24 އެޕްރީލް 2019
އާލިއާ ބަޓާ ބެހޭ ގޮތުން ބަތަލާ ކަންގަނާ ރަނާވަތު ދައްކާ ވާހަކަތަކަށް އެއްވެސް ރައްދެއް ދޭން ބޭނުން ނުވާ ކަމަށް އާލިއާ ބުނެފި އެވެ.
އާލިއާ ބަޓާ ބެހޭ ގޮތުން ބަތަލާ ކަންގަނާ ރަނާވަތު ދައްކާ ވާހަކަތަކަށް އެއްވެސް ރައްދެއް ދޭން ބޭނުން ނުވާ ކަމަށް އާލިއާ ބުނެފި އެވެ.
އާލިއާއާ ބެހޭ ގޮތުން ކަންގަނާ މި ފަހުން ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި އޭނާ އަކީ ކަރަން ޖޯހަރު ފޫބުޑުގައި ވިއްދައިގެން ހުރެ ކުރިއަރުވަން މަސައްކަތްކުރާ ބަތަލާއެއް ކަމަށާއި ނެޕޮޓިޒަމްގެ އެންމެ ބޮޑު އެއް މިސާލަކީ ވެސް އާލިއާ ކަމަށް ބުނެފައިވެ އެވެ.
ދާދި ފަހުން ރިލީޒްކުރި ކަންގަނާގެ "މަނިކަރްނިކާ" އާއި އާލިއާގެ "ގަލީ ބޯއި" ގައި ދެ ތަރިން ދައްކާފައިވާ އެކްޓިން ދަރަޖަކޮށް އޮންލައިން ނޫހަކަށް ނެގި ވޯޓެއްގައި ކަންގަނާގެ ފަހަތުން ލިސްޓްގެ ދެވަނަ އާލިއާ ހޯދާފައިވާތީ އެކަމަށް ވެސް ފާޑު ކިޔަމުން ކަންގަނާ ބުނީ އާލިއާ އަކީ މާ މޮޅު އެކްޓިންއެއް ދެއްކޭ ބަތަލާއެއް ނޫން ކަމަށާއި އޭނާގެ ނަމުގެ ފަހަތުން އާލިއާގެ ނަން އަންނާތީ ވެސް ލަދު ގަންނަންޖެހޭ ކަމަށެވެ. އަދި އާލިއާ އަކީ އަބަދު ވެސް ވަރަށް އެވްރެޖް ފިލްމުތަކެއް ކުޅޭ ބަތަލާއެއް ކަމަށް ކަންގަނާ ބުންޏެވެ.
މީގެ އިތުރުން އެކްޓަރު ރަންބީރު ކަޕޫރާ، އާލިއާ ރައްޓެހިވެގެން އުޅޭތީ އެކަމަށް ފާޑު ކިޔަމުން ކަންގަނާ ބުނީ ރަންބީރާ ހިތާވާނީ ގަރާމެއް ކަމަށެވެ. އަދި 26 އަހަރުގެ އާލިއާ އާއި 36 އަހަރުގެ ރަންބީރާ އޮތް ލޯބީގެ ގުޅުމަކީ އެހާ އިތުބާރު ކުރެވޭ ކަހަލަ ގުޅުމަކަށް ނުވާނެ ކަމަށް ބުންޏެެވެ.
މީގެ އިތުރުން ދާދި ފަހުން ކަންގަނާގެ ދައްތަ ރަންގޯލީ ޗަންދަން ވަނީ އާލިއާ އާއި އޭނާގެ މަންމަ އަދި ބަތަލާ ސޯނީ ރާޒްދާންއަކީ އިންޑިއާގެ ބޭނުން ނަމަ ގޮތުގައި ހިފާ އިންޑިއާގެ ރައްޔިތުން ނޫން ކަމަށް ބުނެ ފާޑު ވެސް ކިޔައިފަ އެވެ. އަދި މިކަމާ ގުޅިގެން ސޯނީ އާއި ރަންގޯލީއާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ޓްވިޓާގައި ހިނގާފައިވެ އެވެ.
ކަންގަނާ، ދައްތަ ރަންގޯލީއާ އެކު، އާލިއާ، މަންމަ ސޯނީއާ އެކު.
މި ވާހަކަތަކާ ގުޅިގެން މީޑިއާތަކުން އާލިއާ އަށް ސުވާލުތައް އޮއްސައިލުމުން އޭނާ ބުނީ އެއްވެސް މީހަކު ދައްކާ އެއްވެސް ވާހަކައަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ.
"ބަޔަކު ކިޔާނެ އެއްޗެއް ކިޔާފާނެ. އަހަންނަކަށް އެއިން ކަމަކުން ވާނެ ގެއްލުމެއް ނެތް. އަދި އެކަހަލަ ކޫސަނި ކަންތައްތަކާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނާ މީހެއް ނޫން އަހަންނަކީ،" އާދީއްތަ ދުވަހުގެ ރޭ ބޭއްވި މި އަހަރުގެ ދާދާ ސާހެބް ޕާލްކޭ އެވޯޑްގެ ހަވާސާގައި އޭނާ ބުންޏެވެ.
އާލިއާ ބުނި ގޮތުގައި އޭނާއަކީ "އުފާވެރި އަދި ޕޮޒިޓިވް" މީހެކެވެ.
"އަހަރެން މަސައްކަތް ކުރަނީ ހަޔާތުގެ ކޮންމެ ދުވަހެއްގައި ވެސް ރަނގަޅު މީހަކަށްވެވޭތޯ. ހަރުދަނާ މީހަކަށްވެވޭތޯ. ބުރަކޮށް މަސައްކަތްކޮށްގެން، ބެލުންތެރިން ލޯތްބާއި ތައުރީފު ލިބޭ މީހަކަށްވެވޭތޯ،" މި ވަގުތި ބޮލީވިޑްގައި ހުރި އެންމެ ކާމިޔާބު ބަތަލާ ބުންޏެވެ. "އަހަންނަކީ އުފާވެރި ކަމަށް ލޯބިކުރާ ވަރަށް ޕޮޒިޓިވްކޮށް ކަންކަމާ ދޭތެރޭ ދެކޭ މީހެއް."
އޭނާ ބުނި ގޮތުގައި ބަޔަކު ކިޔާނެ އެއްޗެއް ކިޔަކިޔައި ތިބެދާނެ އެވެ. އަދި އޭނާ ހުންނަން ބޭނުން ވަނީ ނުބެހޭ ކަންކަމާ ނުބެހި ހިމޭނުން ކަމަށް ބުންޏެވެ.
"އަހަންނަކީ ހަނު ހުންނަން ލޯބިކުރާ މީހެއް،" އާލިއާ ބުންޏެވެ.
އާލިއާ ވަނީ ކުރިން ދިން އިންޓަވިއުއްގައި ކަންގަނާއަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށާއި އެއީ އޭނާ ވަރަށް އިހުތިރާމް ކުރާ ބަތަލާއެއް ކަމަށް ވެސް ބުނެފަ އެވެ. އަދި މިދިޔަ އަހަރު ރިލީޒް ކުރި "ރާޒީ" ބަލާފައި އޭނާގެ އެކްޓިން އަށް ކަންގަނާ ތައުރީފު ވެސް ކޮށްފައިވާ ކަމަށް ބުންޏެވެ.
ކަންގަނާއަކީ އާލިއާ ބައްޕަ މަހޭޝް ބަޓް 2006 ގައި ފިލްމު "ގޭންގްސްޓާ" އިން ބޮލީވުޑަށް ނެރުނު ބަތަލާއެކެވެ.
ރަންބީރާއި އާލިއާގެ ކައިވެންޏަކީ ފޭކެއް: ކަންގަނާ
ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމުގެ ޓްރެއިލާ ނެރެފި
"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު
"ޑުޕްލިކޭޓް" އަކީ އާލިއާ އަށް ދައްކަން ހެދި ފިލްމެއް
އާލިއާގެ އެދުމަކަށް ބަންސާލީ ދިނީ ފުރަގަސް
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު
ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް: އަމީތާބް
ރަންބީރާއި އާލިއާގެ އެންގޭޖްމަންޓް 29 ގައި؟
އާލިއާ އާއި ރަންބީރްގެ މި ފޮޓޯ އިން ހާއްސަ މެސެޖެއް