Roadha Mihaaru
"ޕޮގްބާ ޔުނައިޓެޑާ ގުޅުނީ ރެއާލަށް ނޫނެކޭ ބުނެފައި"

ޕޮގްބާ ޔުނައިޓެޑާ ގުޅުނީ ރެއާލަށް ނޫނެކޭ ބުނެފައި: އޭޖެންޓް

29 އޯގަސްޓް 2016

މެންޗެސްޓާ (އޮގަސްޓް 29) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ ރެއާލް މެޑްރިޑަށް ނޫނެކޭ ބުނެފައި ކަމަށް އޭނާގެ އެޖެންޓް މިނޯ ރަޔޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮގަސްޓް 29) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ ރެއާލް މެޑްރިޑަށް ނޫނެކޭ ބުނެފައި ކަމަށް އޭނާގެ އެޖެންޓް މިނޯ ރަޔޯލާ ބުނެފި އެވެ.

ޔުނައިޓެޑުން ފުރުސަތު ނުދޭތީ 2012 ވަނަ އަހަރު ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ވަނީ ކުރިއެރުންތަކެއް ހޯދައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އުމުރުން 23 އަހަރުގެ ޕޮގްބާ ހޯދަން ގިނަ ކްލަބްތަކުން ފާއިތުވި އަހަރުތަކުގައި މަސައްކަތްކުރިއިރު، އޭނާ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑަށް ބަދަލުވީ 89 މިލިއަން ޕައުންޑަށެވެ. މިއީ ދުނިޔޭގެ ރެކޯޑް އަގެކެވެ.

ޕޮގްބާގެ އެޖެންޓް ރަޔޯލާ ބުނީ ރެއާލްގެ ކޯޗު ޒިދާން ޕޮގްބާ ގެންދަން ވަރަށް މަސައްކަތްކުރި ކަމަށެވެ.

"ޕޮގްބާ ރެއާލަށް ގެންދަން ޒިދާން ވަރަށް ބޭނުންވި. އިތުރު ހަ ވަރަކަށް ކްލަބަކުން ވެސް ޕޮގްބާ ހޯދަން އުޅުނު. އެކަމަކު އެ ހުރިހާ ކްލަބެއްގެ ހުށަހެޅުމަށް ޕޮގްބާ ފުރަގަސްދިނީ ޔުނައިޓެޑަށް ބަދަލުވަން ބޭނުންވާތީ. ޕޮގްބާއާ އެކު ޔުނައިޓެޑް ވަނީ ވަރުގަދަވެފައި،" ރަޔޯލާ ބުންޏެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ޕޮގްބާއާ ޓްރާންސްފާގެ ކަމަކާ ގުޅޭގޮތުން ވާހަކަ ނުދައްކާ ކަމަށް ރަޔޯލާ ބުންޏެވެ.

"ޔޫރޯ ކުރިއަށްދިޔަ ދުވަސްވަރު އަހަރެން ޕޮގްބާއާ ޓްރާންސްފާގެ ވާހަކަ ނުދައްކަން. އަހަރެން އޭނާއާ ވާހަކަ ދެއްކީ ޔޫރޯ ނިންމާފައި. އޭނާ ޗުއްޓީ އަށް ގޮސްފައި އައި ފަހުން،" ރަޔޯލާ ބުންޏެވެ.

އޭނާ ބުނީ މިދިޔަ ސީޒަނުގައި ހޯސޭ މޮރީނިއޯ ޗެލްސީގައި ހުރިއިރު ޕޮގްބާ ގެންދަން މަޝްވަރާކުރި ކަމަށާއި އެހެން ނަމަވެސް އެ ވަގުތު އެހެން ކްލަބަކަށް ބަދަލުވާން ޕޮގްބާ ބޭނުންނުވީ ކަމަށެވެ.