Roadha Mihaaru
"ދަ ސަޕްރާނޯސް" ގެ ފީޗާ ފިލްމު އަންނަ އަހަރު

ކުރީގެ ސިލްސިލާ "ދަ ސަޕްރާނޯސް" ގެ ފީޗާ ފިލްމު "ނެވާކް" އަންނަ އަހަރު

18 މާޗް 2019

އެޗްބީއޯ އިން ކުރިން ގެނެސް ދިން މަޝްހޫރު ކްރައިމް ޑްރާމާ ސިލްސިލާ "ދަ ސަޕްރާނޯސް" ގެ ޕްރިކްއެލްއެއްގެ ގޮތުގައި ގެނެސްދޭ ފީޗާ ފިލްމު އަންނަ އަހަރު ރިލީޒްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޗްބީއޯ އިން ކުރިން ގެނެސް ދިން މަޝްހޫރު ކްރައިމް ޑްރާމާ ސިލްސިލާ "ދަ ސަޕްރާނޯސް" ގެ ޕްރިކްއެލްއެއްގެ ގޮތުގައި ގެނެސްދޭ ފީޗާ ފިލްމު އަންނަ އަހަރު ރިލީޒްކުރަން ނިންމައިފި އެވެ.

ވާނާ ބްރަދާޒް އިން ކުރިން "މެނީ ސެއިންޓްސް އޮފް ނެވާކް" ގެ ނަމުގައި އިއުލާން ކުރި ފިލްމު މިހާރު ހަމައެކަނި "ނެވާކް" ގެ ނަމުގައި ގެނެސްދޭ އިރު، ފިލްމު ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު، 25، 20202 ގަ އެވެ.

"ދަ ސަޕްރާނޯސް" ނިންމައިލިތާ 13 އަހަރު ފަހުން ގެނެސްދޭ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސިލްސިލާގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށްވާ ޓޯނީ ސަޕްރާނޯސްގެ ރޯލް ކުޅުނު ޖޭމްސް ގެންޑޮލްފީނީގެ ދަރިފުޅު މައިކަލް ހިމެނެ އެވެ. އޭނާ ފެނިގެން ދާނީ ބައްޕަ ކުޅުނު ކެރެކްޓާއިންނެވެ.

"ނެވާކް" ގެ އިތުރު ކާސްޓުންގެ ތެރޭގައި އެލެސެންޑްރޯ ނިވޯލާ، ވެރާ ފާމިގާ، ރޭ ލިއޮޓާ، ޖޮން ބާންތަލް، ކޯރީ ސްޓޮލް، ބިލީ މެގްނެސަން އަދި އަދި ޖޯން މަގާރޯ ހިމެނެ އެވެ. މީގެ އިތުރުން "ދަ ސަޕްރާނޯސް" ގެ ބައެއް ކާސްޓުން ވެސް ފިލްމުން ފެންނާނެ އެވެ.

"ނެވާކް" ސްކްރީންޕްލޭ "ދަ ސަޕްރާނޯސް" ގެ މޭސްތިރިޔާ ޑޭވިޑް ޗޭޒް އާއި ލޮރެންސް ކޮނާ ލިޔެފައިވާ އިރު، ފިލްމުގެ ޑައިރެކްޓަރަކީ "ދަ ސަޕްރާނޯސް" ގެ އެޕިސޯޑްތަކެއް ވެސް ޑައިރެކްޓްކޮށްފައިވާ އަދި 2013 ގައި ރިލީޒް ކުރި "ތޯ: ދަ ޑާކް ވޯލްޑް" ގެ ޑައިރެކްޓަރު އެލަން ޓޭލާ، 54، އެވެ.

އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2015 ގެ "ޓާމިނޭޓާ ޖެނެސިސް" އެވެ.

"The Sopranos" bodu screen ah gennany

"The Sopranos" bodu screen ah gennany

The most trusted news source in the Maldives

Mihaaru

"ދަ ސެޕްރާނޯސް" ގެ ފީޗާ އިއުލާން ކުރީ މިދިޔަ އަހަރު.

ހަ ސީޒަނަކަށް 1999-2007 އަށް ގެނެސް ދިން "ދަ ސަޕްރާނޯސް" ގެ 86 އެޕިސޯޑް ބެލުންތެރިންނަށް ގެނެސް ދީފައިވެ އެވެ. މީގެ ޕްރިކްއެލްއެއްގެ ގޮތުގައި ގެނެސްދޭ ފީޗާ ފިލްމު "ނެވާކް" ގައި 1976 ގެ ޖުލައި މަހުގެ ތެރޭގައި ނެވާކް ސިޓީގައި ހިނގާ ހަމަނުޖެހުންގަނޑެއް ދައްކުވައި ދޭނެ އެވެ.