އިތުރު ކޮމިޝަންތައް އުފައްދައި އެކަމުގެ ސަބަބުން ސަރުކާރުގެ މަތި ބަރުކުރުމުގެ ބަދަލުގައި މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރުން މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
15 އެޕްރީލް 2019
އިތުރު ކޮމިޝަންތައް އުފައްދައި އެކަމުގެ ސަބަބުން ސަރުކާރުގެ މަތި ބަރުކުރުމުގެ ބަދަލުގައި މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރުން މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އާޒިމް، ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެކަމާ މެދު ސަރުކާރުން ވިސްނައި، އާ ކޮމިޝަންތައް ހެދުމުގެ ބިލްތައް އަނބުރާ ގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިލްތައް އަނބުރާ ނުގެން ގޮސް އޮއްވައި މިހާރު އޮތް މަޖިލީހުގެ ދައުރު ނިމޭ އިރު އެ ބިލްތަކުގެ ކަންކަން ނިންމޭ ގޮތް ނުވެއްޖެ ނަމަ އަލުން ހުށަހަޅާނީ މިހާރު ހުރި ކޮމިޝަންތައް ވަރުގަދަ ކުރަން ކަމަށް ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އިތުރު ކަމިޝަންތައް ހެދުމުގެ ބަދަލުގައި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރަން. އެތަންތަނުގެ ތެރޭގައި ތިބި ކަރަޕްޓް މީހުން، ނޫނިއްޔާ ނާގާބިލް މީހުން އެއްކިބާކޮށް، ރަނގަޅު ގާބިލް، ކަންކަން ވާ މީހުން ލައިގެން އެ މައްސަލަތައް ބެލުމުގެ އިތުރު ބާރު [ދީ] އެ ކޮމިޝަންތަކުން މިކަންތައްތައް ކުރުން މާ ރަނގަޅު ކަމަށް،" އާޒިމް ވިދާޅުވި އެވެ.
އޭނާގެ ވާހަކަ އެގޮތަށް އައި އިރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ކޮމިޝަންތަކަށް އިތުރު ބާރު ލިބޭ ގޮތަށް ބިލެއް މަޖިލިހަށް ފޮނުއްވައިފަ އެވެ. އެކަމަކު އެ ބިލްގެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.
އާޒިމް ވިދާޅުވީ ކަމިޝަންތަކަށް ބާރު ދޭ ބިލް ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ނުނިމުން ގާތް ކަމަށެވެ. އެހެންކަމުން އާ ބިލްތަކެއް ހުށަހަޅަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އިތުރު ކޮމިޝަންތައް ހެދުމުގެ ބަދަލުގައި މިނިވަން މުއައްސަސާތައް ހަރުދަނާ ކުރަން. އެތަންތަނުގެ ތެރޭގައި ތިބި ކަރަޕްޓް މީހުން، ނޫނިއްޔާ ނާގާބިލް މީހުން އެއްކިބާކޮށް، ރަނގަޅު ގާބިލް، ކަންކަން ވާ މީހުން ލައިގެން އެ މައްސަލަތައް ބެލުމުގެ އިތުރު ބާރު [ދީ] އެ ކޮމިޝަންތަކުން މިކަންތައްތައް ކުރުން މާ ރަނގަޅު ކަމަށް،" އާޒިމް
މި މަހު 6 ގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބުކުރައްވައި، އާޒިމް ވަނީ ތިން ވަނަ ދައުރަކަށް މެދު ހެންވާރުގެ ގޮނޑި ޔަގީންކުރައްވައިފަ އެވެ. އަދި 65 ގޮނޑިއާ އެކު އެމްޑީޕީން މަޖިލިހުގެ ސުޕަ މެޖޯރިޓީ ވެސް ނެގި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ރިޔާސީ ކަމިޝަންތަކަށް ބާރު ދޭ ބިލް ފޮނުއްވީ އިންތިހާބުގެ ކުރިން ކަމަށް ވެފައި އަދި މިހާރު އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބިފައި ވާތީ ދެން އެންމެ ރަނގަޅު ގޮތަކީ މިހާރު ހުރި މުއައްސަސާތައް ރަނގަޅުކުރުމެވެ.
"އެހެންވީމާ ... މަތި ބަރުވުމުގެ ބަދަލުގައި މިހާރު ހުރި ކޮމިޝަންތަކަށް ބާރު ދިނުން އެއީ އަޅުގަނޑު ގަބޫލުކުރާ އުސޫލަކީ،" އާޒިމް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ ތެރޭގައި ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ކޮމިޝަން ހިމެނެ އެވެ.
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ކުންފުނިތައް ގިނަކުރަނީ ފައްޔާޒަށް ބާރު ދިނުމަށް
ރައީސް ވަކިކުރާނެ ކަމުގެ އިންޒާރު އާޒިމް ދީފި
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!
ދެ ކޮމަންޑޫ ގުޅުވައިލުން ހުކުރު ދުވަހު ފަށަނީ
ހާލަތަށް ހައްލު ނުހޯދާ ވޯޓު ހޯދާކަށް ނުދާނަން: އާޒިމް
ބައިބައިވުންތަކުގެ ތެރޭގައި މަޖިލިސް މަޑުޖެހުމުގެ ބިރު!
އަޅުގަނޑު މިހުރީ މަޖިލީހުގެ މެޖޯރިޓީއާ އެކީގައި:ރައީސް
އަޅުގަނޑަށް ފިޔަވަޅު އަޅަން ރައީސް އެންގެވި: އަފީފު