ކަފި ހުރަހުން މަގު ހުރަސްކުރަނިކޮށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި މީހެއްގެ ގައިގައި ޓެކްސީއަކުން ޖެއްސި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.
18 އެޕްރީލް 2019
ކަފި ހުރަހުން މަގު ހުރަސްކުރަނިކޮށް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި މީހެއްގެ ގައިގައި ޓެކްސީއަކުން ޖެއްސި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.
ސެނަހިޔާ ކައިރީގައި ހިނގި އެކްސިޑެންޓާ ގުޅިގެން ފިޔަވަޅު އެޅީ، ޓެކްސީ ދުއްވަން އިން ޑްރައިވަރަށެވެ. އޭނާގެ ލައިސަންސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބާތިލްކޮށްފަ އެވެ.
އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބުނު އަންހެން މީހާ އަދިވެސް އޮތީ އޭޑީކޭގެ އައިސީޔޫގަ އެވެ. ކޯމާގައި އޮންނަތާ މަހެއްހާ ދުވަސް ފަހުން ހޭއެރީ މިދިޔަ މަހެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މަގު ހުރަސްކުރަނިކޮށް ކާރުގައި ޖެހި ވެއްޓުމުން އޭނާ ބޯ ޖެހުނީ ބިންމަތީގަ އެވެ. އެ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލޭ އެޅުމުން ސިކުނޑީގެ އޮޕަރޭޝަނެއް ވެސް އޭޑީކޭ އިން ކުރި އެވެ. ކޯމާއަކަށް ދިއުމަށް ފަހު އޭނާ ނޭވާލީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ.
މިދިޔަ މަހު ވެސް މާލެ-ހުޅުމާލެ ހައިވޭގައި ބާރަށް ދުއްވަނިކޮށް ހިނގި އެކްސިޑެންޓެއްގައި 35 އަހަރުގެ ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ވި އެވެ.
ޓެކްސީ ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަނީ
މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓުވި މީހާގެ ހާލު ދެރަ
އެކްސިޑެންޓްގައި އަނިޔާވި މީހާ އަންނަނީ ރަނގަޅުވަމުން
އެހެން ވެހިކަލްތައް މަޑުކުރި، ޓެކްސީ އައީ ދުންޖަހާފައި
ކަފިހި ހުރަސްމަތިން އެކްސިޑެންޓުވެ މީހަކު ސީރިއަސްވެއްޖެ
ހައިވޭގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި
ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގައި އެކަކު ސީރިއަސް
ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި އެކަކު އައިސީޔޫގައި
މި ރޯދަމަހު މާލޭގައި 151 އެކްސިޑެންޓް
ވީޑިއޯ: ކާރު ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ޖެހުނީ