Roadha Mihaaru
"އެވެންޖާޒް: އިންޑްގޭމް" ގެ ޕޯސްޓަރަށް އިސްލާހެއް

ފާޑުކިޔުންތައް އަމާޒުވުމުން "އެވެންޖާޒް: އިންޑްގޭމް" ގެ ޕޯސްޓަރު އިސްލާހުކޮށްފި

18 މާޗް 2019

އަންނަ މަހު ރިލީޒްކުރާ "އެވެންޖާޒް" ސީރީޒްގެ އެންމެ ފަހުގެ ފިލްމު "އެންޑްގޭމް" ގެ ރަސްމީ ޕޯސްޓަރުގައި މައިގަނޑު ކާސްޓުންގެ ނަންތައް ހިމެނި އިރު، ފިލްމުގައި މުހިއްމު ރޯލެއް ކުޅެފައިވާ ކަޅު ބަތަލާ ޑާނިއާ ގްރެރާގެ ނަން ނެތުމުން އަމާޒުވި ފާޑުކިޔުންތަކަށް އިޖާބަ ދީ މާވެލް ސްޓޫޑިއޯ އިން ޕޯސްޓަރު އިސްލާހުކޮށް އަލުން ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ރިލީޒްކުރާ "އެވެންޖާޒް" ސީރީޒްގެ އެންމެ ފަހުގެ ފިލްމު "އެންޑްގޭމް" ގެ ރަސްމީ ޕޯސްޓަރުގައި މައިގަނޑު ކާސްޓުންގެ ނަންތައް ހިމެނި އިރު، ފިލްމުގައި މުހިއްމު ރޯލެއް ކުޅެފައިވާ ކަޅު ބަތަލާ ޑާނިއާ ގްރެރާގެ ނަން ނެތުމުން އަމާޒުވި ފާޑުކިޔުންތަކަށް އިޖާބަ ދީ މާވެލް ސްޓޫޑިއޯ އިން ޕޯސްޓަރު އިސްލާހުކޮށް އަލުން ދައްކާލައިފި އެވެ.

ގިނަ ބަޔަކަށް ޕޯސްޓަރު މައްސަލަކަށްވީ މައިގަނޑުގެ ކާސްޓުގެ ނަންތައް ޕޯސްޓަރުގެ މަތީގައި ހިމެނި އިރު، ފިލްމުގެ އެނިމޭޓެޑް ކެރެކްޓާ "ރޮކެޓް" އަށް އަޑު އަޅައިދިން ބްރެޑްލީ ކޫޕާގެ ނަން ހިމެނިފައި، "އިންޑްގޭމް ޕޯސްޓަރު" ގައި ޑާނިއާގެ ފޮޓޯ ހިމަނާފައި އޭނާގެ ނަން ޖަހާފައި ނެތުމުންނެވެ.

ޕޯސްޓަރުގައި ކުރިން ހިމަނާފައި ހުރި ނަންތަކަކީ ރޮބަޓް ޑައުނީ ޖޫނިއާ، ކްރިސް އިވަންސް، މާކް ރަފަލޯ، ކްރިސް ހެމްސްވޯތު، ސްކާލެޓް ޖޮހަންސަން، ޖެރެމީ ރެނާ، ޑިން ޗީޑްލް، ޕޯލް، ރުޑް، ބްރީ ލާޒަން، ކަރެން ޖިލަން، ބްރެޑްލީ ކޫޕާ، އަދި ޖޯޝް ބްރޮލިން އެވެ.

މިކަމާ ގުޅިގެން ބައެއް މީހުން ބުނީ ފިލްމުގެ ރޯލަކުން ނުފެންނަ އެކްޓަރެއްގެ ނަން ޕޯސްޓަރުގައި ހިމެނުމަކީ އިންސާފެއް ނޫން ކަމަށާއި އޭގެ ބަދަލުގައި "އޯކޮއީ" ގެ ކެރެކްޓާ އިން ފެންނަ ޑާނިއާގެ ނަން ހިމެނުން މާ ހައްގު ކަމަށެވެ.

މި ފާޑުކިޔުންތަކާ އެކު ޕޯސްޓަރަށް ގެނައި އިސްލާހުގެ ތެރެއިން ޑާނިއާގެ ނަން ޖިލަން އާއި ކޫޕާގެ ނަމުގެ ދޭތެރެ އަށް ވަނީ އިތުރުކޮށްފަ އެވެ.

މާވެލްގެ ސުޕަހީރޯތައް އެއްކޮށްހެން ފެނިގެންދާ މި ފިލްމުގައި ޑާނިއާ ތަމްސީލުކޮށްދޭ ކެރެކްޓާ "އޯކޮއީ" އަކީ މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި "ބްލެކް ޕެންތާ" ގައި އޭނާ ކުޅުނު ކެރެކްޓާ އެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 26 ގަ އެވެ.