ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ރަޖިސްޓްރީ ކުރެވޭނީ ފްލެޓުތަކާއި ރޯހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި ކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
11 މާޗް 2019
ހުޅުމާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ރަޖިސްޓްރީ ކުރެވޭނީ ފްލެޓުތަކާއި ރޯހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި ކަމަށް ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ އަށް އެއްގަމު އުޅަނދު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލްގެ ދަށުން ގަރާޖް ނެތް ތަންތަނަށް ދެމުން ގެންދިޔަ ހުއްދަ މަޑުޖައްސާލުމަށް ފަހު އެ އުސޫލް މުރާޖާކޮށްފައިވާ ކަމަށެވެ.
އުސޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހުޅުމާލޭގެ ގޯތި، ރޯ ހައުސް އަދި ފްލެޓަކަށް އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ އެތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ ނުވަތަ ބައްޕަގެ ނަން މަތީގައި އެކަނި ކަމަށް ވެސް އެޗްޑީސީގެ އިއުލާންގައިވެ އެވެ.
ހުޅުމާލޭގެ ގޯތި، ފްލެޓް އަދި ރޯހައުސްތަކަށް ގެންނަ އުޅަނދު ހުޅުމާލެ އަށް އެތެރެކޮށް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އިއުލާންގައިވެ އެވެ. އެޗްޑީސީން ބުނި ގޮތުގައި ހުއްދަ އަށް އެދެން ބޭނުން ނަމަ، ޕޯޓަލް މެދުވެރިކޮށް ފޯމެއް ފުރަން ޖެހެ އެވެ.
އެޗްޑީސީން ބުނީ އަންނަ ބުދަ ދުވަހުން ފެށިގެން ހުއްދަ އަށް އެދި ހުށަހެޅޭނެ ކަމަށެވެ.
ގަރާޖު ނެތި ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރަން އެޗްޑީސީން ދޫކުރަމުން އައި ޕާކްކުރުމުގެ ހުއްދަ ވަގުތީ ގޮތުން މަޑުޖައްސާލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ހުޅުމާލޭގައި އުޅޭ މީހުންނަށް މީގެ ކުރިން އެޗުޑީސީން އެ ހުއްދަ ދޫކުރަނީ އުޅަނދު ގެންނަ މީހުންގެ ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެވެސް ތަނެއްގައި ޕާކްކުރެވޭ ގޮތަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދެނީ ގަރާޖެއް ހުރި ނަމަ އެވެ. އެކަމަކު ހުޅުމާލެ ކަހަލަ ޕާކިން ޒޯން ބޮޑު ތަނެއްގައި ޕާކްކުރަން ވަކި ސަރަހައްދެއް ކަނޑައެޅުމުން އެއަށް ބަލައިގެން އުޅަނދުތައް ރަޖިސްޓްރީކޮށްދެ އެވެ.
ހުޅުމާލޭ ޕާކިން ޖާގަތައް ހުސްވީ ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ހުޅުމާލޭގައި ރަޖިސްޓްރީކުރަން އެތެރެކުރި އުޅަނދުތައް ގިނަވެގެންނެވެ.
4ފުރޮޅުލީ އުޅަނދު ޕާކުކުރަން އިތުރު ޒޯނުތަކެއް
ޒޯން ބަދަލުކުރާ ވެހިކަލްތައް ޕާކުކުރާނެ ބިމެއް
ކާރުތަކަށް ހާއްސަ ޕާކިން އޭރިއާއެއް ހުޅުމާލޭގައި ހަދަނީ
ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީކުރުން މަޑުޖައްސާލައިފި
ހުޅުމާލޭގައި 1،200 ވެހިކަލްގެ ޖާގައިގެ އާ ޕާކިން ޒޯނެއް
ހުޅުމާލޭގައި ގިނަ ދުވަސްވެފައިވާ އުޅަނދުތައް ޓޯ ކުރަނީ
ބޭނުންނުކުރާ 716 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި
ހުޅުމާލޭގެ ފްލެޓުތައް ކައިރިން ސައިކަލްތައް ޓޯކުރަނީ
މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރަނީ
މުއްދަތު ހަމަވިއިރު ވެހިކަލްތަކުގެ ޒޯން ބަދަލެއް ނުވި