Roadha Mihaaru
މުޣުނީ އަށް ކުރި ތާއީދު ގެންދިއުމުން މުޒާހަރާ ކޮށްފި

މުޣުނީ އަށް ކުރި ތާއީދު އަނބުރާ ގެންދިއުމުން ތިނަދޫގައި މުޒާހަރާކޮށްފި

19 މާޗް 2019

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އަބްދުލް މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކުރެވޭތީ، އެ ޕާޓީން އޭނާ އަށް ކުރި ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެން އެ ނިންމުމާ ދެކޮޅަށް އެ ރަށުގައި އިއްޔެ މުޒާހަރާ ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ މަހު ބާއްވާ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ގދ. ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވާ އަބްދުލް މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކުރެވޭތީ، އެ ޕާޓީން އޭނާ އަށް ކުރި ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެން އެ ނިންމުމާ ދެކޮޅަށް އެ ރަށުގައި އިއްޔެ މުޒާހަރާ ކޮށްފި އެވެ.

މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވޭތީ އޭނާ އަށް އެމްޑީޕީން ކުރި ތާއީދު ގެންދިޔައީ އިއްޔެ އެވެ. އެ ޕާޓީން ބުނީ މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި ޕާޓީގެ އެއްވެސް ބޭފުޅަކު ދެން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު، އޭނާގެ ނަން ނުނަގާ ނަމަ ވާދަކުރާނީ އެމްޑީޕީގެ ޓިކެޓުގައި ކަމަށް އެމްޑީޕީން ބުންޏެވެ.

އެކަމުގެ ދިފާއުގައި ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ ސޯޝަލް މީޑިއާގައި މީހަކު ކުރި ޓުވީޓަކަށް ހަމައެކަނި ބަލައި، ސުވާލެއް ވެސް ކުރުމެއް ނެތި އެމްޑީޕީގެ ތާއީދު އަނބުރާ ގެންދިއުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ނަން ނެގުމުގެ ވިސްނުމެއް ނެތް އޭނާގެ ނެތެވެ.

މުޣުނީގެ ސަޕޯޓަރުން މުޒާހަރާއަށް ތައްޔާރުވުމަށް ލިޔުންތައް ތައްޔާރުކުރަނީ

މުޣުނީގެ ސަޕޯޓަރުން މުޒާހަރާއަށް ތައްޔާރުވުމަށް ލިޔުންތައް ތައްޔާރުކުރަނީ

އެމްޑީޕީގެ މި އަމަލު ކުށްވެރިކޮށް، ތިނަދޫގައި ތިބި މުޣްނީގެ ސަޕޯޓަރުން އިއްޔެ ހަވީރު މުޒާހަރާ ކުރީ އެއީ ބޭއިންސާފުވެރި ނިންމުމެއް ކަމަށް ބުނަމުންނެވެ. އަދި އެމްޑީޕީން އެގޮތަށް އަމަލު ކުރީ އޭނާއާ ޒާތީވެ، އިންތިޚާބުން އޭނާ ފެއިލްކޮށްލުމަށް ކަމަށް ބައެއް މީހުން ބުންޏެވެ.

"އެމްޑީޕީގެ ލީޑާޝިޕުން މުޣުނީ ފަހަތަށް ޖައްސާލި ނަމަވެސް އަހަރެމެން މިތިބީ އޭނާއާ އެކުގައި. އިރާދަކުރެއްވިއްޔާ މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" މުޒާހަރާގައި ބައިވެރިވި މީހަކު ބުންޏެވެ.

އެމްޑީޕީ ތިނަދޫ ހަރުގެ ކުރިމަތީގައި ކުރި އެ މުޒާހަރާގައި، މަހިބަދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން ނެގުމުން އެކަމަށް ވެސް ފާޑުކިޔާފައި ވެ އެވެ.

"މިއީ މަހިބަދޫއެއް ނޫން. މިއީ ހަވަރު ތިނަދޫ. ބޭނުން އެއްޗެއް ނުހެދޭނެ،" މުޣުނީގެ ސަޕޯޓަރަކު ހިފަހައްޓައިގެން ހުރި ބޯޑެއްގައި ލިޔެފައި ވެ އެވެ.

އެމްޑީޕީގެ މި އަމަލު ކުށްވެރިކޮށް، އެ ޕާޓީގެ ތިނަދޫ އުތުރު ދާއިރާ އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީހަކު ކުރި ޓްވީޓަކާ ގުޅިގެން، އެއްވެސް ހެއްކެއް ގަރީނާއެއް އަދި ދާއިރާގެ ބަހެއް ނެތި އެ ފަދަ ނިންމުމެއް ނުނިންމޭނެ ކަމަށެވެ. އަދި އެމްޑީޕީ އަކީ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާ ޕާޓީއަކަށް ވާއިރު، ހައްދުން ބޭރުވެ، ޕާޓީގެ ލީޑާޝިޕްގެ ވަކި ބަޔަކަށް މި ފަދަ ކަމެއް ނިންމޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބަޔާނުގައި ވެ އެވެ.

އަދި މުޣުނީ އަށް ތާއީދު ނުކުރަން ނިންމި ނިންމުން އަލުން އިއާދަކޮށް، ޕާޓީގެ ދާއިރާގެ ހުރިހާ ވަސީލަތްތަކާއި ގުނަވަންތައް ބޭނުންކޮށްގެން އިންތިޚާބު އޭނާއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރުމަށް އެ ދާއިރާގެ އިސްވެރިން ވަނީ އިގުރާރުވެފަ އެވެ.

މުޣުނީގެ ކުރީގެ އަންހެނުންނަށް ގެވެށި އަނިޔާކުރި ކަމުގެ މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި ބަޔަކު އެ ވާހަކަ ފެތުރުމުންނެވެ.

މުޣުނީ ވިދާޅުވީ އޭނާގެ މައްޗަށް އެ ފަދަ ތުހުމަތެއް ކުރުމުން އެކަން ބެލޭނެ ގުނަވަންތައް ޕާޓީގައި އެބަހުރި ކަމަށާއި އެކަމަކު އެއްވެސް ސުވާލެއް ކުރުމެއް ނެތި އޭނާގެ މައްޗަށް ފިޔަވަޅު އެޅުމުން ހިތާމަކުރައްވާ ކަމަށެވެ.

އެމްޑީޕީން މުޣުނީއަށް ކުރި ތާއީދު ގެންދިޔުމުން އޭނާގެ ސަޕޯޓަރުން އިއްޔެ ހަވީރު މުޒާހަރާ ކުރަނީ

އެމްޑީޕީން މުޣުނީއަށް ކުރި ތާއީދު ގެންދިޔުމުން އޭނާގެ ސަޕޯޓަރުން އިއްޔެ ހަވީރު މުޒާހަރާ ކުރަނީ

"މީހަކު ސޯޝަލް މީޑިއާގައި ކޮށްލާ ޓްވީޓަކަށް އަޅުގަނޑުގެ ބަހެއް ނެތި، އެމްޑީޕީ ކަހަލަ ތަސައްރަފު ފުދިފައިވާ ޕާޓީ އަކުން މިފަދަ ފިޔަވަޅެއް އެޅުމުން ހިތާމަ ކުރަން،" މީގެ 11 އަހަރު ކުރިން ކައިވެނި ބައްލަވައިގެން އުޅުއްވި އަންހެނުންނާ ބެހޭ ގޮތުން ކުރި ޓްވީޓަކާ ގުޅޭ ގޮތުން އެޅި ފިޔަވާ ދޭތެރޭ އޭނާ ވިދާޅުވި އެވެ.

މުޣުނީއާ އެކު ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު އެ ދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ އިކްލީލް އާދަމެވެ. އެމްޑީޕީގެ ނިންމުމަށް މައުމޫން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.