02 ސެޕްޓެމްބަރ 2016
ސަރުކާރު ވައްޓާލަން ރާވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހުގެ ރޭ ބަލަައި ފާސްކުރި ނަމަވެސް ތުހުމަތުކުރެވޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން އިއްޔެ އަންގައިފި އެވެ.
ސަރުކާރު ވައްޓާލަން ރާވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހުގެ ރޭ ބަލަައި ފާސްކުރި ނަމަވެސް ތުހުމަތުކުރެވޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން އިއްޔެ އަންގައިފި އެވެ.
ކެނެރީގެ ބަލައި ފާސްކުރުމަށް ފަހު ފުލުހުން އެ ގޭގެ ވެރިފަރަތާ ހަވާލުކުރި ލިއުމުގައި ބުނެފައި ވަނީ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެއްވެސް އެއްޗެއް އެގެއިން ފެނިފައިނުވާ ކަމަށާއި ފާސްކުރުމުގެ ތެރޭގައި ތަނަށް އެއްވެސް ގެއްލުމެއް ވެސް ލިބިފައި ނުވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކެނެރީގެއަށް ވަނުމަށް ދިން ކަމަށް ބުނާ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އެ ގެ ފާސްކުރަން އަމުރު ނެރުނީ ސަރުކާރު ވައްޓާލަން ރާވައި، އެކަމުގައި މީހުންގެ އެހީތެރިކަން ހޯދައި އާންމުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތުކުރެވޭތީ އޭގެ ހެކި ހޯދުމަށެވެ.
ރައީސް ނަޝީދުގެ ގެކޮޅު ކެނެރީގެ
ނަޝީދުގެ ގެކޮޅަށް ފުލުހުން ވަތްއިރު އެމަނިކުފާނާއި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ހައްޔަރުކުރަން މިދިޔަ އަންގާރަ ދުވަހު ވަނީ ކޯޓު އަމުރު ނެރެފަ އެވެ.
ނަޝީދު ހައްޔަރުކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ދެ މައްސަލައެއްގަ އެވެ. އެއީ 2011ގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ 1.8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަހުގީގަށާއި ޖަލު ހުކުމަކަށް ފިލައިގެން އުޅޭތީ ހައްޔަރުކޮށްގެން ވެސް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިފައި ވާތީ އެވެ. އެކަމަކު މި ދެ މައްސަލާގައި އަމުރު ނެރުމުގެ ކުރިން ނަޝީދުގެ މައްޗަށް ސަރުކާރުން ވަނީ "ބަޣާވާތަކުން" ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުކޮށްފަ އެވެ. މި ތުހުމަތުކުރީ އެމަނިކުފާނު މިދިޔަ ހަފުތާގައި ސްރީ ލަންކާ އަށް ވަޑައިގެންނެވުމުންނެވެ. ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އެމްޑީޕީގެ ސ. ހުޅުދޫ ދާއިރާގެ ރައީސް އިލްޔާސް ލަބީބު ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ފޯނު ވެސް ބުދަ ދުވަހު އަތުލާފައިވެ އެވެ.
އިލްޔާސަށް ކުރަނީ ސަރުކާރު ވައްޓާލަން ރާވާ ކަމުގެ ތުހުމަތު
2މެމްބަރަކާ ހެދި ނަޝީދަށް ނުރައްކާ އޮތްކަމުގެ ތުހުމަތު
ބްލެކްމެއިލް ރިންގަކުން 43މީހުންގެ ފޮޓޯ ނެގި: ނަޝީދު
"މޮނިކޮން ޓެގު" ހުސްވެއްޖެ
ހަމަލާގެ ތަހުގީގު ހަރުކަށި ފިކުރަށް އެކަނި އަމާޒުނުކުރޭ
ހަމަލާގެ ތަހުގީގަށް އިލްޔާސް ލަބީބް ބަޔާން ދެއްވައިފި
ނަޝީދަށް ދިން ހަމަލާ ޕާޓީތަކުން ކުށްވެރިކޮށްފި
އެމްޑީޕީން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
ބިލްތަކުގެ މަޝްވަރާ އަތޮޅުތަކުގައި ބާއްވަނީ