މަނީ ލޯންޑަރިންގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަަބްދުﷲ ޔާމީނާ، އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް (އޯއެންސީއެޗްއާރު) އިން ބައްދަލުކޮށްފި އެވެ.
08 މާޗް 2019
މަނީ ލޯންޑަރިންގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަަބްދުﷲ ޔާމީނާ، އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް (އޯއެންސީއެޗްއާރު) އިން ބައްދަލުކޮށްފި އެވެ.
ރާއްޖޭގެ ހާލަތު ދެނެގަތުމަށް އައި އޯއެންސީއެޗްއާރުގެ ވަފުދުން ޔާމީނާ ބައްދަލުކުރިއިރު، އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފަ އެވެ.
އޯއެންސީއެޗްއާރުގެ ޚާއްސަ ވަފުދުން ޔާމީނާ ބައްދަލުކުރިއިރު، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުކުރި މައްސަލައިގައި ޔާމީނަށް ތާއީދުކުރާ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ޔާމީނަށް ތުހުމަތު ކުރާ މައްސަލައިގެ ޝަރީއަތް އަދިވެސް ނުފަށާއިރު، ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުކުރުމަކީ އިންސާނީ ހައްގަށް އަރައިގަތުން ކަމަށް އެ މީހުން ބުނެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އޮފީސް އޮފް ދަ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް އިން މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އަށް ފޮނުވި ވަފުދުން، ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި ވަނިކޮށް އެމަނިކުފާނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މާފުށީ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ވެސް އެ ވަފުދުން ބައްދަލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން، ގޭ ބަންދު ކޮށްފައި ހުރި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާ ވެސް އެ ވަފުދުން ބައްދަލުކުރި އެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރަން ސަރުކާރަށް އެހީތެރިވެވޭނެ ދާއިރާތައް ދެނެގަތުމަށް ވަޑައިގެންނެވި ވަފުދުން ވަނީ ސަރުކާރުގެ އިސްވެރިންނާއި މަރުގެ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ މެމްބަރުންނާ ވެސް ބައްދަލުކޮށްފަ އެވެ.
ރާއްޖެ އައި ވަފުދުގައި އިސްކޮށް ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަނަރުގެ އޮފީހުގެ އިސް ވެރިއެއް ކަމަށްވާ މޯނާ ރިޝްވާމީ އެވެ. ބައްދަލުވުންތަކަށް ވަފުދުގެ ބޭފުޅުން އިއްޔެ ވަނީ ފުރާވަޑައިގެންފަ އެވެ.
މަނީ ލޯންޑަަރިންގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޔާމީން ބަންދުކުރަން ކްރިމިނަލް ކޯޓުން މިިދިޔަ މަހުގެ 19 ވަނަ ދުވަހު އަމުރުކޮށްފައިވާއިރު އޭގެ ފަހުން ތިން ފަހަރެއްގެ މަތިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވެ އެވެ. ފަރުވާ އަށް ފަހު، އިއްޔެ ހެނދުނު އެމަނިކުފާނު ދޫކޮށްލި ނަމަވެސް ހާލު ގޯސްވެގެން އަނެއްކާ ރޭ ވަނީ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފަ އެވެ.
ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
ރޮހިންޖާ މައްސަލައިގައި ރާއްޖޭގެ ވަކީލަކަށް އަމާލް
ރާއްޖެ،އަނެއްކާވެސް އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް
އދ.ގެ ނިންމުން ސަރުކާރުން ބަލައެއްނުގަތް
ރޮހިންޖާ މީހުންނާ ބެހޭ ވޯޓެއް ނުނަގާ: ސަރުކާރު
އދ.ގެ ދާއިމީ މަންދޫބަކަށް އަލީ ނަސީރު
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
ޖަމީލުގެ މަރުގެ މައްސަލަ އެބަ ބަލަން:އެޗްއާރުސީއެމް