އިއްޔެ އިރުއޮއްސުނު ވަގުތު އެ ދެ އެކުވެރިން ގެއަށް ދިޔައީ ސައިކަލް ދުއްވަން ދަސްކުރަން އުޅުމަށް ފަހު އެވެ. އެކަމަކު ދެން ކުރިމަތިވީ ފަރުވާތެރިކަމެއް ނެތި ދުއްވި ޓެކްސީ ޑްރައިވަރެއްގެ ސަބަބުން ދިމާވި ނުރައްކާތެރި އެކްސިޑެންޓެވެ. ލިބުނު އަނިޔާ ސީރިއަސްކަމުން އޭގެ ތެރެއިން އެއް އަންހެނަކު އޮތީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.
13 ފެބުރުއަރީ 2019
އިއްޔެ އިރުއޮއްސުނު ވަގުތު އެ ދެ އެކުވެރިން ގެއަށް ދިޔައީ ސައިކަލް ދުއްވަން ދަސްކުރަން އުޅުމަށް ފަހު އެވެ. އެކަމަކު ދެން ކުރިމަތިވީ ފަރުވާތެރިކަމެއް ނެތި ދުއްވި ޓެކްސީ ޑްރައިވަރެއްގެ ސަބަބުން ދިމާވި ނުރައްކާތެރި އެކްސިޑެންޓެވެ. ލިބުނު އަނިޔާ ސީރިއަސްކަމުން އޭގެ ތެރެއިން އެއް އަންހެނަކު އޮތީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.
ދެ އަންހެނުން އުޅުނީ މޫންލައިޓް މަގުން ހުރަސްކޮށް ސެނެހިޔާ ހޮސްޕިޓަލް ހުރި ފަޅިއަށް ދިއުމަށެވެ. އެ މަގުގައި އޮންނަ ހަމައެކަަނި ކަފި ހުރަހުން މަގު ހުރަސް ކުރަން އުޅުނު ވަގުތު އެހެން ހުރިހާ ވެހިކަލެއް މަޑުކޮށް، އެ މީހުންނަށް ތަން ދެއްކި އެވެ. އެކަމަކު އެ ޓެކްސީގެ ޑްރައިވަރު އެއިން އެއްވެސް ކަމަކަށް ފަރުވާ ނުބަހައްޓައި ދުއްވީ "ދުން ޖަހާފަ" އެވެ.
"ޕޭވްމަންޓް މަތިން [މަގަށް] ފޭބީ އަހަރެމެން [މަގު ހުރަސްކުރަން އުޅެނިކޮށް] ފެނިގެން ސައިކަލަކާއި ޕިކަޕެއް މަޑުކުރީމާ. ހީކުރީ އެހެން ވެހިކަލްތައް ވެސް މަޑުކުރާނެ ކަމަށް،" އެކްސިޑެންޓުގައި ކުދި އަނިޔާތަކެއް ލިބުނު އަންހެން މީހާ، ނަން ނުޖަހާ ގޮތަށް، ކިޔައިދިނެވެ.
ބާރަށް އައި ކާރު ޖެހުނީ އޭނާގެ ގައިގަ އެވެ. ސީރިއަސް ހާލަތުގައި އޮތް އުމުރުން 46 އަހަރުގެ އަންހެން މީހާ ވެއްޓި، ބޯ ޖެހުނީ ބްރޭކަރުގަ އެވެ.
"އޭނާ ވެއްޓުނީ އަހަރެން ގޮސް އޭނާގެ ގައިގައި އެވަގުތު ޖެހުމުން. އޭނާ ވެއްޓި ސްޕީޑް ބްރޭކަރުގައި ބޯ ޖެހުނު ތަން [ދުށިން]،" އަންހެންމީހާ ބުންޏެވެ.
ވަގުތުން ސެނެހިޔާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭޑީކޭ އަށް ބަދަލުކުރީ އޭގެ ފަހުންނެވެ. އަށާރަ މަހުގެ ކުއްޖެއް އޮތް އަންހެންމީހާގެ ސިނކުނޑިއަށް ލޭ އެޅި ހާލު ސީރިއަސް ކަމަށް އެކުވެރިން ބުނެ އެވެ.
އެކަމަކު އޭނާގެ ހާލަތާ މެދު އޭޑީކޭ އިން އަަދި އެއްވެސް މައުލޫމާތެއް ނުދެ އެވެ.
އެކްސިޑެންޓްވި ޓެކްސީ ޑްރައިވަރު އެ މީހުންނާ އެކު ސެނެހިޔާ އަށް ވެސް އަދި އޭޑީކޭ އަށް ވެސް ދިޔަ އެވެ. އެ ހާދިސާއާ ބެހޭ ގޮތުން ފުލުހުންނަށް ބަޔާން ވެސް މިހާރު ވަނީ ދީފަ އެވެ.
ކަފިހުރަހުން މީހަކު ހުރަސް ކުރަން އުޅޭ ނަމަ ހުރިހާ އުޅަނދެއް ވެސް މަޑުކޮށް ހިނގާ މީހާއަށް ތަންދޭން ޖެހެ އެވެ. އެކަމަކު ބަައެއް ވެހިކަލް ދުއްވާ ޑްރައިވަރުން އެކަންކަމަށް ސަމާލުކަމެއް ނުދެ އެވެ.
ސިނަމާލެ ބްރިޖާ އެކު ބޮޑުކޮށް، ހަތަރު ލޭން ހިމެނޭ ގޮތަށް ހެދި މޫންލައިޓް މަގުގައި ހިނގާ އެކްސިޑެންޓްތައް މިހާރު ވަނީ ގިނަވެފަ އެވެ.
ޓެކްސީ ޑްރައިވަރަށް ޖިނާއީ ދައުވާ ކުރަނީ
ޓެކްސީ ޑްރައިވަރުގެ ހުއްދަ ބާތިލްކޮށްފި
އެކްސިޑެންޓްގައި އަނިޔާވި މީހާ އަންނަނީ ރަނގަޅުވަމުން
ސޯލާ ޕެނަލްތަކުގެ ސްޓްރަކްޗާއަށް ޓެކްސީއެއް އަރައިފި
މި ރޯދަމަހު މާލޭގައި 151 އެކްސިޑެންޓް
ވީޑިއޯ: ކާރު ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ޖެހުނީ
ހައިވޭގައި ޕިކަޕަކާއި ބަހެއް ޖެހި އިތުރު އެކްސިޑެންޓެއް
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
މި ރޯދަ މަހު އެކްސިޑެންޓްތައް މާ ގިނަ!
އެކްސިޑެންޓްގައި ފިލި މީހާ އަދިވެސް ނުފެނޭ