Roadha Mihaaru
ޒާތީ މައުލޫމާތު ހިމެނޭ އެޕްގެ މައްސަލަ ކޯޓަށް

ޒާތީ މައުލޫމާތު ހިމެނޭ އެޕްލިކޭޝަންގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

19 މާޗް 2019

އާންމުންގެ ޒާތީ މައުލޫމާތު ހިމެނޭ އެޕެއް ވިއްކަމުންދާތީ އެކަން ހުއްޓުވައި ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އާންމުންގެ ޒާތީ މައުލޫމާތު ހިމެނޭ އެޕެއް ވިއްކަމުންދާތީ އެކަން ހުއްޓުވައި ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް، އާންމުންގެ މައުލޫމާތު ހިމެނޭ އެޕެއް ކެންޑިޑޭޓުންނަށް ވިއްކަމުންދާ މައްސަލަ ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. "ހަކުޅި" ގެ ނަމުގައި އުފައްދާފައިވާ އެ އެޕްގައި ގިނަ ބައެއްގެ މައުލޫމާތު ހިމެނެ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ އާންމުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) އިންނެވެ. އެ މައްސަލާގައި އެދިފައިވަނީ އާންމުންގެ ހުއްދަ ނެތި ޒާތީ މައުލޫމާތު ވިއްކައި، ބޭނުންކުރުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އާންމުގެ ޒާތީ މައުލޫމާތު ވިއްކުމާއި ބޭނުންކުރުން ހުއްޓާލުމަށް އަމުރުކޮށްދިނުމަށެވެ.

މީގެ އިތުރުން އެ މައްސަލަ ނިމެންދެން، ޒާތީ މައުލޫމާތު ބޭނުންކުރުމާއި ވިއްކުން ހުއްޓުވައި ދިނުމުގެ އަމުރަކަށް ވެސް އެދިފައިވެ އެވެ.

ޕީއައިއެލްސީ އިން އެ މައްސަލާގައި ދައުވާކުރީ އެޕް ހަދައިގެން އުޅޭ ކަމަށް ބުނާ އަބްދުﷲ ޝުހޫދާއި ޑީއާރުޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އަބްދުﷲ އަބްދުއްރަހީމާ ދެކޮޅަށެވެ. ޝުހޫދާއި އަބްދުއްރަހީމަކީ އެ އެޕާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ބޭފުޅުން ކަމަށް ޕީއައިއެލްސީ އިން ނެރުނު ބަޔާނެއްގައިވެ އެވެ.

ޒާތީ މައުލޫމާތު ހިމެނޭ އެޕެއް ވިއްކައި، ބޭނުން ކުރާ މައްސަލަ ފެންމަތިވުމާ އެކު ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. އެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.