Roadha Mihaaru
ވޯޓު ނުދީފި ނަމަ ވެރިކަމުގެ ނިޒާމް ގަޑުބަޑުވާނެ:ނަޝީދު

އެމްޑީޕީ އަށް ވޯޓު ނުދީފި ނަމަ ވެރިކަމުގެ ނިޒާމު ގަޑުބަޑުވާނެ: ނަޝީދު

12 މާޗް 2019

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދީފި ނަމަ، ވެރިކަމުގެ ނިޒާމު ގަޑުބަޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދީފި ނަމަ، ވެރިކަމުގެ ނިޒާމު ގަޑުބަޑުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ތިމަރަފުށި ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު މުސްތަފާގެ ކެމްޕެއިން ލޯންޗު ކުރުމަށް މާލޭގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމްކުރުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ ކުރިއަރައި ތަރައްގީވެގެން ދާނީ ހެޔޮ ގޮތުގައި ވެރިކަން ކުރީމަ އެވެ. އެމްޑީޕީގެ ލޯގޯ އަށް އިޝާރާތް ކުރައްވައި، "ތިލަފަތަށް" ވޯޓު ދިނުމަކީ އެމްޑީޕީގެ ނިޒާމެއް ކަމަށާއި އެ ނޫން ގޮތަކަށް އަމަލުކުރާ ނަމަ، ވެރިކަމުގެ ނިޒާމު ގަޑުބަޑުވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވަނީ އެމްޑީޕީގެ ކުލަ އާއި ލޯގޯ ބައެއް ކެންޑިޑޭޓުން ނަކަލުކޮށް، އެކިއެކި ބަދަލުތައް ގެނެސްގެން ބޭނުން ކުރަމުންދާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި "ބައެއްގެ ނަގުލެއް" ސަންފާ އޮނަކަށް ލާފައި ބޭއްވިޔަސް ތެދެއް ނުވާނެ އެވެ.

އެމްޑީޕީއަކީ "ނުގުޑާ ފަދަ އަޒުމެއްގައި" ތިބި ބައެއް ކަމަށާއި އެ ޕާޓީގެ މެމްބަރުން ގުޑުވައިނުލެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެން ކެންޑިޑޭޓުންނަށް ފާޑުކިއުއްވަމުން ނަޝީދު ވިދާޅުވީ މަޖިލިހަށް ހޮވިގެން ކެންޑިޑޭޓުން ކޮށްދެވޭނެ ކަމެއް ރައްޔިތުން އަހަން ޖެހޭނެ ކަމަށެވެ. އެމްޑީޕީން ނުކުމެ ތިބީ އެޖެންޑާ 19 ފުރިހަމަކޮށް ރާއްޖެ ބަދަލުކުރަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުބުނަން މިއުޅެނީ ތިމަރަފުށީގައި ބަށި ކޯޓެއް އަޅާފައި، ފުޓްސަލް ދަނޑެއް އަޅާފައި ދެ ތަނުގައި ދެ ބޮކި ދިއްލާފައި. ނޫޅޭން މިއިން އެއްވެސް ކަމެއް ކުރާކަށް. އުންމީދު ކުރަން ތިމަރަފުއްޓާއި ވޭމަންޑޫ ރައްޔިތުންނަށް ތަންދޮރު އެނގޭނެ ކަމަށް. ނުވެސް ކުރުވާތީ އެއިން ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް އެނބުރި ރާއްޖެ ވަޑައިގެންނެވުނީ މުސްތަފާގެ ވަރަށް ބުރަ މަސައްކަތާއި ތިމަރަފުށީ ރައްޔިތުންގެ ވެސް މަސައްކަތުންނެވެ. އަދި އެމަނިކުފާނު ސަލާމަތް ކުރަން ކުރެއްވި މަސައްކަތުގެ އަގު ދުވަހަކު ވެސް ނުދެއްކެވޭނެ ކަމަށް ވިދާޅުވި އެވެ.