Roadha Mihaaru
ޒިޔާދާގެ މަރުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަނީ

ޒިޔާދާގެ މަރުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރަން ނިންމައިފި

24 މާޗް 2019

ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ނިިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ނިިންމައިފި އެވެ.

މީގެ ތިން އަހަރު ކުރިން 2015 ގައި ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑް ގެންގުޅުމުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ ނިންމައިފަ އެވެ.

އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާ ނުލައި ސިއްރުން ކަމަށްވާތީ އެ ހުކުމުގެ ތަފްސީލެއް ނުލިބެ އެވެ. ގާނޫނު އަސާސީ ބުނާގޮތުން އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތު ރައްކާތެރި ކުރުމަށްޓަކައި ޝަރީއަތެއް ނުވަތަ ޝަރީއަތުން ބައެއް ސިއްރު ކޮށްގެން ކުރިއަށް ގެންދެވިދާނެ އެވެ.