މާލޭގެ ތަރިކަ އަށް ސަރުކާރުން އަޅާނުލާ ކަމަށް ބުނެ އެކަމާ ޔޫރަޕްގެ އިއްތިހާދު (އީޔޫ)ން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
24 އޯގަސްޓް 2016
މާލޭގެ ތަރިކަ އަށް ސަރުކާރުން އަޅާނުލާ ކަމަށް ބުނެ އެކަމާ ޔޫރަޕްގެ އިއްތިހާދު (އީޔޫ)ން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
"[މިކަމާ ގުޅޭ ގޮތުން] ދިވެހިންގެ ބަސް އިއްވުން މުހިއްމު،" އީޔޫން ރާއްޖެ އަށް ކަނޑައަޅާފައިވާ މިޝަނުން ކުރި ޓުވީޓެއްގައިވެ އެވެ.
Tragic to hear about the disregard for Male's heritage - important that Maldivians make their voices heard. https://t.co/yDMtNQu8S5
— EU to the Maldives (@EU_Maldives) August 24, 2016
އީޔޫގެ ޓުވީޓު.
އީޔޫން އެ ގޮތަށް ބުނީ ހެރިޓޭޖް ޑިޕާޓްމެންޓާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓަރުގެ ކުރީގެ ނައިބު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓަކާ ހަވާލާދީ އެވެ. މިދިޔަ އޭޕްރީލް މަހު ޔުމްނާ އިސްތިއުފާ ދެއްވީ މާލޭގައި ހުރި ތާރީހީ ކަޅުވަކަރު މިސްކިތް އެ ތަނުން ނެގި މައްސަލައިގަ އެވެ.
ސަލްޓަން ޕާކުގައި ހުރި އެ މިސްކިތް ފުރަތަމަ ބަދަލުކުރަން ވާހަކަ ދެއްކީ ހުޅުމާލެ އަށެވެ. އެކަމަކު ފަހުން ނިންމީ އެ މިސްކިތް ގދ. ތިނަދު އަށް ބަދަލުކުރާށެވެ. އެ މިސްކިތް ރޫޅާލައި ތިނަދޫ އަށް ގެންދަން މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ.
ކަޅުވަކަރު މިސްކިތް ބިނާކުރެއްވީ ރާއްޖޭގައި ރަސްކަން ކުރެއްވި ސުލްތޯން ހަސަން ނޫރައްދީން އެވެ. އެ މިސްކިތް ފުރަތަމަ ހުރީ ހީނާމާގޭ ޕާކިންއާ ޖެހިގެންނެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް މާލޭން ބޭރަށް ގެންދިޔަ އެވެ. އެކަމަކު ނާސިރުގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މިސްކިތް އަލުން މާލެ ގެނެސް ސަލްޓަން ޕާކްގައި ބެހެއްޓި އެވެ. އަދި އެ މިސްކިތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު މަރާމާތު ކުރި އެވެ.
ކަޅުވަކަރު މިސްކިތް ތިނަދު އަށް ބަދަލުކުރާތީ އާއްްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހަޅުއްވަން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް ވަނީ ނިންމަވާފަ އެވެ.
މީގެ އިތުރުން، މާލޭ ހުކުރު މިސްކިތުގެ މުންނާރު އެހެން ތަނަކަށް ބަދަލުކުރަން އުޅޭ ކަމަށް ވެސް މި ފަހުން އަޑު ފެތުރުނެވެ. އެކަމަކު، ހެރިޖޭޓް ޑިޕާޓްމެންޓުން ވަނީ އެ ވާހަކަ މިއަދު ދޮގުކޮށްފަ އެވެ.
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި
ކަޅުވަކަރު މިސްކިތް ބަހައްޓާނެ ބަޔަކު ހޯދަނީ
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
ކަޅުއޮށްފުންމި ބަހައްޓަން ކަޅުވަކަރު މިސްކިތް ބަންދު
ގައުމިއްޔަތު ދިރުވަން އިތުރު ތިން އިދާރާ އުފައްދަނީ
ވިސާ ނުނަގައި ޔޫރަޕަށް ދެވޭނެ މަގު ފަހިވަނީ
ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޭން އީޔޫގައި އެދިއްޖެ
މަހުން ނަގާ ޑިއުޓީ ކަނޑަން ޔޫރަޕްގެ ހުށަހެޅުމެއް
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއަރުވަން ޔޮޓު ރެލީއެއް
ސަގާފީ ޓޫރިޒަމަށް ވިސްނަން ރައީސް އެދިވަޑައިގެންފި