާޑުކިޔާފައިވާ ރައިވަރެއް ކިޔުއްވި މައްސަލަ ހޫނުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޓީވީއެމުން އިއްޔެ ހަވީރު ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއްގައި ކުޑަކުއްޖަކު ލައްވައި ކުރީގެ ދެ ރައީސަކަށް ފާޑުކިޔާފައިވާ ރައިވަރެއް ކިޔުއްވި މައްސަލަ ހޫނުވެއްޖެ އެވެ.
ޕްރެޒެންޓާ، ޝަމްރާ ޝަމީމް (ކުޑޫ) ހުށަހެޅި "ކުޑަ މަސައްކަތެއް" ޕްރޮގްރާމްގައި ބައިވެރިވި ކުދިން ލައްވައި ތަފާތު ރައިވަރުތައް ކިޔުއްވިއިރު އޭގެ ތެރޭގައި ހިމެނުނު ސިޔާސީ ރައިވަރުގެ މައިގަނޑު މާނައަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަރިހުން މަކަރާއި ހީލަތް ދަސްކުރައްވައިގެން ރައީސް އަބްދުﷲ ޔާމީން، މަޖިލިސް މެމްބަރުން ގަނެގެން ކުރެއްވި ކަންތައްތަކުން ސަލާމަތްވެވެން ނެތް ކަމެވެ.
ކުދިން ލައްވައި އެ ރައިވަރު ކިޔުއްވުމަކީ ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ފަދަ އަމަލެއް ކަމަށް ބުނެ ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ.
Covid19 ge biruverikan rayyithun thahammal kuramundha dhandivalhehgai adhi barakaitheri Ramazan mahehge haveerugadeegai vakin khaassakoh kudakudhinge programehga kudakujjaku lavva dhaulathge TV @tvmaldives in kuran emme rangalhukamakee meetho? Shame @broadcomMV @mmc_mv @MoGFSSmv pic.twitter.com/PtEVokbv3w
— Ahmed Shiyam (@Shiyamaldives) April 30, 2020
މެމްބަރު ޝިޔާމް ކުރެއްވި ޓްވީޓް--
ބައްޕާފުޅާއި ބޭބޭފުޅާ ބެހޭ ގޮތުން ހަދާފައިވާ އެ ރައިވަރު ޓީވީއެމުން ކުޑަކުއްޖަކު ލައްވާ ކިޔުއްވުމުން އެކަން ކުށްވެރިކޮށް ކުރެއްވި ޓްވީޓެއްގައި ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ގައްސާން މައުމޫން އެއްސެވީ ގައުމު އެއްބައިވަންތަ ކުރަންވީ ވަގުތު ފެނިގެން މިދަނީ ކޯލިޝަން މުގުރާލުމުގެ އަމަލެއްތޯ އެވެ. ދެން ފެންނާނީ ފެނަށް ވުރެ ލޭ އޮލަކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުޅިއެއްގެ ތެރެއަށް ފެނާއި ތެލާ އަޅައި ކިތަންމެ ވަރަކަށް ތެޅުވިޔަސް، ތެޅުވުން ހުއްޓާލުމުން ވަކިވާނެ،" ނުސީދާ ގޮތަކަށް ފާޑުވިދާޅުވަމުން ގައްސާން ވިދާޅުވި އެވެ.
ދެ ރައީސެއްގެ ވަނަން ދޭހަވާ ގޮތަށް، އަދި ރައީސް ޔާމީން ވެރިކަން ކުރެއްވި ކަމަށް ކިޔައި އުޅޭ ގޮތް ސިފަވާ ގޮތަށް ހަދާފައި ވާ މި ރައިވަރު ދައުލަތުގެ ޓީވީއިން ދެއްކި ކަމީ ހިތާމަހުރި ކަމެއް.#މަގޭހިޔާލު#StayHome #WashYourHands pic.twitter.com/6cs3Gv5qIL
— ޢަލީ ރަޝީދު ޢަޙްމަދު ?? (@alirasheedahmed) April 30, 2020
ޕީއެސްއެމްގެ އަމަލު ކުށްވެރިކޮށް އަމިއްލަ މީހަކު ކުރި ޓްވީޓެއް
ޕީއެންސީގެ ނައިބު ރައީސް، އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ޓްވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވައި ސުވާލުކުރެއްވީ ދައުލަތުގެ މީޑިއާއަށް ގެނައި އިސްލާއީ އެޖެންޑާއަކީ އެއީތޯ އެވެ. އަދި އެކަން ކުރި ބަޔަކު ވަޒީފާއިން ދުރުކޮށް ތަހުގީގުކުރަން ވެސް އޭނާ ގޮވާލެއްވި އެވެ.
ސިޔާސީ ޕާޓީތަކަށް ނިސްބަތް ނުވާ މިނިވަން ހިޔާލުގެ އެތައް ބަޔަކު ވެސް އަންނަނީ ޓީވީއެމްގެ އެ އަމަލު ކުށްވެރިކުރަމުންނެވެ. ހާއްސަކޮށް ކުޑަކުދިންގެ ޕްރޮގްރާމެއްގައި އެފަދަ ކަމެއް ކުރުމުން އެކަން ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ވެސް ބައެއް މީހުން ގޮވާލި އެވެ.
ދަޢުލަތުގެ މީޑިއާއިން ކުޑަކުދިން ލައްވައި މިފަދަ ބޭއަދަބީ ރައިވަރުތައް ކިޔުއްވަން ޖެއްސުމަކީ ލަދުވެތިކަމެއް.އަނެކުންނަށް އިހުތިރާމްކުރަން ތިމަންމެނަށް ނޭނގުމަކީ އަންނަންއޮތް ޖީލަށް އެކަން ވާރުތަކޮށްދޭންޖެހޭ ސަބަބެއް ނޫން."ޢަދާވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން" https://t.co/d2qDd1Zlqh
— Ismail Razeen Imran (@razeen_imran) April 30, 2020
ޕީއެސްއެމްގެ އަމަލު ކުށްވެރިކޮށް އަމިއްލަ މީހަކު ކުރި ޓްވީޓެއް
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު، "މިހާރު" އަށް ވިދާޅުވީ އެއީ އޮޅުމަކުންވީ ކަމެއް ކަމަށެވެ. ތަފްސީލް ފަހުން ހާމަކުރައްވާނެނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ދެރަކޮށްވި ކަމެއް އެއީ،" އަލީ ވިދާޅުވި އެވެ.
ރައިވަރުގެ މައްސަލައިގައި މާފަށް އެދި ފިޔަވަޅު އަޅައިފި
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު
ޕީއެސްއެމްގެ އެމްޑީ ޒީނާ މަގާމުން އިސްތިއުފާ ދެއްވައިފި
ފަލަސްތީނު ޓެލެތޯނަށް 14 މިލިއަން ރުފިޔާ
9.8 މިލިއަން ރުފިޔާ ހޯދައި ޓެލެތޯން ނިންމާލައިފި
ސިފައިންގެ ފަރާތުން ފަލަސްތީނަށް 2.1 މިލިއަން
ސްޓެލްކޯ އިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ ދީފި
ހަ ގަޑިއިރުން ޓެލެތޯންއަށް 1.8 މިލިއަން ރުފިޔާ
ޕީއެންސީ މެމްބަރުންގެ ފަރާތުން ފަލަސްތީނަށް ދެ ލައްކަ