Roadha Mihaaru
އެސް އެންޑް އޯ އިން ރޯދައަށް ބޮޑު ޑިސްކައުންޓްތަކެއް

އެސް އެންޑް އޯ ފިހާރައިން ރޯދައަށް ހާއްސަ ޑިސްކައުންޓްތަކެއް

15 އެޕްރީލް 2019

ރާއްޖޭގައި ހޯލްސޭލް ވިޔަފާރިކުރާ ސްޓޭންޑަޑް އެންޑް އޮރިޖިން (އެސް އެންޑް އޯ) ފިހާރައިން ރޯދަމަހަށް ހާއްސަ ސޭލެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ހޯލްސޭލް ވިޔަފާރިކުރާ ސްޓޭންޑަޑް އެންޑް އޮރިޖިން (އެސް އެންޑް އޯ) ފިހާރައިން ރޯދަމަހަށް ހާއްސަ ސޭލެއް ފަށައިފި އެވެ.

މި ސޭލުގެ ތެރެއިން ހެޔޮ އަގެއްގައި އެ ފިހާރައިން ލިބެން ހުންނަ ގިނަ ބާވަތްތަކުން ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. ބާޒާރުމަތީ ސަރަހައްދުގައި ހުންނަ މި ފިހާރައިން ވިއްކާ ކުކުޅާއި ފަރާޓާ އާއި އަލަނާސި އާއި ފްރުޓްކޮކްޓެއިލް ދަޅު ފަދަ ތަކެތިން އާދަޔާ ހިލާފު ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ.

މި ހާއްސަ ޕްރޮމޯޝަނުގައި 1000 ގްރާމުގެ 10 ކުކުޅު ހިމެނޭ ކޭހެއް 296ރ. އަށް ލިބެން ހުރިއިރު 800 ގްރާމުގެ 10 ކުކުޅު ހިމެނޭ ކޭހެއް ލިބެން ހުރީ 237.44ރ. އަށެވެ.

މީގެ އިތުރުން 400 ގްރާމުގެ ފަރާޓާ ކޭހެއް 650ރ. އަށް ލިބެން ހުރި އިރު ކުކިން އޮއިލް އެއް ލީޓަރު ކޭހެއް ލިބެން ހުރީ 225ރ. އަށެވެ. މީގެ އިތުރު ސަންފްލާވާ އޮއިލް ކޭހެއް ލިބެން ހުންނާނީ 280ރ. އަށެވެ. އާފަލު ކޭހެއް 420ރ. އާއި 450ރ. އާ ދެމެދުގެ އަގުތަކެއްގައި ހުރި އިރު އޮރެންޖް ކޭހެއް ލިބެނީ 190ރ. އަށެވެ.

އެސް އެންޑް އޯ އިން ވިއްކާ ފަރާޓާ ޕެކެޓު: މީގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސް އެންޑް އޯ އިން ވިއްކާ ފަރާޓާ ޕެކެޓު: މީގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޯދަމަހަށް ގިނަ ގެތަކުގައި އާންމުކޮށް އެއްޗެހި ގަނެއުޅެނީ ކޭސްކޭހުންނެވެ. އެހެންވެ މިއީ އަގުހެޔޮކޮށް ތަކެތި ގަތުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މިދިޔަ ހަ ވަރަކަށް އަހަރު އެސް އެންޑް އޯ ފިހާރައިން އަންނަނީ ހޯލް ސޭލް މުދާ ވިއްކަމުންނެވެ. އަދި މިފާއިތުވެދިޔަ އަހަރުތަކުގައި ވެސް ރޯދަ މަހަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައިވެ އެވެ. އެހެން ނަމަވެސް މިއަހަރުގެ އަގުތައް މީގެ ކުރީ އަހަރުތަކަށް ވުރެ ވެސް ހެޔޮވާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

"މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ އެއް ރޯދަމަސް ނިމެންދެން އެއް އަގެއްގައި އެ ފިހާރައިން ލިބޭ ހުރިހާ ސާމާނެއް އާންމުންނަށް ފޯރުކޮށްދިނުން،" އެ ފިހާރައިގެ މެނޭޖަރު ޔޫސުފް ހުސައިން ވިދާޅުވި އެވެ.