02 މެއި 2019
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ލިބޭ އެންމެ ފަހި، އަގުހުރި ފުރުސަތަކީ ސުޕްރީމް ކޯޓުން އިސް ނަގައިގެން އެކުލަވައިލި މަގުޗާޓު ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މަގުޗާޓަށް ވަރަށް ބޮޑަށް ރޭ ތައުރީފް ކުރައްވައިފި އެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ލިބޭ އެންމެ ފަހި، އަގުހުރި ފުރުސަތަކީ ސުޕްރީމް ކޯޓުން އިސް ނަގައިގެން އެކުލަވައިލި މަގުޗާޓު ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މަގުޗާޓަށް ވަރަށް ބޮޑަށް ރޭ ތައުރީފް ކުރައްވައިފި އެވެ.
ޝަރުއީ ދާއިރާ ތަރައްގީކޮށް، އިސްލާހު ކުރާނެ މަގުޗާޓު ނެރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެއީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނުގެ ހުކުމް ނަގަހައްޓައި، ވަކި ފަރާތަކަށް ނުޖެހި އަދުލު އިންސާފު ގާއިމުކޮށް، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމަށް ޝަރުއީ ދާއިރާގެ ތާރީޚުގައި އެކުލަވައިލި ފުރަތަމަ މަގުޗާޓު ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރޭ ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެހެންވެ، މަގުޗާޓު ކާމިޔާބުކަމާ އެކު ތަންފީޒުކޮށް، އެ މަސައްކަތުގެ ފޮނި ނަތީޖާ ލިބި، ކުރު މުއްދަތެއްގެ ތެރޭގައި މުހިންމު ލަނޑުދަނޑިތަކެއް ހާސިލް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދުއާ އަކީ އަދި އުންމީދަކީ މަގުޗާޓާއި އޭގެ މައްޗަށް ތަފްސީލީ ގޮތެއްގައި އެކުލަވައިލެވޭ ޖުޑިޝަލް ރިފޯމް އެކްޝަން ޕްލޭނާ އެކު ކާމިޔާބުކަމާ އެކު ތަންފީޒުވެގެން ދިޔުން." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ މައްޗަށް އޮތް އެންމެ މުހިންމު އެއް ދުސްތޫރީ ޒިންމާ އަކީ ދިވެހިން އެދޭ ފަދަ މިނިވަން ފަނޑިޔާރުގެއެއް، މިނިވަން ވެފައިވާ ކަން ކަށަވަރުކޮށްދިނުމެވެ.
އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމާއި (ކ) އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އޭރަކު ބާރު އޮންނަ ފަރާތްތަކުން އެދޭ ގޮތް ގޮތަށް ފަނޑިޔާރުގެ ބަދަލުކޮށް، ފަނޑިޔާރުންގެ ކަންކަމަށް ނުފޫޒު ފޯރުވައި ނުހެދޭނޭކަން ކަށަވަރު ކޮށްދިނުން. ފަނޑިޔާރުގެ އިން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އަދުލުވެރި ފަނޑިޔާރުގެއެއްގެ ހިޔާވަހިކަމާއި ހިތްހަމަޖެހުން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން،" ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ބައެއް ވަޒީރުންނާއި ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މިދިޔަ 10 އަހަރެއްހާ ދުވަހު ތަޖުރިބާގައި ކުރިއެރުންތަކެއް ވެސް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ފަނޑިޔާރުގޭގެ މިނިވަންކަމަށް ގޮންޖެހުންތަކެއް ކުރިމަތިކުރުވި ދުވަސްތަކެއް ވެސް ދެކެވަޑައިގެންފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ މިނިވަންކޮށް، އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން އެކުލަވައިލި މަގު ޗާޓު އާންމު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ޖުޑިޝަލް ރިފޯމްގެ ފަސް އަހަރުގެ ޕްލޭން ތައްޔާރު ކުރުމެވެ. އަދި ރާއްޖެ އިން ބޭރުގެ ކޮންސަލްޓުންގެ އެހީއާ އެކު، އެ މަސައްކަތް ފުރިހަމަކޮށް، ދެ މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އެ ޕްލޭން ވެސް އާންމުކޮށް ޝާއިއުކުރެވި، އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ލަހެއް ނުވެ ފެށޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި
އުއްތަމަފަނޑިޔާރާއި އާދަމް ވަކި ކުރުން ހޯމަ ދުވަހު
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
"ހުކުމްތަކުގެ މައްސަލަތައް ޖޭއެސްސީއަކަށް ނުބެލޭނެ"
ރަނގަޅީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަކިކުރުން: ރިޕޯޓް
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!
ޖުޑިޝަރީ އަށް އެންމެން ނުފޫޒު ފޯރުވާ: އާދަމް ޝަރީފް
ވަގުތު ބޭކާރުނުކޮށް ފަނޑިޔާރުން ވަކިކޮށްދީ: ޔައުގޫބް