މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބާ ގުޅުވައިގެން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ 20 މައްސަލައެއް ހުށަހަޅާފައިވާއިރު، މިހާތަނަށް ނިންމި ފަސް މައްސަލައިގައި ވެސް ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިއަދު ބުނެފި އެވެ.
10 އެޕްރީލް 2019
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބާ ގުޅުވައިގެން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ 20 މައްސަލައެއް ހުށަހަޅާފައިވާއިރު، މިހާތަނަށް ނިންމި ފަސް މައްސަލައިގައި ވެސް ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިއަދު ބުނެފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒު ރަޝީދު "މިހާރު" އަށް ވިދާޅުވީ އިންތިޚާބުގެ ތެރޭގައި ރިޝްވަތު ދިން ކަމަށް ބުނާ 11 މައްސަލައެއް މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކެއްގެ ތަހުގީގު ވަނީ ނިމިފައި ކަމަށާއިި ވަރަށް އަވަހަށް ތަފްސީލް ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައްސަލައިގެ ގޮތުގައި ގިނައިން ހުށަހަޅާފައި ހުރީ ތާއީދު ހޯދުމަށް އެއްޗެހި ދިނުމާއި މުބާރާތް ބާއްވައި ދިނުމާއި ޖަމިއްޔާތަކަށް އެއްޗެތި ދިނުން ފަދަ ކަންކަން،" މުއައްވިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުރީގެ އިންތިޚާބުތަކުގައި އެންމެ ގިނައިން ހުށަހަޅަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިން ކުރުން ކަމަށް ވިޔަސް މި ފަހަރު އެފަދަ އެއްވެސް މައްސަލައެއް އަދި ހުށަހަޅާފައި ނެތް ކަމަށެވެ.
ރިޝްވަތު ދޭ ކަމުގެ ތުހުމަތުގައި އިންތިޚާބުގެ ކުރިން ވެސް އޭސީސީއަށް ވަނީ ބައެއް ކެންޑިޑޭޓުން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
މަޖިލިސް އިންތިޚާބު، ސާފު އަޣުލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން 65 ގޮނޑި ކާމިޔާބު ކުރި އެވެ. ދެން އެންމެ ގިނަ ގޮނޑި ނެގި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ވަނީ ކޮންމެ ޕާޓީ އަކަށް ފަސް ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ކޮންގްރެސް ޕާޓީން ތިން ދާއިރާ ކާމިޔާބު ކުރިއިރު އެމްޑީއޭން ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން ކާމިޔާބުވީ ހަތް ބޭފުޅަކަށެވެ.
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
އިންތިހާބީ ރިޝްވަތުގެ 16 މައްސަލައެއް ނިންމައިފި
ރިޝްވަތު ބެހުން ހުއްޓުވައި ދިނުމަށް އޭސީސީން ފުލުހަށް
ރިޝްވަތުގެ ތުހުމަތުގައި ހަލީމްއާ އޭސީސީން ސުވާލުކޮށްފި
އިންތިހާބީ ކޮރަޕްޝަން ހުއްޓުވަން އޭސީސީގެ ކެމްޕޭނެއް
އަނދުން ހުސެއިން ރިޝްވަތުގެ އަމަލެއް ނުހިންގާ: އޭސީސީ
ފްލެޓް ފޯނު ކޯލުގެ މައްސަލަ އޭސީސީގެ ސަމާލުކަމަށް
އަނދުން ހުސެއިނާ އޭސީސީން ސުވާލުކޮށްފި
މުބާރާތްތައް ބާއްވާތީ އަލްހާން އޭސީސީ އަށް ހާޒިރުކުރަނީ
ވޯޓު ވިއްކުމުގެ ސަގާފަތް ނައްތާލަން ބޭނުން: މުއައްވިޒު