Roadha Mihaaru
ހޮޓެލް އޭޝިއާ ފެއާ 175 ބައިވެރިންނާއެކު ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު 175 ބައިވެރިވެރިންނާ އެކު ފަށައިފި

18 ސެޕްޓެމްބަރ 2017

ކެއްކުމުގެ ހުނަރު ދައްކާލުމުގެ ބޮޑު މުބާރާތެއް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" 175 ބައިވެރިވެރިންނާ އެކު މިއަދު ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކެއްކުމުގެ ހުނަރު ދައްކާލުމުގެ ބޮޑު މުބާރާތެއް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" 175 ބައިވެރިވެރިންނާ އެކު މިއަދު ފަށައިފި އެވެ.

ޓޫރިޒަމް އިންޑަސްޓްރީ އަށް އަމާޒުކޮށްގެން ދަރުބާރުގޭގައި ކުރިޔަށް ގެންދާ މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ 13 އަހަރު އެ މައުރަޒު ކުރިޔަށް ގެންގޮސްފައި ވަނީ ވަރަށް ކާމިޔާބުކަމާ އެކު ކަމަށެވެ.

ކެއްކުމުގެ ހުނަރު ދައްކާލުމުގެ ބޮޑު މުބާރާތެއް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒު ހުޅުވައިދެއްވުމަށްފަހު ފިނޭންސް މިނިސްޓަރު މުނައްވަރު ސްޓޯލްތައް ބައްލަވާލައްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

"މި މައުރަޒަކީ މިހާރު ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ފުރިހަމަ މައުރަޒު. މި މައުރަޒަށް ޓޫރިޒަމް ދާއިރާގެ އެކި ފަރާތްތަކުން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑަށް އިންތިޒާރުކުރޭ،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ސީދާ ގޮތުގައި އިގްތިސާދަށް 30 ޕަސެންޓް ލިބޭއިރު ނުސީދާ ގޮތުން އެ އިންޑަސްޓްރީން ލިބޭ ފައިދާ 80 ޕަސެންޓަށް އަރާނެ ކަމަށެވެ.

"މިއިން ދައްކައިދެނީ ޓޫރިޒަމް އިންޑަސްޓްރީއަކީ އަޅުގަނޑުމެންނަށް ކިހާ މުހިންމު އިންޑަސްޓްރީއެއްކަން. މީގެ ސަބަބުން އަޅުގަނޑުމެންނަށް ވަޒީފާ އާއި ބޭރު ފައިސާ އޭގެ އިތުރުން ދައުލަތަށް ވަރަށް ބޮޑު އާމްދަނީއެއް ވެސް ލިބޭ،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ވެސް ދައުލަތަށް ޓީ ޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

"މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަތް ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފައި. އަޅުގަނޑުމެން އުއްމީދުކުރަނީ މި އަހަރުގެ ނިޔަލަށް 1.3 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކެއްކުމުގެ ހުނަރު ދައްކާލުމުގެ ބޮޑު މުބާރާތެއް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒުގެ ސްޓޯލެއް. ފޮޓޯ: ނިޝާން އަލީ /މިހާރު

ކެއްކުމުގެ ހުނަރު ދައްކާލުމުގެ ބޮޑު މުބާރާތެއް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒުގެ ސްޓޯލެއް. ފޮޓޯ: ނިޝާން އަލީ /މިހާރު

ފިނޭންސް މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބަލާއިރު ޔޫރަޕުން އައި ޓޫރިސްޓުންގެ އަދަދު ދެ އަކުރުގެ އަދަދަކުން އިތުރުވެފައިވާ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ ޒަމާންވީ ޓޫރިޒަމް މާކެޓް އެނބުރި އަންނަކަމުގެ ނިޝާނެއް މިއީ،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރާ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށާއި މި އަހަރުގެ މިހާތަނަށް އާ ދިހަ ރިސޯޓު ހުޅުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބާލައިރު މި އަހަރުގެ މިހާތަނަށް ވަނީ އިތުރު ދިހަ ރިސޯޓު އަލަށް ހުޅުވާފައި. އަދި އިތުރު ރިސޯޓުތަކެއް ވެސް ހުޅުވުމުގެ މަސައްކަތް ދަނީ ކުރަމުން. ޓޫރިޒަމް އިންޑަސްޓްރީ އަންނަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަމުން،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މި އަހަރު 4-5 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އޭޝިއާގެ މުހިންމު މާކެޓްތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ކެއްކުމުގެ ހުނަރު ދައްކާލުމުގެ ބޮޑު މުބާރާތެއް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒުގެ ސްޓޯލެއް. ފޮޓޯ: ނިޝާން އަލީ /މިހާރު

ކެއްކުމުގެ ހުނަރު ދައްކާލުމުގެ ބޮޑު މުބާރާތެއް ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ މައުރަޒުގެ ސްޓޯލެއް. ފޮޓޯ: ނިޝާން އަލީ /މިހާރު

މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މައުރަޒުގައި ބައިވެރިން ދައްކާ އުފެއްދުންތަކުގެ ތެރޭގައި ތަފާތު ގިނަ އަދަދެއްގެ ހޮޓެލް ސަޕްލައި އާއި ޒަމާނީ ސެކިއުރިޓީ ސިސްޓަމާއި ސޮފްޓްވެއާ ސިސްޓަމް، ކުނި ނައްތާލުމުގެ ނިޒާމް، ސްވިމިން ޕޫލްގެ ސާމާނު، ބޭރުގައި ބޭނުންކުރާ ފަރުނީޗަރު، ލޭންޑް ސްކޭޕިންއަށް ބޭނުންވާ ސާމާނު، ބަގީޗާ ހައްދަން ބޭނުންކުރާ ސާމާނު، އިމާރާތް ޑިޒައިންކުރުން، ސާފު ތާހިރުކޮށް ކާބޯތަކެތި ގެންގުޅުމާއި ކޭޓަރިން، އެއާ ކޮންޑިޝަނަ، ލޯންޑްރީ، ރޫމް ޓެކްނޮލޮޖީ، އާއި ކެއުމަށް ބޭނުންކުރާ އެކި ބާވަތްތައް އުފައްދާ އަދި ވިއްކާ ފަރާތްތައް ހިމެނެ އެވެ.

އެ މައުރަޒު އިންތިޒާމްކުރާ މޯލްޑިވްސް އެކްސިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބުނީ މައުރަޒުގައި ބައިވެރިވުމާށާއި ހުޅުވުމުގެ ހަފުލާއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް އައިސްފައިވާ ކަމަށެވެ. އަދި މައުރަޒާ ދިމާކޮށް، ބައިވެރިވާން އަންނަ މީހުންގެ އަދަދު އިތުރުވުމުން މާލޭގެ ހުރިހާ ހޮޓާތަކެއްހެން ފުރިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މެކްސް އިން ބުނީ އެ މައުރަޒުގެ އެންމެ ބޮޑު އެއް މަގުސަދަކީ ހޮސްޕިޓަލިޓީގެ ހިދުމަތްދޭ ފަރާތްތަކާއި ސަޕްލައިކުރާ ފަރާތްތައް އަދި ޖަމާއަތުގެ މެދުގައި ދުޅަހެޔޮ ގުޅުމެއް ބަދަހިކުރުން ކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މައުރަޒުގައި ކެއްކުމުގެ މުބާރާތާ ގުޅިގެން ވަރަށް ގިނަ މަހާސިންތާ ބާއްވައި މާސްޓާ ކްލާސްތަކެއް ތައާރަފްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.