Roadha Mihaaru
އާގިލް އާއި ޝައްފާންގެ މަރަކީ ބަދަލު ހިފުމެއް:ފުލުހުން

އާގިލް އާއި ޝައްފާންގެ މަރަކީ ބަދަލު ހިފުމެއް: ފުލުހުން

21 މާޗް 2019

އެމްއެމްއޭ ކައިރީގައި ހަމަލާދީ މަރާލި އިބްރާހިމް އާގިލް އާއި އޮޓޯ ގަރާޖު ކައިރީގައި މަރާލި އިސްމާއިލް ޝައްފާންގެ މަރަކީ ބަދަލު ހިފުމުގެ މަރުތަކެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމްއެމްއޭ ކައިރީގައި ހަމަލާދީ މަރާލި އިބްރާހިމް އާގިލް އާއި އޮޓޯ ގަރާޖު ކައިރީގައި މަރާލި އިސްމާއިލް ޝައްފާންގެ މަރަކީ ބަދަލު ހިފުމުގެ މަރުތަކެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން އުމުރުން 18 އަހަރުގެ އާގިލް މަރާލީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އުމުރުން 14 އަހަރުގެ ޝައްފާން މަރާލީ، އޭގެ ދެ މަސް ފަހުން އޮކްޓޯބަރު 11 ވަނަ ދުވަހު އެވެ. އެ ދެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ދެ މަރަކީ ވެސް އެ ދުވަސްވަރު މާލޭގައި ހިނގި ގުރޫޕު މާރާމާރީތަކުގެ ތެރެއިން ބަދަލު ހިފުމުގެ ރޫހެއްގައި ހިނގި ދެ މާރާމާރީ ކަމަށެވެ. ޝައްފާނާއި އާގިލްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް ވެސް ސާމިހް ވިދާޅުވި އެވެ.

އެގޮތުން އާގިލްގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ ސ. ހިތަދު، ސްވޭހޫހީނާގެ އަލީ މިޖުވާދާއި ލ. ފޮނަދު، ހިޔާ، ހަމްދޫން ހަމްޒަތު އަދި ހއ. ދިއްދޫ، ސްނޯބާޑް އިބްރާހިމް ބިޝާމެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ވެސް ސާމިހް ވިދާޅުވި އެވެ.

ޝައްފާންގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު އާއި ސ. މަރަދޫ، މޫންލައިޓް ގްލޯރީ، ހަސަން ނަބާހު، ސ. ހިތަދޫ ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމް އެވެ. މި ހަތަރު މީހުންނަކީ ވެސް މަސްތުވާތަކެއްޗާއި ވައްކަން އަދި ފޭރުމާއި މާރަމާރީގެ ކުށުގެ ރެކޯޑު އޮންނަ ހަތަރު މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައްފާންގެ މަރުގެ މައްސަލަ ނިމެންދެން އެމީހުން ތިބީ ބަންދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 19 އަހަރާއި 27 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.