Roadha Mihaaru
ޒިޔާދާގެ މަރުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ޒިޔާދާގެ މަރުގެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހަޅައިފި

08 އެޕްރީލް 2019

ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި، އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި، އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މީގެ ތިން އަހަރު ކުރިން 2015 ގައި ޒިޔާދާ މަރުވި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުނުވާ ކަމަށް މިދިޔަ މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ މިއަދު ކަމަށާއި ހަތަރު ދައުވާ ސާބިތުނުވާ ކަމަށް ކުރި ހުކުމް ވެސް އިސްތިއުނާފް ކޮށްފައިވާނެ ކަމަށެވެ.

ޝާހުގެ މައްޗަށް ކުށް ސާބިތުނުވުމާ އެކު ގިނަ ފާޑުކިޔުންތަކެއް އޭރު އަމާޒުވި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭރު ބުނެފައި ވަނީ އެ ދައުވާތައް ސާބިތުނުވާ ކަމަށް ހުކުމްކުރީ ދައުލަތުން ހުށަހެޅި ގިނަ ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.